19 މާޗް 2022
ރާއްޖޭގެ ގޭމް ކުޅޭ މީހުންނަށް އެހީވުމުގެ ގޮތުން އުރީދޫން ގޭމް ރޫމާ ގުޅިއްޖެ އެވެ.
ރާއްޖޭގެ ގޭމް ކުޅޭ މީހުންނަށް އެހީވުމުގެ ގޮތުން އުރީދޫން ގޭމް ރޫމާ ގުޅިއްޖެ އެވެ.
ގޭމް ރޫމަކީ ގިނަ އަދަދެއްގެ ތަފާތު ސޯޝަލް ގޭމުތައް ކުޅެލެވޭ އީ ސްޕޯޓްސް ސެންޓަރެކެވެ. އެ ސެންޓަރުގައި ބައިވެރިންނަށް އިނާމްތައް ލިބޭ ލީގުތަކާއި މުބާރާތްތައް ވެސް ކުރިއަށް ގެންދެ އެވެ.
އެ ސެންޓަރާ އުރީދޫން ގުޅުނީ ރާއްޖޭގައި އީ ގޭމިންއަށް ޝައުގުވެރިވާ މީހުންގެ އަދަދު ދުވަހަކަށްފަހު ދުވަހެއް އިތުރުވަމުން ދިއުމާ ގުޅިގެންނެވެ. އަދި އެ ދާއިރާއިން ދިވެހިންގެ ހުނަރުތައް ކުރިއަރުވައި އިތުރު ފުރުސަތުތައް ފަހި ކޮށްދިނުމަކީ އެ ކުންފުނީގެ އަމާޒެކެވެ.
ރާއްޖޭގެ ގޭމިން ޕްލެޓްފޯމްތަކަށް އެހީވުމުގެ އިތުރުން އުރީދޫން އަންނަނީ ފޯނުން ގޭމް ކުޅޭ މީހުންނަށް ހާއްސަ ޕްލޭންތައް ވެސް ތައާރަފު ކުރަމުންނެވެ. އޭގެ ތެރޭގައި ޕަބްޖީ އާއި މޮބައިލް ލެޖެންޑްސް އާއި ރޮބްލޮކްސް އާއި ގެރީނާ ފްރީ ފަޔާ އާއި ކޯލްއޮފް ޑިއުޓީ ފަދަ ދިވެހިންގެ މެދުގައި މަގުބޫލު ގޭމުތަކަށް ހާއްސަ ޕެކޭޖުތައް ހިމެނެ އެވެ.
މީގެ އިތުރުން ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ވަރުގަދަކޮށް ހަލުވި އިންތަނެޓް ފޯރުކޮށްދިނުމަށް ވެސް އުރީދޫން އަންނަނީ އިންވެސްޓް ކުރަމުންނެވެ. ކުރިއަށް އޮތްތަނުގައި ވެސް ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ފުރިހަމަ ކުރުމަށް މަސައްކަތް ކުރާނެ ކަމަށް އުރީދޫން ބުންޏެވެ.
ގޭމިން ފެސްޓިވަލް ފެބްރުއަރީ މަހު ބާއްވަނީ
"އަތޮޅު ދުވުމުގައި" އިނާމަކަށް ހައިބްރިޑް ބައިސްކަލެއް
އޮފީސްތަކުގެ އީސްޕޯޓްސް މުބާރާތަށް ހޫނު ތަރުހީބެއް!
ވާދަވެރި ފިނާލޭއަކުން މޮޅުވީ ގަތަރުގެ ޓީމް
އުރީދޫން އޮފީސްތަކަށް ގޭމިން މުބާރާތެއް ބާއްވަނީ
އެޕެކްސް ލެޖެންޑްސް ސީރީޒްގެ ފުރުސަތު
އުރީދޫ ނޭޝަން އީއޭއެފްސީ ސީރީޒް ނިންމާލައިފި
ގޭމިން ފެސްޓިވަލްގެ ވަނަތައް ހޮވައި އިނާމު ދީފި
ގޯލްޑަން ފުޓްސަލްގެ ޕްލެޓިނަމް ޕާޓްނަރަކަށް އުުރީދޫ
އެމްފައިސާ ކަސްޓަމަރުންނަށް މެޓަ ކުއެސްޓް 3 ދެނީ