16 މާޗް 2022
މިދިޔަ ހުކުރު ދުވަހު ނެރުނު "ކަޝްމީރް ފައިލްސް" ކިޔާ އިންޑިއާގެ ތުރިލާ ފިލްމެއްގައި 90ގެ އަހަރުތަކުގައި ކަޝްމީރުގައި ދިރިއުޅުނު ހިންދޫންގެ މީހުންތަކަކަށް ދިމާވި އަނިޔާވެރި ކަންތައްތަކެއް ދައްކާއިރު، އެ ފިލްމުގައި މުސްލިމުން ގޯސްކޮށްފައި ވާތީ، އެކަމާ ގުޅިގެން އެ ގައުމުގައި އާންމުންގެ މެދުގައި ބޮޑު ޒުވާބުގަނޑެއް ފެށިއްޖެ އެވެ.
މިދިޔަ ހުކުރު ދުވަހު ނެރުނު "ކަޝްމީރް ފައިލްސް" ކިޔާ އިންޑިއާގެ ތުރިލާ ފިލްމެއްގައި 90ގެ އަހަރުތަކުގައި ކަޝްމީރުގައި ދިރިއުޅުނު ހިންދޫންގެ މީހުންތަކަކަށް ދިމާވި އަނިޔާވެރި ކަންތައްތަކެއް ދައްކާއިރު، އެ ފިލްމުގައި މުސްލިމުން ގޯސްކޮށްފައި ވާތީ، އެކަމާ ގުޅިގެން އެ ގައުމުގައި އާންމުންގެ މެދުގައި ބޮޑު ޒުވާބުގަނޑެއް ފެށިއްޖެ އެވެ.
ހިޔާލީ ވާހަކައަކަށް ބިނާކޮށްފައިވާ "ކަޝްމީރް ފައިލްސް" ގައި ދައްކަނީ ހަރުކަށި ފިކުރުގެ މުސްލިމުންތަކެއް ހިންދޫ އާއިލާއެއްގެ ދެމަފިރިން މަރާލުމުން ދިމާވާ ކަންތައްތަކެކެވެ. އެ ދެމަފިރިންގެ ކުއްޖެއް ވެސް ހުރެ އެވެ. އެ ކުއްޖާ ސަލަމާތްވި އިރު، އޭނާގެ ކާފަ އޭނާގެ މައިންބަފައިން އަސްލު މަރުވި ގޮތް ސިއްރުކުރެ އެވެ.
and I just hope this movie doesn't polarise people further or fill them with hate towards other communities. I hope people watch it to learn about a horrific ignored part of history that KPs faced and I hope people look up the true meaning of 'Kashmiriyat' and live in harmony. ❤️
— Samay Raina (@ReheSamay) March 13, 2022
އޭނާގެ ކާފަ އެ ވާހަކަ ސިއްރުކުރަނީ މައިންބަފައިން މަރުވީ އެކްސިޑެންޓެއްގައި ކަމަށް ބުނެ އެވެ. އެކަމަކު، ކާފަ ހެދީ ދޮގެއް ކަން ފަހުން އެ ކުއްޖާ އަށް އެނގެ އެވެ. އޭގެ ފަހުން ދެން ދިމާވާ ކަންތައްތަކެއް އެ ފިލްމުގައި ދައްކަ އެވެ.
އެ ފިލްމަށް ކްރިޓިކްސްގެ ފަރާތުން މަސްހުނި ރިވިއުސްތަކެއް ލިބުނު އިރު، ސޯޝަލް މީޑިއާގައި އާންމުންގެ މެދުގައި ބޮޑު ބަހުސެއް ވަނީ ފެށިފަ އެވެ. އެ ފިލްމުގައި ދައްކާ މަންޒަރުތަަކަށް ސަޕޯޓްކުރާ މީހުން ބުނީ އޭގައި ކިޔަދިނީ ބަޔަކު ސިއްރުކޮށްފައިވާ ކަޝްމީރާ ގުޅޭ އަސްލު ހަގީގަތްތައް ކަމަށެވެ. އެތަނުގައި މުސްލިމުން ހިންދޫންނަށް ކުރި އަނިޔާތަކުގެ ވާހަކަ ނުދައްކާ ކަމަށް އެ މީހުން ބުނެ އެވެ.
- Not every Muslim is a terrorist/militant or a terrorist sympathiser. We should be very sensitive when we paint all of them in one colour. This movie sets in a very bitter emotion for Kashmiri Muslims as whole. Ends.
— Sagrika Kissu (@SagrikaKissu) March 12, 2022
އެކަމަކު، އެ ފިލްމާ ދެކޮޅަށް ވާހަކަދައްކާ މީހުންނާއި ބައެއް ކްރިޓިކުން ވެސް ބުނެފައި ވަނީ އެ ފިލްމުގައި ހަގީގަތް އޮޅުވާލައި މުސްލިމުންނާ މެދު ނަފުރަތު އުފައްދަން މަސައްކަތްކޮށްފައިވާ ކަމަށެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އޭނާގެ ޕާޓީ ބީޖޭޕީގެ ލީޑަރުން ވެސް ވަނީ އެ ފިލްމަށް ތައީދުކުރައްވާ ވާހަކަދައްކަވައިފަ އެވެ. އަދި އެ ފިލްމާ ދެކޮޅަށް ވާހަކަދައްކާ މީހުންނަށް ރައްދުދެއްވާ މޯދީ ވިދާޅުވެފައި ވަނީ އެއީ ހަގީގަތް އޮޅުވާލަން ރޭވުމެއްގެ ތެރެއިން ބަޔަކު ކުރަމުންދާ ކަމެއް ކަމަށެވެ.
KPs deserve justice. so does every one who has been at the receiving end of violence. but what makes this #kashmirfiles absurd is not only their propaganda but also the fact that makers of the film, and its endorsers, actually celebrate killing of Muslims and worship the killers.
— Zoya Rasul (@zoyarasul) March 13, 2022
ބީޖޭޕީން ވެރިކަން ކުރާ އިންޑިއާގެ ބައެއް ސްޓޭޓްތަކުގައި އެ ފިލްމަށް ޓެކްސް ދައްކަން ވެސް ނުޖެހޭ ގޮތް ހަދާފައިވާއިރު، މަދުޔަ ޕްރަދޭޝްގައި ފުލުހުންނަށް ވަނީ އެ ފިލްމު ބަލަން ދާން އެއް ދުވަހުގެ ޗުއްޓީއެއް ވެސް ދީފަ އެވެ.
ދެ ބަޔަކަށް ބެހި، އެއް ބައި އިންޑިއާ އަދި އަނެއް ބައި ޕާކިސްތާނުގެ އަތްދަށުގައި އޮންނަ ކަޝްމީރުގެ މިލްކުވެރިކަމާ ގުޅޭ ގޮތުން ޒަމާނުއްސުރެ އެ ދެ ގައުމުގެ މެދުގައި ދެބަސްވުންތައް އޮވެ އެވެ. މުސްލިމުންގެ ބޮޑު އާބާދީއެއް އޮންނަ ކަޝްމީރުގައި ހަރުކަށި ފިކުރުގެ މުސްލިމުން ހިންދޫންނަށް އަނިޔާކުރާ ކަމަށް ބުނެ 1980ގެ އަހަރުތަކުން ފެށިގެން އެ ހިސާބުގައި ހަމަނުޖެހުންތައް ވަރަށް ބޮޑެވެ.
އެ ފިލްމުގައި މުހިންމު ރޯލުތަކުން ފެންނަނީ އަނޫޕާމް ކޭރް، މިތުން ޗަކްރަބަތީ، ދަރުޝަން ކުމާރު، އަމާން އިގްބާލް، ޕައްލަވީ ޖޯޝީ، މިރިނާލް ކުލްކަރްނީ އަދި ޕްރަކާޝް ބެލަވަދީ އެވެ. ޒީ ސްޑޫޑިއޯސް އިން ޕްރޮޑިއުސްކުރި އެ ފިލްމު ޑައިރެކްޓުކުރީ ވިވެކް އަގްނިހޯތުރީ އެވެ.
ޕްރިޔަންކާގެ "ދެފުށްކެހެރި" ކަމުން މީހުން ރަތަށް
ބުރުގާ އަޅާ އަންހެނުންގެ ދިފާއުގައި ސޯނަމް އާއި ރިޗާ
ޝާހްރުކްގެ ދަރިފުޅާ މެދު ކަންތައް ކުރަނީ "ޒާތީކޮށް"
ފަރުހާނާ ދެކޮޅަށް ސޯޝަލް މީޑިއާގައި ކެމްޕޭނެއް
ހަރިޔާނާގައި މުސްލިމުންނާ ދެކޮޅު އަމަލުތައް އިތުރުވަނީ
ބީބީސީގެ ޑޮކިއުމެންޓްރީ އިންޑިއާގައި މަނާކޮށްފި
މޯދީއާ ދެކޮޅު ލިންކުތައް ބަންދުކުރުމަށް އަންގައިފި
ތާޖް މަހަލްގެ ކޮޓަރިތައް ހުޅުވަން ހުއްދަ ނުދިން
އިންޑިއާގައި މުސްލިމުންގެ ގެތައް ތަޅަނީ ކީއްވެ؟
އެކްޓަރު އަލީ އުމްރާގައި