15 މާޗް 2022
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ފަރުވާ ދިނުމަށް ހާއްސަ ސެންޓަރެއް، ހުޅުމާލެ ހޮސްޕިޓަލްގައި މިއަދު ހުޅުވައިފި އެވެ. އެތަން ހުޅުއްވައިދެއްވީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ފަރުވާ ދިނުމަށް ހާއްސަ ސެންޓަރެއް، ހުޅުމާލެ ހޮސްޕިޓަލްގައި މިއަދު ހުޅުވައިފި އެވެ. އެތަން ހުޅުއްވައިދެއްވީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހެވެ.
އަށާރަ އަހަރުން ދަށުގެ ކުދިންނަށް ހާއްސަ ސެންޓަރުން ޖިސްމާނީ، ވިސްނުމުގައި އުނިކަމާއި އުނގެނުމުގައި ދަތިކަން ހުންނަ ކުދިން އަދި ސިކުނޑިއާ ނާރުތަކުގެ ބަލިތައް ތަހައްމަލް ކުރަމުންދާ ކުދިންނާއި ވާހަކަދެއްކުމުގައި ދަތިތައް ހުންނަ ކުދިންނަށް ފަރުވާދޭނެ އެވެ.
އެ ސެންޓަރުގައި 67 ކުއްޖަކު ރެޖިސްޓްރީވެ، މިހާރު އަންނަނީ ހިދުމަތް ހޯދަމުންނެވެ.
ހުޅުމާލެ ހޮސްޕިޓަލްގައި ގާއިމްކޮށްފައިވާ ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު ހުޅުވަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުޅުމާލެ ހޮސްޕިޓަލް
އެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރުން ލިބޭ ހިދުމަތްތަކަކީ މީގެ ކުރިން ރާއްޖޭގައި ހޯދަން އުނދަގޫ ހިދުމަތްތަކެއް ކަމަށެވެ. އެހެންވެ، ކުޑަކުދިންނަށް ހާއްސަ ސެންޓަރެއް ހުޅުވުމުން އެ ހިދުމަތް ހޯދާ އާއިލާތަކަށް ވަރަށް ބޮޑު ލުއި ފަސޭހަތަކެއް ލިބޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ހުޅުމާލެ ހޮސްޕިޓަލްގައި ގާއިމްކޮށްފައިވާ ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު.-- ފޮޓޯ: ހުޅުމާލެ ހޮސްޕިޓަލް
އެ ސެންޓަރުގެ ހިދުމަތް ފުޅާކޮށް، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އުތުރާއި ދެކުނުގައި އެފަދަ ސެންޓަރުތަކެއް ގާއިމްކުރެވިގެންދާނެ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
ހުޅުމާލޭ ހޮސްޕިޓަލު ޓާޝަރީ ފެންވަރަށް ބަދަލުކޮށްފި
އަޔަން ހުރިވަރު މޮނީޓާކުރާ ހިދުމަތް ފަށައިފި
މަސްލަހަތު ފުށުއަރާ ބޭފުޅެއް އައިޖީއެމްއެޗް ބޯޑަށް!
ނަފުސާނީ ބަލިތަކަށް ފަރުވާދޭ މަރުކަޒެެއް ހުޅުމާލޭގައި
ހުޅުމާލެ ހޮސްޕިޓަލްގެ ލިފްޓަށް ވިހެއި މައްސަލަ ބަލަނީ
ހޮސްޕިޓަލުގެ އިހުމާލުން ބަނޑަށްދަރި މަރުވި މައްސަލައެއް
ހުޅުމާލެ ހޮސްޕިޓަލްގައި އާ އައިސީޔޫއެއް ހަދަނީ
ހުޅުމާލެ ހޮސްޕިޓަލަށް އިތުރު އެމްބިއުލާންސެއް ލިބިއްޖެ
ކެންސަރު ސެންޓަރު ހުއްޓަސް ރޭޑިއޭޝަން ދެވޭކަށް ނެތް
ހިތާނީ ކޭމްޕް ނިމުނު އިރު އައިސީޔޫ ވީތަނެއް ނޭނގޭ!