11 މާޗް 2022
ފަތާފައި މާފުއްޓަށް އަރައި، ޖަލަށް އެއްޗެހިތަކެއް ވައްދަން އުޅުނު ކަމަށް ބެލެވޭ މީހަކު ފިލަން މޫދަށް ފުންމާލުމުން ގޮސް ބެލި އިރު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
ފަތާފައި މާފުއްޓަށް އަރައި، ޖަލަށް އެއްޗެހިތަކެއް ވައްދަން އުޅުނު ކަމަށް ބެލެވޭ މީހަކު ފިލަން މޫދަށް ފުންމާލުމުން ގޮސް ބެލި އިރު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
އެނގިފައިވާ ގޮތުގައި ރޭގެ ވަގުތެއްގައި މި ހާދިސާ ހިނގީ ފަތާފައި ޖަލާ ދިމާލުން ތޮށިގަނޑުމައްޗަށް އެރި މީހަކު ޖަލުގެ ސެކިއުރިޓީންނަށް ފެނުމުން ފިލަންވެގެން މޫދަށް ފުންމާލުމުންނެވެ.
ޖަލު ބަލަހައްޓާ ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނަށް، މި މިހާ ފެނުނީ ކަނޑުގައި މަރުވެފައި އޮއްވައި ކަމަށް ވަނީ އެނގިފަ އެވެ.
ފުލުހުން ބުނީ މާފުށީ ޖަލާ ދިމާލުން މޫދު އަޑީގައި މީހަކު ގެނބިފައި އޮތް ކަމަށް ރޭ 2.22 ގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ މީހާ މޫދުން ނަގައިގެން މާފުށީ ހެލްތު ސެންޓަރަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ހެލްތު ސެންޓަރާ ހަވާލާދީ ފުލުހުން ބުންޏެވެ.
މަރުވެފައި ވަނީ 33 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ފޯނާއި ފޯނުގެ ޗާޖަރާއި ބެޓެރީ އަދި ސިމް ކާޑު ފަދަ ތަކެތި ޖަލަށް ވައްދަން އުޅެނިކޮށް އެތައް ފަހަރަކު މީގެ ކުރިން އަތުލައިގެންފައިވެ އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ރާއްޖޭގައި އޮންލައިންކޮށް އަދި ފޯނު މެދުވެރިކޮށް ހިންގާ ފްރޯޑްތަކުގައި ޖަލުގެ ގައިދީން ވަރަށް ބޮޑަށް ބައިވެރިވެ އެވެ. އެކަން ކުރުމަށް ގިނަ އަދަދެއްގެ ފޯނު ޖަލަށް ވައްދަ އެވެ.
ކުޑަކުއްޖަކާ "ބެހުނު" މީހަކު ދަންޖެހިގެން މަރުވެއްޖެ
ޖަމީލަށް މީހަކު އަނިޔާކުރި ކަމަށް ނުބެލެވޭ: ޕޮލިސް
ޖަމީލުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ނުހަދައި ވަޅުލައިފި
ޖަމީލް ނިޔާވީ ސަޖިދާގައި އޮއްވައި، ޕޯސްޓްމޯޓަމް ހަދަނީ
މިސްކިތުގައި އަޑުގަދަ ކުރި މީހާ ޖަލުގައި ނިޔާވެއްޖެ
ނަޝްވާގެ ހަށިގަނޑު ހިތަދު އަށް ގެންދަނީ
ތަމްރީނުގައި އުޅުނު ކަރެކްޝަންސްގެ އޮފިސަރަކު ނިޔާވެއްޖެ
ޖަލުގެ ޑިއުޓީގައި ހުރި ޒުވާނަކު ނިޔާވެއްޖެ
ފަރުވާ ނުދީ ކަރެކްޝަންސް އިން ހަމްޒަތު މަރާލީ: ބައްޕަ
ފަރުވާ ދެމުން ދަނިކޮށް ގައިދީއަކު މަރުވެއްޖެ