08 މާޗް 2022
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބު ބާއްވާނެ ތާރީހަކާ މެދު ގޮތެއް ނިންމަން ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާ ހޫނުވެ، ބަހުގެ ހަމަލާތައް ބަދަލުކުރަން ފަށައިފި އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބު ބާއްވާނެ ތާރީހަކާ މެދު ގޮތެއް ނިންމަން ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާ ހޫނުވެ، ބަހުގެ ހަމަލާތައް ބަދަލުކުރަން ފަށައިފި އެވެ.
މިރޭގެ ޖަލްސާ ހޫނުވީ، ކުރީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ އަލީ އާޒިމް ވާހަކަތަކާ ހިސާބުންނެވެ.
އޭނާ ވިދާޅުވީ މުޑުދާރު ގޮތަކަށް އިންތިޚާބު "ފަސްކުރަން އުޅެނީ" ކީއްވެގެންތޯ ސުވާލު އުފެދޭ ކަމަށެވެ. ޑިމޮކްރަޓިކް ގޮތަކަށް އެމްޑީީޕީ ހިންގަން އުޅޭ ބޭފުޅަކު އެގޮތަށް އަމަލު ނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިިހާރު ފެންނަނީ ސަރުކާރުން އެ އިންތިޚާބަށް ނުފޫޒު ފޯރުވަން އުޅޭ މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ.
"ތި އުޅެނީ ރަމަޟާން މަސް އައިސްގެނެއް ނޫން. ތި އުޅެނީ ހުތުރުކޮށް މިކަން ކުރަން. ތި އުޅެނީ ނުފޫޒު ފޯރުވައިގެން މިކަން ކުރަން. ތިޔަ އުޅެނީ ކޮރަޕްޝަންގެ ހަޑިމުޑުދާރު އަމަލު ވައްދައިގެން މިކަންކަން ކުރަން،" އާޒިމް ވިދާޅުވި އެވެ.
ޗެއާޕާސަންގެ ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ހުށަހެޅުއްވީ އިންތިހާބު ރޯދަމަހާ ދިމާވާތީ، އެހެން ތާރީހަކަށް ހަމަޖައްސައިދެއްވުމަށެވެ. އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަށް ކެންޑިޑޭޓް ހުށަހެޅުއްވީ އަވަސްކުރަން ނުވަތަ މިހާރު އޮތް ތާރީހުގައި ބޭއްވުމާ މެދު އަލުން ވިސްނުމަކަށް ދިއުމަށެވެ.
އެމްޑީޕީގެ ގައުމީ މަޖިލިސް ކުރިއަށްދަނީ: ޗެއާޕާސަންކަމުގެ މަގާމުގެ ވާދަވެރިކަން ބޮޑުވެ އެއްބަޔަކު އަނެއް ބަޔަކަށް ވަނީ ބަހުގެ ހަމަލާތައް ދީފައި. -- ފޮޓޯ: އެމްޑީޕީ
ޗެއާޕާސަންގެ މަގާމުގެ އިންތިހާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ހުށަހެޅުއްވީ އިންތިހާބު މިހާރު ކަނޑައަޅާފައި އޮތް ތާރީހުގައި ބާއްވަން ނުވަތަ އެއަށް ވުރެން އަވަސްކުރިއަސް އިއުތިރާޒެއް ނެތް ކަމަށެވެ
އާޒިމަށް އޮތް ވަގުތު ހަމަވުމުން އެއަށް ވުރެ އިތުރަށް އޭނާ ވާހަކަ ދައްކަވަން އުޅުމުން ބައެއް މެމްބަރުން އަޑުގަދަކޮށް، އޭނާގެ ވާހަކަތަކަށް ހުރަސް އެޅި އެވެ. އެހެންވެ، އެހެން ނުހެދުމަށް އޭނާ އެދިވަޑައިގަތީ ފައްޔާޒްގެ އަރިހުންނެވެ. އެ މަޖިލީހުގައި ރިޔާސަތު އިންނެވީ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ.
"މިނިސްޓަރު އެހެން ނަހައްދަވާ. ތިއީ ގޯހެއް،" އާޒިމް ފައްޔާޒާ ދިމާލަށް އެނބުރި ހުންނަވައިގެން ވިދާޅުވި އެވެ.
"ތިގޮތަށް ހަޅޭއްލަވައިގެން މިކަން ކުރަން ލާހިކެއް ނޫން." އާޒިމް ވިދާޅުވި އެވެ.
"ލަސްކުރަން ވޯޓުލާ ކޮންމެ މީހަކީ ސަރުކާރުގެ ނުފޫޒު އޮތް މީހެއް. މިއީ ޔަގީން ކަމެއް،" އާޒިމް ވިދާޅުވި އެވެ.
އެންމެ ފަހުން ބައެއް މެމްބަރުން ވަނީ ގޮނޑިން ތެދުވެގެން ރިޔާސަތު ކައިރިއަށް ގޮސް އަޑުގަދަކުރަން ފަށައިފަ އެވެ.
ގައުމީ މަޖިލީހުގައި އެމްޑީޕީގެ ދެ ފަޅި ހާމަޔަށް
އަމާޒަކީ އެމްޑީޕީގެ ހެޔޮވެރިކަން ދެމެހެއްޓުން: ފައްޔާޒް
"އަޅުގަނޑު ޕާޓީ ހިންގަން ބޭނުންނުވާ މީހުން އުޅޭ"
މާލީ ބާރުވެރިކަން ހޯދަން އެމްޑީޕީން ވިޔަފާރި ކުރަނީ!
މާލީ ނިޒާމުގެ މިނިވަންކަން ނަގާލައިފި: ފައްޔާޒް
ކަންކަން ހަމަޔަކަށް އެޅުވުމުގެ މަސައްކަތް ވަރުގަދަކުރަނީ
އިސްތިއުފާ ދިނުމުގެ ވިސްނުމެއް މި ވަގުތު ނެތް: ފައްޔާޒު
ބޮޑު ދެ އިންތިހާބުން އެމްޑީޕީ ބަލިވި ސަބަބު ބަލަނީ!
ދާއިރާތަކުގެ އަޑު: "ރައީސަށް އިތުބާރު އެބައޮތް"
އިންތިގެ ކެމްޕޭންޓީމުގެ ސައިކަލުތަކަކަށް ގެއްލުންދީފި