ހުޅުމާލޭގައި ސައިކަލްތަކާއި ކާރުތައް ޕާކުކުރާނެ އިމާރާތެއް އަޅަން ދަމާސް ކުންފުންޏާ އެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
06 މާޗް 2022
ހުޅުމާލޭގައި ސައިކަލްތަކާއި ކާރުތައް ޕާކުކުރާނެ އިމާރާތެއް އަޅަން ދަމާސް ކުންފުންޏާ އެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ހުޅުމާލެ ބަލަހައްޓަމުން އަންނަ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނީ ހުޅުމާލޭގައި ދިރިއުޅޭ މީހުންނާއި އެކި ބޭނުންތަކަށް ހުޅުމާލެއަށް ޒިޔާރާތްކުރާ މީހުންގެ އުޅަނދުތަކާއި މަގުމަތީގައި ޕާކުކޮށްފައި ހުންނަ ވެހިކަލްތަކުގެ އަދަދު މަދުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ޕާކިން ބިލްޑިންގެއް އަޅަން ދަމާސްއާ އެކު ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
އެ އެއްބަސްވުމުގައި ދަމާސްގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސާލިހު އެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު އެވެ.
ޕާކިން ބިލްޑިންގު އަޅަނީ ހުޅުމާލެ ފެރީ ޓާމިނަލް ކައިރީގައި ހުންނަ އޯޝަން ފްރަންޓުގެ ފަހަތުގަ އެވެ. އެތަނުގައި އިމާރާތްކުރާ ޕާކިން ބިލްޑިންގައި ސައިކަލާއި ކާރު ވެސް ޕާކުކުރެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި މާލެ އާއި ހުޅުމާލޭގައި ވެސް ޕާކުކުރުމަށް މެކޭނިކަލް ސިސްޓަމްތަކެއް ގާއިމުކުރި އެވެ. އެކަމަކު އެތަންތަން ބޭނުންނުކޮށް ގިނަ ދުވަސްވުމުން ބާދަގަނޑަށްވެ ހަލާކުވުމުން ބައެެއް ތަންތަން މިހާރު ހުރީ ނަގައިފަ އެވެ.
ހުޅުމާލޭގައި 15 ޕާކިން އިމާރާތް އަޅަން ހުޅުވާލައިފި
ހުޅުމާލޭގައި ޕާކިން ބިލްޑިންގަކާއި ޑޭކެއާ ސެންޓަރެއް
ހުޅުމާލޭގެ ޕާކިން ސިސްޓަމްތައް މަރާމާތުކުރަނީ
ހުޅުމާލޭގައި މެކޭނިކަލް ޕާކިން ސިސްޓަމްތަކެއް
ހިޔާގެ 4 ޓަވަރެއްގެ ލިފްޓުތައް ނިންމައި ޓެސްޓުކުރަނީ
ޖާހުގެ އެއްބަސްވުން އެޗްޑީސީން ބާތިލުކޮށްފި
ސީލައިފް އެއްބަސްވުން އެޗްޑީސީން ބާތިލުކުރީ ރަނގަޅަށް
ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ރޯދަވީއްލުމެއް
އެޗްޑީސީގެ ހަތަރު މުވައްޒަފަކު އަދިވެސް ސަސްޕެންޝަންގައި
"4ޓަވަރެއްގައި ލިފްޓު ހަރުކޮށް އޭޕްރީލް މަހު ނިމޭނެ"