02 މާޗް 2022
ޕްރެޒިޑެންޓްސް ކަޕް ފައިނަލުގައި ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން މި ވަގުތު ކުޅުމާ ދުރުގައި ހުރި އަލީ ފާސިރު (ސެންޓޭ) އަށް އޮޕަރޭޝަނަކާ ނުލައި ކުޅެން ނުކުމެވޭނެކަން ކަށަވަރު ވެއްޖެ އެވެ.
ޕްރެޒިޑެންޓްސް ކަޕް ފައިނަލުގައި ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން މި ވަގުތު ކުޅުމާ ދުރުގައި ހުރި އަލީ ފާސިރު (ސެންޓޭ) އަށް އޮޕަރޭޝަނަކާ ނުލައި ކުޅެން ނުކުމެވޭނެކަން ކަށަވަރު ވެއްޖެ އެވެ.
ވެލެންސިއާގެ ކެޕްޓަންގެ ކަކުލުގެ ލިގަމެންޓަށް އަނިޔާވީ، ރ. އަލިފުށީގައި ކުޅުނު ފައިނަލް މެޗުގައި މާޒިޔާގެ ނާއިޒު ހަސަން (ދާދު) ކުރި ޗެލެންޖުގަ އެވެ. އެ އަނިޔާއާ ގުޅިގެން ސެންޓޭގެ ކަކުލުން ލޭ އައުމުން އަލިފުށީ ސިއްހީ މަރުކަޒަށް ގެންގޮސް އޭނާ އަށް ފަރުވާ ވެސް ދިނެވެ.
މާލެ އައުމަށް ފަހު ވެސް ސެންޓޭގެ ކަކުލުގެ އެކްސްރޭއެއް ނުނެގި ދެތިން ދުވަހެއް ފާއިތުވި އެވެ. އެއީ އޭރު ވެސް ދުޅަ ތިރިނުވެ ހުރުމުން ކަމަށް ވެލެންސިއާގެ އޮފިޝަލަކު ބުންޏެވެ. ލިގަމެންޓަށް އަނިޔާވުމުން ކުރިން ބެލެވިފައި އޮތީ އޮޕަރޭޝަނެއް ކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް އޮފިޝަލް ބުނީ އޮޕަރޭޝަން ނުކޮށް ކުޅެން ނުކުމެވޭނެ ކަމަށް ޑޮކްޓަރު ލަފާ ދީފައިވާ ކަމަށެވެ.
ޕްރެޒިޑެންޓްސް ކަޕްގައި ސެންޓޭގެ ކަކުލަށް އަނިޔާވުމުން ފަރުވާ ދެނީ. --- މިހާރު ފޮޓޯ: ނިޝާން އަލީ | މިހާރު
"އަޅުގަނޑުމެން ވެސް ހީކުރީ ސާޖަރީއެއް ހަދައިގެނޭ އަލުން ކުޅެވޭވަރު ވާނީ. އެކަމަކު އެމްއާރްއައި ރިޕޯޓަށް ފަހު ޑޮކްޓަރަށް ދެއްކީމަ ބުނި ފިޒިއޮތެރަޕީ ހަދައިގެން ރިކަވާ ވެވޭނެޔޭ،" އޮފިޝަލް ބުންޏެވެ.
"އެއީ ލިގަމެންޓް އަނިޔާ އަކަށް ވިޔަސް އެ އަނިޔާގެ ގްރޭޑް އެހާ މަތި ނުވީމަ."
ޕްރެޒިޑެންޓްސް ކަޕްގައި ވެލެންސިއާގައި ސެންޓޭ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ކުޅުނު އަށް މެޗުގެ ތެރެއިން ފަސް މެޗުގައި މޭން އޮފްދަ މެޗުގެ މަގާމު ހޯދި އެވެ. އަދި އެ މުބާރާތުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނީ އޭނާ އެވެ.
ޕްރެޒިޑެންޓްސް ކަޕް ވެލެންސިއާ އަށް ކާމިޔާބު ކޮށްދިން ކޯޗު އިސްމާއީލް އާސިފް (ކުޑަ ހީނާ) ބުނީ ސެންޓޭގެ މަގާމު ފޫބެއްދޭނެ ދެވަނަ ކުޅުންތެރިޔަކު މި ވަގުތު ރާއްޖޭގައި ނެތް ކަމަށެވެ.
ޕްރެޒިޑެންޓްސް ކަޕްގެ ލީގު ބުރުގެ ފަހު މެޗުގައި ވެލެންސިއާ އާއި މާޒިޔާ ކުޅުނު މެޗުގައި ސެންޓޭ ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ --- މިހާރު ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"ސެންޓޭގެ މަގާމު ރިޕްލޭސް ކުރާކަށް މަސައްކަތެއް ނުުކުރާނަން. އެއީ ސެންޓޭ މުބާރާތުގައި އެ ދެއްކި ކުޅުމާ އެކު އޭނާ ރިޕްލޭސް ކުރެވޭނެ ވަރުގެ އެހެން ކުޅުންތެރިއެއް މި ވަގުތު ރާއްޖޭގައި ހުރި ކަމަށް އަހަރެން ގަބޫލު ނުކުރާތީ. އެހެނެއް ނޫން އެޓޭކިން ލައިނަށް ހައްލުތަކެއް ހޯދާން މަސައްކަތް ކުރާނަން،" ހީނާ ބުންޏެވެ.
ވެލެންސިއާ އަށް މި ވަގުތަކީ އުނދަގޫ ދަނޑިވަޅެކެވެ. އެ ޓީމަށް ކުޅެމުން ދިޔަ ލަންކާގެ ޑިފެންޑަރު ޑަކްސަން ދިރިއުޅޭ ކޮޓަރީގައި އޭނާ މަރުވެފައި ހުއްޓާ ފެނުމުން ވެލެންސިއާގެ ކުޅުންތެރިންނަށް ވަނީ ނަފުސާނީ ގޮތުން އުނދަގޫތަކެއް ކުރިމަތިވެފަ އެވެ. އެހެން ނަމަވެސް ހުކުރު ދުވަހު ޓީސީ އާދެކޮޅަށް ކުޅެން އޮތް މެޗް ފަސް ކުރަން އެދުމުގެ ވިސްނުމެއް އެކްލަބުން ނުގެންގުޅެ އެވެ.
އަނިޔާ ވެގެން އެޓީމުން ބާކީވެފައި ވަނީ ސެންޓޭ އެކަންޏެއް ނޫނެވެ. ފޯވާޑް އަބްދުﷲ މިދުހަތު ފަހްމީ (ބިޗަޑް) އާއި އީސްމާއީލް އީސާ ވެސް ހުރީ އަނިޔާގަ އެވެ. މިޑްފީލްޑަރު އަސްހަދު އަލީ (އަޑުބަރޭ) ދަނީ 15 ދުވަހުގެ ޖަުލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. ލީގުގެ ފުރަތަމަ ދެ މެޗުގައި އަސްހަދު ބެލެހެއްޓި ޑިފެންސިވް މިޑްފީލްޑަރުގެ މަގާމަށް ކުޅުވާފައި ވަނީ ޑަކްސަން އެވެ.
ކުޅިވަރުގައި ދޮނާގެ ނަން އޮތީ ރަނުން
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
ވެލެންސިއާ އެކަޑަމީއާ އެކު ބޮޑުހީނާ އަލުން ކޯޗިން އަށް
ވެލެންސިއާގެ ސިޓީއާއެކު ޓޮމް އެފްއޭއެމްގެ އިންތިހާބަށް
ކޮންގްރެސްގެ ދައުވަތު ވެލެންސިއާ އަށް ނުފޮނުވާ
ބައްސާމަށް ވެލެންސިއާގެ ކޮންޓްރޯލް ގެއްލިއްޖެ
އެފްއޭއެމުން އޭއެފްސީއަށް "ދޮގު" މައުލޫމާތު ދީފި
ވެލެންސިއާގެ "ވަގު ސިޓީ" ގެ މައްސަލަ ޕޮލިހަކު ނެތް
ވެލެންސިއާއިން ބުނާ "ފޯޖް" ސިޓީގެ މައްސަލަ ޕޮލިހަށް
ވެލެންސިއާގެ އާ ޗެއާމަނަކަށް ކުރީގެ ނޫސްވެރިޔާ އަޒުމީން