01 މާޗް 2022
ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްޗަށް ކުރި ރިޝްވަތުގެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފް ކުރުމުގެ ވިސްނުން އެބައޮތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.
ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްޗަށް ކުރި ރިޝްވަތުގެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފް ކުރުމުގެ ވިސްނުން އެބައޮތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.
އެސްއީޒެޑް ބިލަށް 2015 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގައި ވޯޓު ދިނުމުގެ މުގާބިލްގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަތުން ރިޝްވަތުގެ ގޮތުގައި 33،000 ޑޮލަރު ހޯދި ކަމަށް ބުނެ މަހްލޫފްގެ މައްޗަށް ކުރި ރިޝްވަތުގެ ދައުވާއަށް މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައި، އެ މައްސަލަ ބޭރުކޮށްލީ ދައުލަތުން ހުށަހެޅި ހެކިތަކުން އެއީ ރިޝްވަތެއް ކަން ސާބިތުކޮށް ނުދެވޭނެ ކަމަށް ބުނެ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ އިސްތިއުނާފް ކުރުމުގެ ވިސްނުން އެ އޮފީހުން ގެންގުޅޭ ކަމަށެވެ. ނަމަވެސް ގޮތެއް ނިންމާނީ މާދަމާ ކަމަށް އޭނާ ވިދާޅުވި އެވެ.
މަދަނީ މިންގަނޑުން ބެލުމަށްފަހު މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމުމުން ދައުލަތަށް ދެ ގޮތެއް އޮވެ އެވެ. އެއީ އާ ހެކިތަކާ އެކު މައްސަލަ އަލުން ހުށަހެޅުން ނުވަތަ އެ ނިންމުން އިސްތިއުނާފް ކުރުމެވެ.
އެ މައްސަލާގައި މަހްލޫފް ކުރިން ސަސްޕެންޑް ކުރުމަށްފަހު ސަސްޕެންޝަން އުވާލި އެވެ. އޭނާއަށް ދައުވާ ކުރުމުން އޭނާ ވަކިކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް ސަރުކާރުން ބުންޏަސް، މިހާތަނަށް ވެސް އޭނާ ހުންނެވީ މަގާމުގަ އެވެ.
މަހްލޫފްގެ މައްސަލަ: މަސްލަހަތު ފުށުއަރާތަ؟
ޒާތީ ނިންމުމެއް ކަމުގެ ތުހުމަތަށް ޖަވާބެއް ނުދެއްވި!
ކްރިކް ރިޒާގެ ރިޝްވަތު ދައުވާ މި ނިމުނީ؟
ދައުލަތުން އެދިގެން މަހްލޫފުގެ ޝަރީއަތް ކެންސަލްކޮށްފި
މަހްލޫފްގެ މައްސަލައަށް މިވީ ކިހިނެއް؟
އަދީބުގެ ފޯނާއި ލެޕްޓޮޕް: ދައުލަތަށް ބޮޑު ޓެސްޓެއް!
އިސްތިއުފާއެއް ނުދޭނަން: މަހްލޫފް
ޔޫތު މިނިސްޓަރު މަހްލޫފްގެ މައްޗަށް ދައުވާކޮށްފި
މަހްލޫފްގެ މައްސަލައިގައި ޕީޖީން ދެނީ އެއް ޖަވާބެއް!
ދައުވާނުކޮށް ލަސްވާތީ މަހްލޫފުގެ ސަސްޕެންޝަން އުވާލައިފި