28 ފެބުރުއަރީ 2022
ތ. ވިލުފުށީގެ 100 ހައުސިން ޔުނިޓްގެ މަޝްރޫއު އެވޯޑްކުރި މައްސަލަ ކޯޓުގައި އޮތުމުން އެ މަޝްރޫއު ހުއްޓުވުމުގެ އަމުރަކަށް އެދި އެސްޖޭ ކޮންސްޓްރަކްޝަން ކުންފުނިން ހައި ކޯޓަށް ހުށަހެޅި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައި، އެ ކޯޓުން މިއަދު މައްސަލަ ބޭރުކޮށްލައިފި އެވެ.
ތ. ވިލުފުށީގެ 100 ހައުސިން ޔުނިޓްގެ މަޝްރޫއު އެވޯޑްކުރި މައްސަލަ ކޯޓުގައި އޮތުމުން އެ މަޝްރޫއު ހުއްޓުވުމުގެ އަމުރަކަށް އެދި އެސްޖޭ ކޮންސްޓްރަކްޝަން ކުންފުނިން ހައި ކޯޓަށް ހުށަހެޅި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައި، އެ ކޯޓުން މިއަދު މައްސަލަ ބޭރުކޮށްލައިފި އެވެ.
ވިލުފުށީގައި އިމާރާތްކުރަން ފަށާފައި ހުރި 64 ހައުސިން ޔުނިޓެއްގެ މަސައްކަތް ނިންމުމަށާއި އަދި އިތުރު 36 ޔުނިޓެއްގެ ޑިޒައިންކޮށް ނިންމުމުގެ މަޝްރޫއުއަށް އެސްޖޭ ކުންފުނިން ކުރިމަތިލުމުން ނޭޝަނަލް ޓެންޑާ ބޯޑުން އެ ކުންފުންޏާ އެ މަޝްރޫއު ހަވާލު ނުކުރި މައްސަލާގައި އެ ކުންފުނިން ވަނީ ސިވިލް ކޯޓުގައި ދައުވާކޮށްފަ އެވެ. އަދި އެ މައްސަލަ ނިމެންދެން، އެ މަޝްރޫއު ހަވާލުކުރުން މަޑުޖައްސާލުމުގެ އަމުރަކަށް އެ ކުންފުނިން ކޯޓުގައި އެދުނަސް، އެ ކޯޓުން ނިންމާފައި އޮތީ އެފަދަ އަމުރެއް ނުނެރުމަށެވެ.
ވަގުތީ އަމުރު މުރާޖާ ކުރުމަށް ފަހު ވެސް ސިވިލް ކޯޓުގެ ނިންމުން އެ ކޯޓުން ބަދަލު ނުކުރުމުން އެސްޖޭއިން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކުރީ އެވެ. އެ މައްސަލަ ހައި ކޯޓުން މިއަދު ބޭރުކޮށްލީ ދައުލަތުން ނެގި އިޖްރާއީ ނުކުތާއަކާ ގުޅިގެންނެވެ. ދައުލަތުން އިޖްރާއީ ނުކުތާ ނެގީ ކަމަށް ސިވިލް ކޯޓުން އަމުރު މުރާޖާ ކުރުމަށްފަހު ނިންމާފައިވާ ނިންމުމުގައި އޮތް ގޯހެއް އެސްޖޭ ކުންފުންޏަށް ދެއްކިފައި ނުވާތީ ކަމަށް ބުނެ އެވެ.
ހައި ކޯޓުގެ ނިންމުމުގައިވަނީ ވަގުތީ އަމުރާ މެދު ނިންމި ގޮތް މުރާޖާކުރުމަށް ފަހު ނިންމާފައިވާ ނިންމުން އެސްޖޭއިން އިސްތިއުނާފް ކުރިޔަސް، އެ ނިންމުމުގައި އޮތް ގޯހެއް އެސްޖޭއަށް ނުދެއްކޭ ކަމަށެވެ. އޭގެ ބަދަލުގައި އެސްޖޭއިން ފާހަގަކުރަނީ ވަގުތީ އަމުރާ މެދު ފުރަތަމަ ނިންމި ނިންމުމުގައި ހުރި ގޯސްތައް ކަމަށާއި އެކަމަކު އެ ނިންމުން އެ ކުންފުނިން އިސްތިއުނާފް ކޮށްފައިނުވާތީ މި މައްސަލާގެ ތެރެއިން އެއާ މެދު ގޮތެއް ނުނިންމޭނެ ކަމަށް ހައި ކޯޓުގެ ނިންމުމުގައިވެ އެވެ.
ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވި ނިންމުމުގައިވަނީ އެ މައްސަލަ ހައި ކޯޓުން ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ ރިޔާސަތު ބެލެހެއްޓެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ.
ހައުސިން މަޝްރޫއުތައް ހިންގަން މި މަހު އިއުލާނުކުރަނީ
އެފްޑީސީން 13،000 ހައުސިން ޔުނިޓް އަޅަން ފަށަނީ
އޭދަފުށީގައި 1000 ފްލެޓް އަޅަން ހަވާލުކޮށްފި
ފްލެޓްތަކަށް ކުލި ނުދައްކާތީ ފިޔަވަޅު އަޅަން އިންޒާރު
ތިން މަސް ތެރޭ ގޯތިތައް ހަވާލުކުރާ ބިލު ބޭރުކޮށްލައިފި
އޭދަފުށީގައި 1000 ހައުސިން ޔުނިޓް އަޅަނީ
މެޖޯރިޓީ ހޯދަން އެދޭތީ ރައީސްގެ ސުވާލެއް އެމްޑީޕީއަށް!
ރާއްޖޭގެ އުތުރާއި ދެކުނުގައި 40،000 ފްލެޓް އަޅަނީ
3،000 ހައުސިން ޔުނިޓްގެ ފްރޭމްވޯކެއްގައި ސޮއިކޮށްފި
ގޯތިތައް ފުށިދިއްގަރުފަޅަށް ބަދަލުކުރި ވާހަކަ ދޮގުކޮށްފި