Roadha Mihaaru
ހަލަބުން ޓްވީޓްކުރާ ކުޑަ ކުއްޖާ އެ ސިޓީން ނެރެފި

ހަލަބުން ޓްވީޓްކުރާ ހަތް އަހަރުގެ އަންހެން ކުއްޖާ އެ ސިޓީން ނެރެފި

19 ޑިސެމްބަރ 2016

ދިމިޝްގު (ޑިސެމްބަރު 19) - ހަލަބުގެ ހާލަތު މުޅި ދުނިޔެ އަށް ހާމަކޮށްދިނުމަށް ޓްވީޓް ކުރަމުންދާ ހަތް އަހަރުގެ އަންހެން ކުއްޖާ ބަނާ އަލްއާބިދު އެ ސިޓީން ނެރެފައިވާ ކަމަށް ތުރުކީގެ ޖަމާއަތަކުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ދިމިޝްގު (ޑިސެމްބަރު 19) - ހަލަބުގެ ހާލަތު މުޅި ދުނިޔެ އަށް ހާމަކޮށްދިނުމަށް ޓްވީޓް ކުރަމުންދާ ހަތް އަހަރުގެ އަންހެން ކުއްޖާ ބަނާ އަލްއާބިދު އެ ސިޓީން ނެރެފައިވާ ކަމަށް ތުރުކީގެ ޖަމާއަތަކުން ބުނެފި އެވެ.

ހިއުމެނިޓޭރިއަން ރިލީފް ފައުންޑޭޝަން (އައިއެޗްއެޗް) ގެ ޓްވިޓާގައި ބުނެފައި ވަނީ ބަނާ އާއި އޭނާގެ އާއިލާ ހަލަބުގެ ހަނގުރާމަ އިން ސަލާމަތްކޮށް އެ ސިޓީން ނެރެފައިވާ ކަމަށެވެ. އަދި އެ އާއިލާ އަށް ހޫނު މަރުހަބާއެއް ކިޔާ ކަމަށް ބުނެފައިވެ އެވެ. އިސްލާމިކް ޗެރިޓީ އައިއެޗްއެޗް އިން ދަނީ ހަލަބުން މީހުން ނެރުމުގައި މުހިންމު ދައުރެއް އަދާކުރަމުންނެެވެ.

ސީރިއާގެ ހަލަބުގެ ހާލަތު ބަޔާންކޮށްދޭން ޓްވީޓް ކުރާ ހަތް އަހަރުގެ ބަނާ.

ސީރިއާގެ ހަލަބުގެ ހާލަތު ބަޔާންކޮށްދޭން ޓްވީޓް ކުރާ ހަތް އަހަރުގެ ބަނާ.

ޓްވިޓާ އިން ބަނާ ފޮލޯކުރާ ދެ ލައްކައެއްހާ މީހުންނަށް އެ ކުއްޖާ ވަނީ ދިރިއުޅެން ޖެހޭ ބިރުވެރި ހާލަތު ސިފަކޮށްދީފަ އެވެ. ނޮވެމްބަރު 28 ވަނަ ދުވަހު ކުރި މެސެޖުގައި ވަނީ އެ މީހުން ދިރިއުޅޭ ގެ އަށް ބޮން އަޅައިފި ކަމަށާއި ނިދަން ޖެހޭނީ މަގުމަތީގައި ކަމަށް ބުނެފަ އެވެ. އަދި މަރުވަމުންދާ މީހުން އޭނާގެ ލޮލަށް ފެންނަމުންދާ ކަމަށް ބުނެފައިވެ އެވެ. ހަމަ އެ ދުވަހު އެ ކުއްޖާ ވަނީ ބޮމުގެ ވަރުގަދަ ހަމަލާތަކުގެ ތެރޭގައި، މަރާއި ދިރިހުރުމާ ދެމެދު، އެ މީހުންގެ ރައްކާތެރި ކަމަށް ދުއާ ކޮށްދިނުމަށް އެދިފަ އެވެ. އެ ކުއްޖާގެ މަންމަ ފާތިމާ ވެސް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހަލަބުގެ ހާލަތު ބަޔާންކޮށްދީފަ އެވެ.

ހަލަބުން ޓްވީޓް ކުރާ ހަތް އަހަރުގެ އަންހެން ކުއްޖާ ލިޔުމެއް ހިފައިގެން ފޮޓޯ ނަގަން ތައްޔާރުވެފައި. --ފޮޓޯ:އޭއެފްޕީ

ހަލަބުން ޓްވީޓް ކުރާ ހަތް އަހަރުގެ އަންހެން ކުއްޖާ ލިޔުމެއް ހިފައިގެން ފޮޓޯ ނަގަން ތައްޔާރުވެފައި. --ފޮޓޯ:އޭއެފްޕީ

ބަނާ އާއި އޭނާގެ މަންމަ ފާތިމާ ކޮންމެ ދުވަހަކު ކުރާ ޓްވީޓްތަކަށް ސީރިއާ ސަރުކާރުން ވަނީ ފާޑު ކިޔައިފަ އެވެ. އަދި އެއީ ޕްރޮޕެގެންޑާ ކަމަށް ވަނީ ބުނެފަ އެވެ. ބީބީސީއާ ވާހަކަ ދައްކަމުން ބަނާގެ މަންމަ އޮކްޓޯބަރު މަހު ބުނެފައި ވަނީ އޭނާގެ ދަރިފުޅު ބޭނުން ވަނީ ދުނިޔެ އިން އެ މީހުންގެ އަޑު އަހަން ކަމަށެވެ.

ހަލަބުން ޓްވީޓް ކުރާ ހަތް އަހަރުގެ އަންހެން ކުއްޖާ ހަލާކުވެފައިވާ އިމާރާތަކަށް ބަލަހައްޓައިގެން. --ފޮޓޯ:އޭއެފްޕީ

ހަލަބުން ޓްވީޓް ކުރާ ހަތް އަހަރުގެ އަންހެން ކުއްޖާ ހަލާކުވެފައިވާ އިމާރާތަކަށް ބަލަހައްޓައިގެން. --ފޮޓޯ:އޭއެފްޕީ

ސުންނާފަތިވެފައިވާ ހަލަބުގެ ފޮޓޯތައް ބަނާ ޓްވީޓް ކުރަން ފެށުމުން ވަރަށް ގިނަ ބަޔަކު ވަނީ އެ ކުއްޖާ އަށް ތާއީދުކޮށް މެސެޖް ފޮނުވައިފަ އެވެ. ބަނާ ޓްވީޓް ކުރުން މަދުވެއްޖެ އޭނާގެ ހާލަތާ މެދު ކަންބޮޑުވާ ކަމަށް ބުނެ ގިނަ ބަޔަކު މެސެޖް ކުރެ އެވެ.

ސީރިއަން އެމެރިކަން މެޑިކަލް ސޮސައިޓީގެ ރައީސް ވެސް ވަނީ ބަނާއާ އެކު ނަގާފައިވާ ފޮޓޯއެއް ޓްވީޓްކޮށްފަ އެވެ. މި ޖަމާއަތުން ވެސް ދަނީ ހަލަބުން މީހުން ނެރުމުގައި އެހީތެރިވަމުންނެވެ.

ޓްވިޓާ އިން ބަނާ ފޮލޯ ކުރާ މީހުން ދެ ލައްކަށް ވުރެ ގިނަ.

ޓްވިޓާ އިން ބަނާ ފޮލޯ ކުރާ މީހުން ދެ ލައްކަށް ވުރެ ގިނަ.

ހަލަބުން ބަނާ ނެރުމުގެ ކުރިން، އެންމެ ފަހުން ކުރި ޓްވީޓުގައި އެ ކުއްޖާ ވަނީ ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން އާއި ޚާރިޖީ ވަޒީރު މެވްލޫތު ކަވުސޮގްލޫ އަށް ހަލަބުގެ ހަނގުރާމަ ހުއްޓާލާފައި ބޭއްވުމަށާއި އެ މީހުން ހަލަބުން ނެރެދިނުމަށް މަސައްކަތް ކޮށްދިނުމަށް އެދިފަ އެވެ. ބަނާ އަށް ޖަވާބު ދެއްވަމުން ތުރުކީގެ ޚާރިޖީ ވަޒީރު ވަނީ ބަނާ އާއި އެތައް ހާސް ބައެއްގެ ސަލާމަތަށް މަސައްކަތް ކުރާ ކަމަށް ވިދާޅުވެފަ އެވެ.

ހަލަބުން ޓްވީޓް ކުރާ ހަތް އަހަރުގެ އަންހެން ކުއްޖާ ބަނާ އޭނާގެ ކޮއްކޮމެންނާ އެކު. --ފޮޓޯ:އޭއެފްޕީ

ހަލަބުން ޓްވީޓް ކުރާ ހަތް އަހަރުގެ އަންހެން ކުއްޖާ ބަނާ އޭނާގެ ކޮއްކޮމެންނާ އެކު. --ފޮޓޯ:އޭއެފްޕީ

ހަލަބުން ނެރެގެން ބަނާ ގެންދާނީ ތުރުކީގެ ސަރަހައްދީ ރޮނގު ކައިރީގައި އޮންނަ އިދްލީބުގެ ކޭމްޕަކަށް ކަމަށްވެ އެވެ. ހަލަބުން މީހުން ނެރުން މަޑު ޖެހިފައި އޮތުމަށް ފަހު މިއަދު ވަނީ 3،000 މީހުން އެ ސިޓީން ނެރެފަ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ފަހުކޮޅު ބަނާ އަށް ޓްވިޓާ އެކައުންޓެއް ހަދައިދިނީ އޭނާގެ މަންމަ އެވެ. ބަނާ ވަނީ ކެމެރާގެ ކުރިމަތީގައި ހުރެ ވާހަކަ ދައްކާ ދުނިޔޭގެ އެހީއަށް އެދިފަ އެވެ. ބަނާގެ އާއިލާ ދިރިއުޅުނީ ހަނގުރާމަ އެންމެ ބޮޑަށް ހިނގި ހަލަބުގެ އިރުމަތީގެ ސަރަހައްދެއްގަ އެވެ.