Roadha Mihaaru
ހަލަބުން މީހުން ނެރުން ހުއްޓާލައިފި

ހަލަބުން މީހުން ނެރުން ހުއްޓާލައިފި

16 ޑިސެމްބަރ 2016

ދިމިޝްގު (ޑިސެމްބަރު 16) - އިދިކޮޅު ހަނގުރާމަވެރިންނާއި އާއްމުން ހަލަބު ސިޓީގެ އިރުމަތީގެ ހިސާބުތަކުން ނެރުން ހުއްޓުމަކަށް ގެނެސްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ދިމިޝްގު (ޑިސެމްބަރު 16) - އިދިކޮޅު ހަނގުރާމަވެރިންނާއި އާއްމުން ހަލަބު ސިޓީގެ އިރުމަތީގެ ހިސާބުތަކުން ނެރުން ހުއްޓުމަކަށް ގެނެސްފި އެވެ.

ސީރިއާ ސަރުކާރާ ގުޅުން އޮންނަ ރަޝިޔާ އިން ބުނެފައި ވަނީ ހަލަބުން މީހުން ނެރުން ހުއްޓުމަކަށް އައީ އެ މަސައްކަތް ނިމުމުން ކަމަށެވެ. ނަމަވެސް ސީރިއާގެ އަސްކަރިއްޔާ އިން އޭއެފްޕީ އަށް ބުނީ ހަލަބުން މީހުން ނެރުން ހުއްޓާލީ ވަގުތީ ގޮތުން ކަމަށެވެ. ބުރާސްފަތި ދުވަހުން ފެށިގެން ހަލަބުން 6،000 މީހުން ނުކުމެފައިވާ ކަމަށްވެ އެވެ. އދ. އިން ބުނެފައި ވަނީ އެ ސިޓީގެ އިރުމަތީގައި މިހާރުވެސް 50،000 މީހުން ތާށިވެފައި އެބަތިބި ކަމަށެވެ. ސީރިއާ ސަރުކާރާ ގުޅިފައިވާ ސިފައިން މިހާރު ވަނީ ހަލަބުގެ އިރުމަތީގެ ހުރިހާ ސަރަހައްދެއް އިދިކޮޅު ހަނގުރާމަވެރިންގެ އަތް ދަށުން ހިފައިފަ އެވެ.

ހަލަބުގައި އަދިވެސް އާއްމުންގެ އެތައް ބަޔަކު ތާށިވެފައިވާ ކަމަށް އެހީދޭ އެޖެންސީތަކުން ވަނީ ބުނެފައި.

ހަލަބުގައި އަދިވެސް އާއްމުންގެ އެތައް ބަޔަކު ތާށިވެފައިވާ ކަމަށް އެހީދޭ އެޖެންސީތަކުން ވަނީ ބުނެފައި.

ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނީ ހަލަބުގައި ތިބި އިދިކޮޅު ހަނގުރާމަވެރިންނާއި އެ މީހުންގެ އާއިލާތައް އެ ސިޓީން ނުކުމެފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ހުއްޓުމަކަށް އައީ އެހެންވެ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އަންހެނުންނާއި ކުޑަ ކުދިންނާ އެކު ހަލަބުން 9،500 މީހުން ނުކުމެފައިވާ ކަމަށް ރަޝިޔާ އިން ބުނެފައިވެ އެވެ.

ރަޝިޔާގެ ދިފާއީ ވުޒާރާ އިން ބުނެފައި ވަނީ ހަލަބު ސިޓީން ނެރޭ މީހުން ގެންދިއުމަށް ހަމަޖެހިފައި ވަނީ ޖެހިގެން އޮތް އިދްލީބް ޕްރޮވިންސަށް ކަމަށެވެ. އިދްލީގެ ބޮޑު ބައެއްގެ ކޮންޓްރޯލް އޮތީ ވެސް އިދިކޮޅު ހަނގުރާމަވެރިންގެ އަތް ދަށުގަ އެވެ. އޭގެ ތެރޭގައި ޖަބްހަތު ފާތިހު އަލް ޝާމް ނުވަތަ ކުރީގެ ނުސްރާ ފްރަންޓް ހިމެނެ އެވެ.