23 ޑިސެމްބަރ 2016
ދިމިޝްގު (ޑިސެމްބަރު 23) - އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް ސީރިއާގެ ހަލަބު ސިޓީގެ ފުރިހަމަ ކޮންޓްރޯލް ހޯދާފައިވާ ކަމަށް ސީރިއާ ސިފައިން މިރޭ އިއުލާން ކޮށްފި އެވެ.
ދިމިޝްގު (ޑިސެމްބަރު 23) - އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް ސީރިއާގެ ހަލަބު ސިޓީގެ ފުރިހަމަ ކޮންޓްރޯލް ހޯދާފައިވާ ކަމަށް ސީރިއާ ސިފައިން މިރޭ އިއުލާން ކޮށްފި އެވެ.
ހަލަބު ސިޓީގެ ކޮންޓްރޯލް ސަރުކާރުން މި ހޯދީ އެ ސިޓީގެ އިރުމަތީގައި ކުރަމުންދިޔަ ހަނގުރާމަ ނިމުމަކަށް ގެނެސް އާއްމުންނާއި ހަނގުރާމަވެރިން ނުކުތުމަށް ފުރުސަތު ދިނުމަށް ފަހު އެވެ. އދ. ގެ އޮފިޝަލަކު ބުނެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހަލަބުން 34،000 މީހުން ނުކުމެފައިވާ ކަމަށެވެ.
ހަލަބު ސިޓީ މިނިވަން ކުރުމަކީ ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރަށް ލިބޭނެ ބޮޑު ކާމިޔާބެކެވެ. ސީރިއާގެ ހަނގުރާމަ 2011 ވަނަ އަހަރު ފެށުމުގެ ކުރިން ހަލަބަކީ އެ ގައުމުގެ ސިނާއަތުގައި އެންމެ މުހިންމު ރަށެވެ.
ހަލަބު މިނިވަންވިކަން ސީރިއާގެ ގައުމީ ޓީވީން އިއުލާން ކުރަމުން ސިފައިން ބުނީ މި ކާމިޔާބީއަކީ އެއް ގޮތަކުން ބަލާއިރު ސީރިއާގެ ފަސް އަހަރުވީ ހަނގުރާމައިގައި ޓެރަރިޒަމާ ދެކޮޅަށް ލިބުނު ނަސްރެއް ކަމަށާއި އަނެއް ގޮތަކުން ބަލާ ނަމަ ޓެރަރިސްޓުން ބަލިކޮށްލުން ކަމަށެވެ. ސަރުކާރާ އިދިކޮޅު ހަނގުރާމަވެރިންނަށް ސީރިއާ ސަރުކާރުން މުހާތަބު ކުރަނީ ޓެރަރިސްޓުންގެ ގޮތުގަ އެވެ.
އިދިކޮޅު ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އަހުރާރު އަލް ޝާމުގެ މެންބަރެއް ކަމަށްވާ އަހުމަދު ގުއްރާ އަލީ ބުނީ ހަލަބުގެ އިރުމަތީގައިވާ އިދިކޮޅު ހަނގުރާމަވެރިންގެ އެންމެ ފަހު ގްރޫޕް ވެސް މިހާރު ނުކުމެފައިވާ ކަމަށެވެ.
ސީރިއާގެ އަސްކަރީ މަރުކަޒަކަށް އިޒްރޭލުން ހަމަލާދީފި
ސީރިިއާގެ ބަހަށް ދިން ހަމަލާގައި 112 މީހުން މަރު
ހަލަބުގެ މިސްކިތަކަށް ވައިގެ ހަމަލާދީ 42 މަރު
ހަލަބު މިނިވަން ކުރުމަކީ އަސަދުގެ ވެރިކަން ނުވެއްޓޭނެކަމުގެ ހެއްކެއް
ދިރިހުރުމާއި މަރުގެ ވަގުތުތައް ސީރިއާ އިން ޓްވިޓްކުރި ކުއްޖާ ސިފަކޮށްދީފި
ހަލަބުން ޓްވީޓް ކުރި ކުއްޖާއާ އުރުދުޣާން ބައްދަލުކޮށްފި
ހަލަބުން ޓްވީޓްކުރި ކުއްޖާ އަށް ތުރުކީން ގެ ދެނީ
ހަލަބުގައި ތިބި މަދު ހަނގުރާމަވެރިން ނުކުތުމަށް އިންޒާރު ދީފި
ހަލަބަށް މޮނިޓަރުން ފޮނުވަން ސަލާމަތީ މަޖިލީހުން ފާސްކޮށްފި
ހަލަބުން ޓްވީޓްކުރާ ކުޑަ ކުއްޖާ އެ ސިޓީން ނެރެފި