Roadha Mihaaru
ރާއްޖޭގެ ދުވަސްވީ އެކަކު 107 އަހަރުގައި ނިޔާވެއްޖެ

ރާއްޖޭގެ އެންމެ ދުވަސްވީ އެކަކު 107 އަހަރުގައި ނިޔާވެއްޖެ

27 ފެބުރުއަރީ 2022

ރާއްޖޭގައި ތިބި އުމުރުން އެންމެ ދުވަސްވީ މީހުންގެ ތެރޭގައި ހިމެނޭ އެކަކު 107 އަހަރުގައި މިއަދު ނިޔާވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގައި ތިބި އުމުރުން އެންމެ ދުވަސްވީ މީހުންގެ ތެރޭގައި ހިމެނޭ އެކަކު 107 އަހަރުގައި މިއަދު ނިޔާވެއްޖެ އެވެ.

ގއ. ދެއްވަދޫ، ހައްވާ އަލީ ނިޔާވީ އޭނާގެ އާއިލާ އެކު މާލޭގައި ދިރިއުޅޭ ގޭގައި ކަމަށް ވެ އެވެ. މާލެ ބަދަލުވީ ބަލި ހާލަތު ހުރި ގޮތުން ފަރުވާއަށް މީގެ ހަތަރު އަހަރު ކުރިން ކަމަށް ވެސް މައުލޫމާތު އެނގޭ ބައެއް މީހުން ބުންޏެވެ.

ފެންނަން ހުރި މައުލޫމާތަށް ބަލާއިރު ބެލެވޭ ގޮތުގައި ހައްވާ އަލީ އަކީ ރާއްޖޭގައި ދެ ވަނަ އަށް އެންމެ ދުވަސްވީ މީހާ އެވެ. އެންމެ ދުވަސްވީ މީހަކަށް ހުރީ 108 އަހަރުގެ މީހެކެވެ.

ހައްވާ އަލީ އުފަންވީ ޑިސެމްބަރު 6، 1914 ގަ އެވެ.

އޭނާގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މިރޭ އިޝާ ނަމާދަށް ފަހުގައި މާލެ އާސަހަރާ މިސްކިތުގަ އެވެ.

ރާއްޖޭގައި ތިބި އުމުރުން އެންމެ ދުވަސްވީ މީހުންގެ ތެރެއިން އެކަކު މިދިޔަ މަހު ވެސް ނިޔާވި އެވެ. އެއީ ފުވައްމުލަކަށް ނިސްބަތްވާ އަލީ ސުލައިމާނެވެ. އޭނާ ނިޔާވި އިރު އުމުރަކީ 106 އަހަރެވެ.