28 ޖެނުއަރީ 2022
ރާއްޖޭގައި ތިބި އުމުރުން އެންމެ ދުވަސްވީ މީހުންގެ ތެރޭގައި ހިމެނޭ އެކަކު އުމުރުން 106 އަހަރުގައި މިއަދު ނިއާވެއްޖެ އެވެ.
ރާއްޖޭގައި ތިބި އުމުރުން އެންމެ ދުވަސްވީ މީހުންގެ ތެރޭގައި ހިމެނޭ އެކަކު އުމުރުން 106 އަހަރުގައި މިއަދު ނިއާވެއްޖެ އެވެ.
ފުވައްމުލަކު މީހެއް ކަމަށްވާ އަލީ ސުލައިމާން މިއަދު 7:15 ހާއިރު ނިއާވި މާލޭގައި އޭނާ ދިރިއުޅޭ ގޭގައި ކަމަށް ވަނީ އެނގިފަ އެވެ. އައިޖީއެމްއެޗަށް ގެންގޮސް ޓެސްޓުކުރި އިރު ކޮވިޑަށް ޕޮޒިޓިވް ކަމަށް ވެސް ވަނީ އެނގިފަ އެވެ.
ފެންނަން ހުރި މައުލޫމާތަށް ބަލާއިރު ބުރަވެވެނީ އަލީ ސުލައިމާނަކީ ރާއްޖޭގައި އެއް ވަނަ ނުވަތަ ދެ ވަނަ އަށް އެންމެ ދުވަސްވީ މީހާ ކަމަށެވެ.
އަލީ ސުލައިމާންގެ އުފަން ތާރީހަކީ ޖުލައި 8، 1915 އެވެ.
ރާއްޖޭގެ ދުވަސްވީ މީހުންގެ ތެރޭގައި ހިމެނޭ އަބްދުއްރަހްމާން މޫސާ، 2020 ވަނަ އަހަރު ނިއާވީ ވެސް އުމުރުން 106 އަހަރުގަ އެވެ. އޭނާ އަކީ މިހާރު ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހއ. ހަތިފުއްޓަށް އުފަން މީހެކެވެ.
އަލީ ސުލައިމާންގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މިއަދު 1:15 ގައި ހުޅުމާލެ ސަހަރާގަ އެވެ.
ނުބައި އިންޖެކްޝަނެއް ދިން ކަމަށް ބުނާ މައްސަލައެއް
ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ
އެންމެ މުސްކުޅި މީހާ، 118 އަހަރުގައި މަރުވެއްޖެ
ދުނިޔޭގެ އުމުރުން އެންމެ ދުވަސްވީ މީހާ މަރުވެއްޖެ
ރާއްޖޭގެ ދުވަސްވީ އެކަކު 107 އަހަރުގައި ނިޔާވެއްޖެ
ކޮވިޑްގައި އައްޑޫން މި މަހުގެ ފަސްވަނަ މަރު
ހުޅުމާލޭ މޫދުގައި 86 އަހަރުގެ މީހަކު މަރުވެއްޖެ
ގެއެއްގެ ހަ ވަނަ ފްލޯއިން ވެއްޓި މީހަކު މަރުވެއްޖެ
ރާއްޖޭގެ އެންމެ ދުވަސްވީ މީހާ މަރުވެއްޖެ
ޑައިވިނަށް ދިޔަ ޖަރުމަނުގެ އަންހެނަކު މަރުވެއްޖެ