Roadha Mihaaru
ޑައިވިނަށް ދިޔަ ޖަރުމަނުގެ އަންހެނަކު މަރުވެއްޖެ

ޑައިވިނަށް ދިޔަ ޖަރުމަނުގެ އަންހެނަކު މަރުވެއްޖެ

19 ޖެނުއަރީ 2020

އއ. މާޅޮސް ކައިރީ އޮތް ސަފާރީއަކުން ޑައިވިނަށް ދިޔަ މީހަކު މިއަދު މަރުވެއްޖެ އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

އއ. މާޅޮސް ކައިރީ އޮތް ސަފާރީއަކުން ޑައިވިނަށް ދިޔަ މީހަކު މިއަދު މަރުވެއްޖެ އެވެ.

މި ހާދިސާގައި މަރުވެފައި ވަނީ 71 އަހަރުގެ ޖަރުމަނު އަންހެނެކެވެ. މިކަން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު ނުވައެއް ޖަހާ ކަންހާ އިރު ކަމަށް އެތަނުން ބުންޏެވެ.

އެ އަންހެން މީހާ މާޅޮސް ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް ވަނީ މަރުވެފައި ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެެއް ފުލުހުންނެއް ހިއްސާއެއް ނުކުރެ އެވެ.