Roadha Mihaaru
އަނެއްކާވެސް ޓޫރިސްޓަކު މަރުވެއްޖެ

އަނެއްކާވެސް ޓޫރިސްޓަކު މަރުވެއްޖެ

28 މާޗް 2019

ސަފާރީއަކަށް ޗުއްޓީ ހޭދަ ކުރަން އައިސް އުޅުނު އަންހެން ޓޫރިސްޓަކު ހޭނެތިގެން ފަރުވާދެމުން އަންނަނިކޮށް މިއަދު މަރުވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ސަފާރީއަކަށް ޗުއްޓީ ހޭދަ ކުރަން އައިސް އުޅުނު އަންހެން ޓޫރިސްޓަކު ހޭނެތިގެން ފަރުވާދެމުން އަންނަނިކޮށް މިއަދު މަރުވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނިގޮތުގައި މަރުވެފައިވަނީ ޓައިވާނަށް ނިސްބަތްވާ 55 އަހަރުގެ އަންހެން ޓޫރިސްޓެކެވެ.

ވ. އަލިމަތާ ރިސޯޓް ކައިރީ އޮތް ސަފާރީއެއްގައި އެ އަންހެން މީހާ ހޭނެތިފައި އޮތްކަމުގެ މައުލޫމާތު ލިބުމުން ފުލުހުންގެ ލޯންޗެއްގައި މިއަދު 12:30 ކަންހާއިރު އެ އަންހެން މީހާ ފުލިދޫ އަށް ގެންގޮސް ވަނީ ފަރުވާދީފަ އެވެ. ފުލުހުން ބުނިގޮތުގައި އެ އަންހެން މީހާ މަރުވީ އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށެވެ.

އެ އަންހެން މީހާ ހޭނެތެން މެދުވެރިވި ސަބަބެއް އަދި އެ ހާދިސާގެ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެ އެވެ.

ރާއްޖެ އަށް އަންނަ ފަތުރުވެރިން މޫދުގައި ގެނބިގެން މަރުވުމުގެ ހާދިސާތައް ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.