23 ފެބުރުއަރީ 2022
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ލ. ގަމާއި ބ. ކުޑަރިކިލުގައި ހިންގި ޕްރޮޖެކްޓްތައް ނިންމާލައިފި އެވެ.
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ލ. ގަމާއި ބ. ކުޑަރިކިލުގައި ހިންގި ޕްރޮޖެކްޓްތައް ނިންމާލައިފި އެވެ.
މި ފަންޑުގެ ދަށުން ލ. ގަމު ބީޗު ސަރަހައްދުގައި ވަނީ ކޮމިއުނިޓީ ޕާކެއް ހަދައިފަ އެވެ. މި ޕާކުގައި އެސަރަހައްދަށް ދަތުރު ގޮސް އުޅޭ މީހުންނަށް ފަސޭހަވާނެހެން ބެންޗާއި އުނދޯލި ބަހައްޓައި އަދި ބާބަކިއު ހެދޭނެ ގޮތް ވަނީ ހަދައިފަ އެވެ. މި ޕާކުގެ ވަށައިގެން ވަނީ ލަކުޑިން ފެންސް ޖަހައި ކުޑަކުދިން ކުޅޭނެ ތަނެއް ވެސް ހަދައިފަ އެވެ. އަދި އައުޓްޑޯ ޝަވަރެއް ހަރުކޮށް، ޑަސްޓްބިންވެސް ވަނީ ބަހައްޓާފައިވެ އެވެ.
އެ ރަށުގެ މަތިމަރަދޫ އަވަށުގެ ބޮޑުމަގުގައި ކޮމިއުނިޓީ ފަންޑުގެ އެހީގައި ވަނީ ސޯލާ މަގުބައްތި ވެސް ހަރުކޮށްފަ އެވެ.
ކުޑަރިކިލު މަގުތަކުގައި ސޯލާ މަގުބައްތި ހަރުކޮށްފައި-- ފޮޓޯ: ބީއެމްއެލް
ކުޑަރިކިލުގައި ބީއެމްއެލުން ވަނީ މީހުން ދިރިއުޅޭ ސަރަހައްދުގެ މަގު ބައްތިތައް އިޔާދަ ކުރަނިވި ހަކަތައިން ދިއްލޭ ބައްތިތަކަށް ބަދަލުކޮށްފަ އެވެ. މި ޕްރޮޖެކްޓްގެ އަމާޒަކީ ރަށުގެ ރައްޔިތުން އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ހޭލުންތެރި ކުރުމާއި ރަށުގެ މަގުތައް އަނދިރިވުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވަމުންދާ ދަތިތަކަށް ހައްލެއް ހޯދައިދިނުން ކަމަށް ބޭންކުން ބުންޏެވެ. އަދި މި ޕްރޮޖެކްޓްގެ ސަބަބުން ރަށުގެ އާންމު ތަންތަނަށް ކަރަންޓު ދިނުމަށް ކުރާ ހޭދަ ކުޑަވާނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލާފައިވާ ފަންޑެކެވެ. މިހާތަނަށް މި ފަންޑުގެ ދަށުން 60 ޕްރޮޖެކްޓެއް ހިންގަން ފައިސާގެ އެހީ ވަނީ ފޯރުކޮށްދީފަ އެވެ.
ކޮމިއުނިޓީ ފަންޑުން އެހީ ލިބޭ ފަރާތްތައް އިއުލާންކޮށްފި
ކޮމިއުނިޓީ ފަންޑުގެ އެހީ ފެލިދު އާއި ހެނބަދު އަށް
ބީއެމްއެލްގެ އެހީ ތަކަންދު އާއި ފޮނަދު އަށް
3 އާއިލާއަކަށް ގެއަޅައިދެނީ، ފޯމުލާން ހަނދާންކޮށްދީފި
ބީއެމްއެލްގެ އެހީގައި ޅައިމަގުގައި ކޮމިއުނިޓީ ބީޗެއް
ބީއެމްއެލްގެ އެހީ ހަނިމާދޫ ސްކޫލަށް
ބީއެމްއެލްގެ އެހީ ފ. އަތޮޅު ސްކޫލަށް
ބީއެމްއެލްގެ އެހީގައި ފޭދޫގައި "މާމަ، ކާފަ" ޕާކެއް
ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި
ހަތަރުވަނަ ކުއާޓާގައި ބީއެމްއެލްގެ އެހީ ފަސް ރަށަކަށް