20 ފެބުރުއަރީ 2022
ހުޅުމާލޭ ކޯޓު އުވާލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ބުނެ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނެރުނު ނޫސް ބަޔާނަށް ބަދަލު ގެނެސް، މިހާރު ކުރިއަށް ގެންދަނީ އެކަމުގެ މަޝްވަރާތަކެއް ކަމަށް ޖޭއެސްސީން ބުނެފި އެވެ.
ހުޅުމާލޭ ކޯޓު އުވާލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ބުނެ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނެރުނު ނޫސް ބަޔާނަށް ބަދަލު ގެނެސް، މިހާރު ކުރިއަށް ގެންދަނީ އެކަމުގެ މަޝްވަރާތަކެއް ކަމަށް ޖޭއެސްސީން ބުނެފި އެވެ.
ހުޅުމާލޭ ކޯޓަކީ ސައްހަ ކޯޓެއް ކަމަށް ސުޕްރީމް ކޯޓުން 2012 ވަނަ އަހަރު ކުރި ހުކުމް ރިވިއުކުރަން ޖޭއެސްސީން ސުޕްރީމް ކޯޓުގައި އެދުމުން އެ ހުކުމް ރިވިއު ނުކުރަން އެ ކޯޓުން މިމަހު ކުރީކޮޅު އޮތީ ނިންމައިފަ އެވެ. އެހެންވެ، ޖޭއެސްސީން މިއަދު މެންދުރު ނެރުނު ބަޔާނެއްގައި ބުނީ ސުޕްރީމް ކޯޓުން އެގޮތަށް ނިންމިޔަސް، ހުޅުމާލޭ ކޯޓު އުވާލުމުގެ މަސައްކަތް އެ ކޮމިޝަނުން ކުރިއަށް ގެންދާނެ ކަމަށެވެ.
އެ ބަޔާނުގައި އޭރު އޮތީ "މުރާޖާކޮށް ދެވެން ނެތް ކަމަށް އެ ކޯޓުން ނިންމި ނަމަވެސް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވާލުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިދަނީ ކުރަމުން" ކަމަށެވެ.
ނަމަވެސް އެ ބަޔާން ފަހުން ވަނީ ބަދަލުކޮށްފަ އެވެ.
މިހާރު ޖޭއެސްސީގެ ވެބްސައިޓްގައި ފެންނަން އޮތް ބަޔާނުގައި އޮތީ "މުރާޖާކޮށްދެވެން ނެތް ކަމަށް އެ ކޯޓުން ނިންމާފައިވާތީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވާލުމާ މެދު އިތުރަށް ކުރަންޖެހޭ މަޝްވަރާތައް މިދަނީ ކުރަމުން" ކަމަށެވެ.
މި ބަދަލު ގެނެސްފައިވަނީ ސުޕްރީމް ކޯޓުގެ ނިންމާ ގުޅޭ ގޮތުން ޖޭއެސްސީން ނެރުނު ބަޔާނުގައި ކޯޓުގެ ނިންމުމަށް ފާޑުކިޔައި ޖަދަލުކޮށްފައިވާ ކަމަށް ދޭހަވާ ކަމަށް ބުނެ ބައެއް މީހުން އެކަމަށް ފާޑު ވެސް ކިޔާފައި ވަނިކޮށެވެ.
ޖޭއެސްސީގެ މެމްބަރުކަން ކުރައްވާ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މިއަދު ވިދާޅުވެފައިވަނީ ހުޅުމާލޭ ކޯޓު އުވާލަން ގާނޫނު އިސްލާހުކުރާނެ ކަމަށެވެ.
ހުޅުމާލޭ ކޯޓު ސައްހަ ކަމަށް 2012 ވަނަ އަހަރު ސުޕްރީމް ކޯޓުގެ އެންމެ ހަނި އަޣުލަބިއްޔަތުން ހުކުމްކުރީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އެ ކޯޓުގައި ދައުވާކޮށްފައި އޮއްވަ އެވެ.
އޭރު ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި މިހާރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިންގެ އިތުރުން އޭރުގެ ފަނޑިޔާރު އަބްދުﷲ އަރީފް ރައުުޔު ނެރުއްވީ ހުޅުމާލޭ ކޯޓު ސައްހަ ނޫން ކަމަށް ވިދާޅުވެ އެވެ. ދެން ތިއްބެވި ހަތަރު ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ސުޕްރީމް ކޯޓުން ހުކުމްކުރީ ހުޅުމާލޭ ކޯޓު ސައްހަ ކަމަށެވެ.
އެއް ރަށެއް، އެއް އަވަށެއް: އެއް ކަމަކަށް ދެ ކޯޓު؟
ޝުޖޫންގެ ބަދަލުގައި ޖޭއެސްސީއަށް ފަނޑިޔާރު ސުއޫދު
ޖުޑިޝަރީން އާދޭސް ކުރަންޖެހޭ ޖެހުމަށް ނިމުމެއް ނެތް؟
މަހާޒްގެ ސުލޫކީ މައްސަލައެއް ނެތް ކަމަށް ނިންމައިފި
"މަސައްކަތް ކުރަންވީ އާންމު މަސްލަހަތު ހިމާޔަތްކުރަން"
"ޝަރުއީ ދާއިރާއަށް ސަރުކާރުގެ ނުފޫޒެއް ނޯންނާނެ"
ފަރިއްކޮޅަކާ ގުޅުވައި އަނެއްކާވެސް ނުފޫޒުގެ ތުހުމަތު!
ޔާމީން ފަނޑިޔާރަކަށް އިންޒާރު ދިން މައްސަލަ ފުލުހަށް!
ނަޝީދަށް ފެހި "ކޯޓު": އެންމެފަހުން ރަށްމެދު ވީތަ؟
ހުޅުމާލެ ކޯޓު އުވާލާ މައްސަލަ ސުޕްރީމް ކޯޓުން ނުބެލި