19 ފެބުރުއަރީ 2022
ރާްޖޭގައި ކުރިއަށްދާ ތިން ގައުމު ބައިވެރިވާ އިންޓަނޭޝަނަލް ވިމެން ފުޓްބޯލް މެޗުތަކުގެ ސީރީޒްގައި ސީޝެލްސްއާ ދެކޮޅަށް ރާއްޖެ ކުޅުނު ދެވަނަ މެޗުން 4-0 ން ބަލިވެއްޖެ އެވެ.
ރާްޖޭގައި ކުރިއަށްދާ ތިން ގައުމު ބައިވެރިވާ އިންޓަނޭޝަނަލް ވިމެން ފުޓްބޯލް މެޗުތަކުގެ ސީރީޒްގައި ސީޝެލްސްއާ ދެކޮޅަށް ރާއްޖެ ކުޅުނު ދެވަނަ މެޗުން 4-0 ން ބަލިވެއްޖެ އެވެ.
ރާއްޖެ އާއި ސީޝެލްސްގެ އިތުރުން އިންޓަނޭޝަނަލް މެޗް ސީރީޒްގައި ދެން ވާދަކުރާނީ ސައުދީ އަރަބިއާ އެވެ. ފުރަތަމަ ފަހަރަށް އިންޓަނޭޝަނަލް މެޗަކަށް ސައުދީގެ ޓީމު ނުކުންނަ މެޗަކަށް މިފަހަރު ސީރީޒް ވެގެންދާނެ އެވެ. ސައުދީގެ ޓީމު އިއްޔެ ވަނީ މާލެ އައިސްފަ އެވެ.
ސީރީޒްގެ ފުރަތަމަ މެޗުގައި، ރާއްޖެއިން ވަނީ ފުރަތަމަ މެޗުގައި ސީޝެލްސް ބަލިކޮށްފަ އެވެ. އެ މެޗު ރާއްޖެއިން ކާމިޔާބު ކުރީ 1-0 ންނެވެ. ރާއްޖޭގެ ލަނޑު ޖެހީ މަރްޔަމް ނޫރާ އެވެ. ސާބިއާގެ ޑޭވޯ ބާބާ ގައުމީ އަންހެން ޓީމާ ހަވާލުވެ އޭނާ ވަނީ ޓީމުގެ ކުޅުމަށް ބަދަލުތަކެއް ގެންނަން މަސައްކަތްކޮށްފަ އެވެ. ޓީމު ކުރިއަށްޖެހިގެން ކުޅެން މަސައްކަތް ކުރާކަން ކުޅުނު ދެ މެޗުން ވެސް ފާހަގަވި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ސީޝެލްސްގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ނަތާޝާ ބިބީ އެވެ. ފުރަތަމަ ހާފުގައި ސީޝެލްސްގެ ލަނޑު ރީނާ އީޝްތާ ޖެހީ ލިބުނު ހިލޭ ޖެހުމެއްގަ އެވެ. ރާއްޖޭގެ އޭރިއާގެ ބޭރުން ލިބުނު ހިލޭ ޖެހުން އީޝްތާ ފޮނުވާލީ ގޯލްގެ މަތީ ކަނަށް އަމާޒުކޮށެވެ. ރާއްޖޭގެ ކޕަރު އާމިނަތު ލީޒާ (ލިޒީ) އަށް އެބޯޅަ ދީފާއު ކުރުމުގައި ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ.
އެ ޓީމުގެ އަނެއް ތިން ލަނޑު ޖެހީ މެޗުގެ ފަހު ކޮޅުގަ އެވެ. ދެވަނަ ލަނޑު 71 ވަނަ މިނެޓްގައި ޖެހީ ބިބީ އެވެ. އޭގެ ތިން މިނެޓް ފަހުން އެޓީީމުގެ ކެޕްޓަން ޕަސްކަލީނާ މުސްޓާޝް ވަނީ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. ނަތާޝާ ބިބީގެ ދެވަނަ ލަނޑުޖަހައި ހަތަރު ލަނޑުގެ ލީޑެއް ހޯދައިދިނީ 88 ވަނަ މިނެޓްގަ އެވެ.
ޑޭވޯގެ މުސާރައިގެ އިތުރު މައްސަލައެއް ފެންމަތިކޮށްފި
އެފްއޭއެމަށް ފިޔަވަޅު އަޅައިދޭން ފީފާގައި އެދިއްޖެ
އަންހެން ފުޓްބޯޅައަށް އެފްއޭއެމްގެ ސަމާލުކަމެއް ނެތް
ޑޭވޯއަށް ހަލައްކައެއްހާ ރުފިޔާ ދޭން ފީފާއިން އަންގައިފި
ސައުދީ އަންހެން ޓީމުގެ މެޗުގެ ފޮޓޯ/ވީޑިއޯ ނެގުން މަނާ
ގައުމީ އަންހެން ޓީމަށް ސާބިއާގެ ކޯޗެއް ހަމަޖައްސައިފި
ވިމެންސް ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބައިވެރިނުވާނެ
އެފްއޭއެމްގެ ހިޔާނަތް: ބައްސާމަށް އިތުރު ދައުވާތަކެއް
ގޯލްޑް ކަޕްގެ ހިނިތުންވުމާއެކު، ދޫނުދީ ފޯރި ދިރުވަންވީ
ސީޒަން ފަށާއިރެއް ނޭގޭތީ މާޒިޔާ ޕްރެކްޓިސް ހުއްޓާލައިފި