20 ފެބުރުއަރީ 2022
ރާއްޖޭގައި މިހާރު ކުރިއަށްގެންދާ އަންހެނުންގެ ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުތަކުގެ ސީރީޒްގައި މިރޭ ސައުދީ އަރަބިއާ ކުޅޭ މެޗުގެ ފޮޓޯ އާއި ވީޑިއޯ ނެގުން މަނާކޮށްފި އެވެ.
ރާއްޖޭގައި މިހާރު ކުރިއަށްގެންދާ އަންހެނުންގެ ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުތަކުގެ ސީރީޒްގައި މިރޭ ސައުދީ އަރަބިއާ ކުޅޭ މެޗުގެ ފޮޓޯ އާއި ވީޑިއޯ ނެގުން މަނާކޮށްފި އެވެ.
އެފްއޭއެމުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ސިލްސިލާ މެޗުތަކުގައި މިރޭ ސައުދީގެ ޓީމު ނުކުންނާނީ ސީޝެލްސްއާ ދެކޮޅަށެވެ. މިރޭގެ މެޗު ފެށުމަށް ހަމަޖެހިފައި ވަނީ 9 ޖަހާއިރު އެވެ. ސައުދީ އަރަބިއާގެ އަންހެން ފުޓްބޯޅަ ޓީމުން ކުޅޭ ފުރަތަމަ އިންޓަނޭޝަނަލް މެޗަށް މިރޭގެ މެޗު ވާނެ އެވެ.
މިރޭ މެޗާ ގުޅިގެން އެފްއޭއެމް އިން މީޑިއާތަކަށް އަންގާފައި ވަނީ ފޮޓޯ އާއި ވީޑިއޯ ނެގޭނެ އެއްވެސް އިކިޔުޕްމެންޓެއް ދަނޑުގައި ބޭނުން ނުކުރުމަށެވެ.
"މިރޭ ސީޝެލްސް އާއި ސައުދީ އަރަބިޔާ ބައްދަލުކުރާ އެކުވެރިކަމުގެ މެޗުގައި، ސްޓޭޑިއަމްގެ އެތެރޭގައި ފޮޓޯ ނެގުމާއި ކެމެރާ ބޭނުން ކުރުމުގެ ހުއްދައެއް ނެތެވެ." އެފްއޭއެމްގެ މީޑިއާ ގުރޫޕަށް ފޮނުވި މެސެޖުގައިވެ އެވެ.
މި ސީރީޒްގައި މިހާތަަނަށް ކުޅުނު ދެ މެޗަކީ ސީޝެލްސް އާއި ރެއްޖެ ބައްދަލުކުރި ދެ މެޗެވެ. ފުރަތަމަ މެޗް ރާއްޖެއިން ކާމިޔާބު ކުރީ 1-0 އިންނެވެ. ދެވަނަ މެޗު ސީޝެލްސްއިން ކާމިޔާބު ކުރީ 4-0 އިންނެވެ. އެ ދެމެޗު ވެސް ޔެސް ޓީވީން ވަގުތު ދެއްކި އެވެ. ސިލްސިލާގެ ފަހު މެޗުގައި ސައުދީއާ ދެކޮޅަށް ކުޅޭނީ ރާއްޖެ އެވެ.
ސައުދީ އަރަބިއާ އިން ވަނީ 2020 ގައި އެ ގައުމުގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ލީގެއް ތައާރަފް ކޮށްފަ އެވެ.
ޑޭވޯގެ މުސާރައިގެ އިތުރު މައްސަލައެއް ފެންމަތިކޮށްފި
އެފްއޭއެމަށް ފިޔަވަޅު އަޅައިދޭން ފީފާގައި އެދިއްޖެ
އަންހެން ފުޓްބޯޅައަށް އެފްއޭއެމްގެ ސަމާލުކަމެއް ނެތް
ޑޭވޯއަށް ހަލައްކައެއްހާ ރުފިޔާ ދޭން ފީފާއިން އަންގައިފި
ފަހު މެޗްގައި ސައުދީން ރާއްޖެ ވެސް ބަލިކޮށްފި
ސައުދީއަށް ބައިނަލްއަގްވާމީ ފުރަތަމަ މެޗުން ކާމިޔާބު
ދެވަނަ މެޗުގައި ސީޝެލްސް އަތުން ރާއްޖެ ބަލިވެއްޖެ
އަންހެން ގައުމީ ޓީމު އެކުވެރިކަމުގެ މެޗުތަކެއް ކުޅެނީ
ގައުމީ އަންހެން ޓީމަށް ސާބިއާގެ ކޯޗެއް ހަމަޖައްސައިފި
ވިމެންސް ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބައިވެރިނުވާނެ