17 ފެބުރުއަރީ 2022
ގައުމީ އެއާލައިން ހިންގާ އޭވިއޭޝަން އެކަޑެމީގެ ޕައިލެޓް ޓްރެއިނިންގެ ކޯސް ފީގެ އަގު މިއަދު އާއްމުކޮށްފި އެވެ.
ގައުމީ އެއާލައިން ހިންގާ އޭވިއޭޝަން އެކަޑެމީގެ ޕައިލެޓް ޓްރެއިނިންގެ ކޯސް ފީގެ އަގު މިއަދު އާއްމުކޮށްފި އެވެ.
އެ އެކަޑެމީން ކުރި އިއުލާނެއްގައި ބުނީ، އިންޓަގްރޭޓެޑްކޮށް ކިޔަވާ ދަރިވަރުންގެ ކޯސް ފީއަކީ 58،007 ޑޮލަރު (894،468ރ.) ކަމަށެވެ.
މޮޑިއުލާ އިހުތިޔާރުކޮށް، ކިޔަވާ ނަމަ 59،626 ޑޮލަރު (919،433ރ.) ދައްކަން ޖެހެ އެވެ.
މިއީ، އައްޑޫގައި ހިންގަމުން ދިޔަ އޭއޭއޭ ފްލައިން ސްކޫލަށް ވުރެ ބޮޑު އަގެކެވެ. އޭއޭއޭ އިން އެންމެ ފަހުން އާއްމުކުރި މައުލޫމާތުގައި ވަނީ ކޯހަށް ކޮންމެ ދަރިވަރެއްގެ އަތުން 49،103 ޑޮލަރު ނަގާ ކަމަށެވެ.
މޮޑިއުލާކޮށް ކިޔަވާ ނަމަ ތަމްރީނުތައް ބަހާލާފައިވާނީ އެކި ފިޔަވަހިތަކަކަށެވެ. އަދި ތަމްރީނުތައް ކުރިއަށް ގެެންދަން ޖެހޭނީ ޕްރައިވެޓް ލައިސެންސް ނެގުމަށް ފަހު އެވެ.
އިންޓެގްރޭޓެޑް އިން ކިޔަވާ ނަމަ އަވަހަށް ކިޔެވުން ނިމޭނެ އެވެ. އޭވިއޭޝަން އެކަޑެމީން ބުނީ 18-24 މަސް ދުވަހުގެ ތެރޭގައި އިންޓަގްރޭޓެޑް ޕްރޮގްރާމް ނިމޭނެ ކަމަށެވެ.
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ވެސް ބައިވެރިވެގެން ހިންގާ އޭވިއޭޝަން ސްކޫލްގެ ކިޔެވުން މިދިޔަ މަހުގެ 10 ވަނަ ދުވަހު ވަނީ 35 ދަރިވަރުންނާ އެކު ފަށައިފަ އެވެ.
ރިފްރެޝާ ޕްރޮގްރާމްގައި ހިމެނެނީ 150 ގަޑިއިރުގެ ތިއަރީ ބަޔަކާއި 10 ގަޑިއިރުގެ ފްލައިން އެވެ. ދަރިވަރުންގެ ފެންވަރު ވަޒަން ކުރުމަށް ފަހު ފްލައިންތައް ގެންދާނެ އެވެ.
ސަަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ އޭވިއޭޝަން އެކަޑެމީއަކަށް ވިޔަސް އެތަން މެނޭޖު ކުރާނީ ޗެކް ރިޕަބްލިކްގެ ފްލައިން އެކަޑަމީންނެވެ.
"ފަސިންޖަރުންނަށް ނުރައްކާވާ ނަމަ ފިޔަވަޅު އަޅާނަން"
އޭއޭއޭގެ ދަރިވަރުންގެ ކިޔެވުން ނިންމަން ސަރުކާރު ލޯނެއް
ފްލައިން ސްކޫލުގެ ކިޔެވުން މި މަހުގެ ފަހުކޮޅު ފެށޭނެ
ފްލައިން ސްކޫލު ހިންގަން ގަން އެއާޕޯޓާއެކު ސޮއިކޮށްފި
ޕައިލެޓުންގެ މުސާރަ އިއާދަކުރިކަން އަންގައިފި
ޕައިލެޓުންގެ މުސާރަ ބޮޑު ކޮށްދޭން އެއްބަސްވެއްޖެ
މޯލްޑިވިއަންގެ ދަތުރުތައް އިރުކޮޅަކަށް ހުއްޓިދާނެ!
ފްލައިން ސްކޫލެއް ހިންގަން މޯލްޑިވިއަން ތަައްޔާރު
ޒައްފާން: ރާއްޖޭގެ އެންމެ ޒުވާން ކެޕްޓަން
އައިލެންޑް އޭވިއޭޝަންގެ ލޯނުތަކާ ގުޅޭ ކޮމެޓީ ސިއްރު