17 ފެބުރުއަރީ 2022
ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްތައް ލިބުނު ބައެއް މީހުން އެތަނުގެ ފިނިޝިން އެއްކޮށް ނިންމައި ދުވަހު ކުއްޔަށް ދޫކުރަން ފަށައިފި އެވެ.
ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްތައް ލިބުނު ބައެއް މީހުން އެތަނުގެ ފިނިޝިން އެއްކޮށް ނިންމައި ދުވަހު ކުއްޔަށް ދޫކުރަން ފަށައިފި އެވެ.
ސޯޝަަލް ހައުސިން ސްކީމުގެ ދަށުން އިމާރާތްކުރި ހިޔާ ފްލެޓްތައް ލިބުނު މީހުން އެތަން އެންމެ ފުރަތަމަ ދޫކުރީ އެ މީހުންނަށް ސަރުކާރުން ފްލެޓް ދިން އަގަށް ވުރެ ބޮޑު އަގުގައި މަހު ކުއްޔަށެވެ. އެކަމަކު މިހާރު ދުވަހު ކުއްޔަށް ވެސް މި ތަންތަން ދޫކުރަން ފަށައިފި އެވެ.
"އައިބޭ"ގައި ޖަހާފައިވާ ޕޯސްޓެއްގައިވާ ގޮތުން ހިޔާގެ ފިނިޝިން ނިންމާފައިވާ ފްލެޓެއް ދުވަހު ކުއްޔަށް ދޫކުރަމުން އެބަދެ އެެވެ. ވަކިވަކިން ދެ ކޮޓަރި ވެސް ކުއްޔަށް ދޫކުރަމުން އަންނައިރު އެތަނަކީ "ފުލީ ފާނިޝްޑް" ތަނެއް ކަމަށް ޕޯސްޓުގައިވެ އެވެ.
އެތަނުގެ އޭސީ ކޮޓަރިއެއް ދޫކުރަނީ ދުވާލަކު، 650ރ. އަށެވެ. އަދި އޭސީ ނުކޮށް ހުރި ކޮޓަރި ދޫކުރަނީ 450ރ. އަށެވެ.
އެ ޕޯސްޓުގައި ޖަހާފައިވާ ނަމްބަރަށް ގުޅާލުމުން ބުނީ، މި ވަގުތު ދެ ކޮޓަރި ވެސް ފުލް ކަމަށާއި އެތަން ހުސްވާނެ ވަކި އިރެއް ނޭނގޭ ކަމަށެވެ.
ހިޔާ ފްލެޓް ދުވަހު ކުއްޔަށް ދޫކުރަން ޖަހާފައި--
ހިޔާ ފްލެޓަށް، 25 އަހަރަށް ބަހާލައިގެން މަހަކު 7،500ރ. އަދި ސާވިސް ފީގެ ގޮތުގައި 1،000ރ. ދެއްކުމަށް ސަރުކާރުން ކަނޑައަޅާފައިވާއިރު އެ ކުލި ބޮޑުވެގެން ޝަކުވާކުރުމަށް ފަހު ދެ ކޮޓަރީގެ އެ ތަންތަން ކުއްޔަށް ދޫކުރަން ފާޅުގައި އިސްތިހާރުކޮށްފައި ހުރީ އެންމެ ކުޑަކޮށް ވެސް 10،000ރ. އަށެވެ.
ދިރިއުޅެން ހޯދާ ތަނެއްގައި ދިރިނޫޅެ ކުއްޔަށް ދިނުމަކީ މަނާ ކަމެއް ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ތަކުރާރުކޮށް ވަނީ ވިދާޅުވެފަ އެވެ. ފްލެޓް ކުއްޔަށް ދޭކަން ސާބިތުވެއްޖެ ނަމަ ފްލެޓް އަތުލެވޭނެ ކަން އެއްބަސްވުންތަކުގައި އޮތަސް މިހާތަނަށް ވެސް އެ ކަންކަމަކީ ތަންފީޒު ކުރެވޭ ކަމެއް ނޫން ކަމަށް އަސްލަމް ކުރިން ވިދާޅުވެފައިވެ އެވެ.
ސަރުކާރުން އެހެން ބުންޏަސް، ހިޔާ ފްލެޓްތައް ހިފި މީހުންނާ އެކު ކޮށްފައިވާ އެގްރިމެންޓްގައި ކުއްޔަށް ދިނުން ސީދާ މަނާކޮށްފައެއް ވެސް ނުވެ އެވެ. އެ އެގްރިމެންޓްގައި ބުނެފައި ވަނީ، "މި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ފްލެޓްގެ އަގު ދައްކައި ނިމުމުގެ ކުރިން، ފްލެޓް އެއްވެސް ފަރާތަކަށް ކުއްޔަށް ދިނުން ނުވަތަ ފްލެޓް އެއްވެސް ފަރާތަކަށް ވިއްކުން ނުވަތަ މިފަދަ ކަމެއް ކުރުމަށް ޓަކައި އެހެން ފަރާތަކާ އެކު އެއްބަސްވުމެއް ހަދަން ވާނީ ކަމާ ބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ ގާނޫނެއް ނުވަތަ ގަވައިދެއްގެ އިމުގެ ތެރެއިން" ކަމަށެވެ.
ހިޔާ ފްލެޓް ކުއްޔަށްދޭ މައްސަލަ ފެންމަތިވެ އެ ތަންތަނާ މެދު ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ. އެކަމަކު ފްލެޓް ލިބުނު މީހުންގެ ކަންބޮޑުވުމަކީ އެ ފްލެޓްތަކަކީ މަސައްކަތް ނުނިންމައި ދީފައިވާ ތަންތަން ކަމަށް ވާތީ އެކަމަށް ވަރަށް ބޮޑު ހޭދައެއް ހިނގުމެވެ. އެހެންވެ، ފްލެޓް ކުއްޔަށް ދިނުމުގައި މައްސަލައެއް ނެތް ކަމަށް އެ މީހުން ދެކެ އެވެ.
300 ފްލެޓުން ސްޓެލްކޯގެ މުވައްޒަފުންނަށް އުފަލެއް
ފްލެޓްތަކުގެ ފިނިޝިންއަށް 9 މަސް ނުދޭތީ ކަންބޮޑުވެއްޖެ
ހިޔާ ފްލެޓްތަކުގެ ގުރުއަތުލުން ކުރިއަށް
ފަންނީ މީހުން އާ ފްލެޓަށް ހުށަހެޅުމުގެ ފުރުސަތު ދީފި
ހިޔާ ފްލެޓްތަކުގެ ހަތަރު ލިސްޓަށް 3،000 ޝަކުވާ!
ނާޅާކަމަށް އަސްލަމް ވިދާޅުވި ފްލެޓުގެ މަސައްކަތް އެބަދޭ
އިއުލާންކުރި އެއް ކޮޓަރީގެ ފްލެޓްތަކެއް ނާޅާ: އަސްލަމް
ހިޔާ ފްލެޓުތައް ނިމެން އަށް މަސް ނަގާނެ: އަސްލަމް
މިހުރީ ޓަވަރެއްގައި: ރީތި މަންޒަރެއް އެކަމަކު ހާސްކަން
ހަރަދުތަކާ އެކު ފްލެޓު 5،600ރ.އަށް ދެވޭނެ