ގަދަ ރިހުމަކާ އެކު ކުއްލިއަކަށް ބޯއަނބުރައިގަނެގެން ފަޒީލާ މަނިކެ އެނދުމައްޗަށް ވެއްޓުނު ތަން ފެނުނީ އޭނާގެ ދޮށީ ދަރިފުޅަށެވެ. ހަދާނެ ގޮތް ހުސްވެފައި ހުރެ ރޮމުންރޮމުން ބައްޕަ، އަލީ ހުސެއިން އަށް ގުޅިއިރު އޭނާ ހުރީ ގެއެއްގެ ފުރާޅެއް ރަނގަޅުކުރަން މައްޗަށް އަރަ އެވެ. އަވަސް އަރުވާލައިގެން ގެއަށް ދިޔައިރު މޫނަށް ފެން ޖަހައި ފަޒީލާ ހޭ އެރުވުމަށް ދަރިންނާއި ރައްޓެއްސަކު މަސައްކަތްކުރަނީ އެވެ. އެކަމަކު އޭރު ވެސް ކުރިއަށް އޮތީ ކިހާ ބަނަ ދުވަސްތަކެއް ކަމެއް މި ކުޑަކުޑަ އާއިލާއަކަށް ނޭނގެ އެވެ.
17 ފެބުރުއަރީ 2022
ގަދަ ރިހުމަކާ އެކު ކުއްލިއަކަށް ބޯއަނބުރައިގަނެގެން ފަޒީލާ މަނިކެ އެނދުމައްޗަށް ވެއްޓުނު ތަން ފެނުނީ އޭނާގެ ދޮށީ ދަރިފުޅަށެވެ. ހަދާނެ ގޮތް ހުސްވެފައި ހުރެ ރޮމުންރޮމުން ބައްޕަ، އަލީ ހުސެއިން އަށް ގުޅިއިރު އޭނާ ހުރީ ގެއެއްގެ ފުރާޅެއް ރަނގަޅުކުރަން މައްޗަށް އަރަ އެވެ. އަވަސް އަރުވާލައިގެން ގެއަށް ދިޔައިރު މޫނަށް ފެން ޖަހައި ފަޒީލާ ހޭ އެރުވުމަށް ދަރިންނާއި ރައްޓެއްސަކު މަސައްކަތްކުރަނީ އެވެ. އެކަމަކު އޭރު ވެސް ކުރިއަށް އޮތީ ކިހާ ބަނަ ދުވަސްތަކެއް ކަމެއް މި ކުޑަކުޑަ އާއިލާއަކަށް ނޭނގެ އެވެ.
މީގެ 13 އަހަރުން ކުރިއްސުރެ ފަޒީލާ އާއި އަލީ ކައިވެނިކޮށްގެން ހދ. ހަނިމާދޫގައި އުޅެމުން އައިއިރު ވެސް ފަޒީލާއަކީ ދޭތެރެއަކުން ބޮލުގައި ރިއްސާތީ އުޅޭ މީހެކެވެ. އެ ތަދަށް ކެތްނުވެގެން އެތައް ފަހަރަކު ރަށުގައި ހުންނަ ސިއްހީ މަރުކަޒަށް ވެސް ދެއްކި އެވެ. ކޮންމެ ފަހަރަކު ވެސް މައިގްރޭން ކަމަށް ބުނެ ގެއަށް ދޫކޮށްލީ ޓެސްޓެއް ހެދުމެއް ނެތި އެވެ.
"ތަދުވެގެން ކެތް ނުވީމަ ދަނީ ސިއްހީ މަރުކަަޒަށް. އެކަމަކު މައިގްރޭނޭ ކިޔާފައި ސިޓްރިޒަން ކަހަލަ އެއްޗެއް ދީފައި ފޮނުވާލަނީ. ބައެއް ފަހަރު ބޭހާ އެކީ ނިދާ ބޭސް ކަހަލަ އެއްޗެއް ދިނީމަ، އެ ކާ ގޮތަށް މީހާ ދެމޭ،" އޭނާ ބުންޏެވެ.
އަލީ ބުނި ގޮތުގައި ފަޒީލާގެ ބޮލުގައި "މެދުކެނޑުމެއް ނެތި" ރިހެން ފެށީ މީގެ ދެ އަހަރު ކުރިންނެވެ. އެކަމަކު އެތައް ފަހަރަކު ޑޮކްޓަރަށް ދެއްކިޔަސް ވެގެން އުޅުނު ގޮތެއް ނޭނގި ހުއްޓާ މި މަހުގެ ކުރީކޮޅު ފަޒީލާ ހޭނެތުމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ދެއްކި އެވެ. އެ ދުވަހު އިމަަޖެންސީގައި ފަޒީލާ ޑޮކްޓަރަށް ދެއްކުމުން އެންމެ ފުރަތަމަ ވެސް އެތަނުން އެހީ އެމްއާރުއައިއެއް ހެދިތޯ އެވެ. އެކަމަކު އެކަމެއް ހިނގުމުގެ ކުރިން ޑޮކްޓަރަށް ދައްކައި އެމްއާރުއައިއެއް ހެދުމަށް ލަފާދިން ނަމަވެސް އެ މީހުންގެ ނަމްބަރު ނުޖެހޭތީ އެމްއާރުއައި ހެދޭ ގޮތެއް ނުވި އެވެ.
"މިކަމެއް ވުމުގެ ހަފުތާއެއް ކުރިން ދެއްކީމަ އޮތީ އެމްއާރުއައިއެއް ހަދަން ދީފައި. އެކަމަކު 64 އެއް އަޅުގަނޑުމެންނަށް ލިބިފައި އިނީ. ނަމްބަރު ނުޖެހިގެން އެ ނުހެދުނީ،" ހާލު ދެރަވުމުން އެ ރެއިން އެ ރެއަށް އެމްއާރުއައި ހަދައިދިންކަން ފާހަގަކޮށް އޭނާ ބުންޏެވެ.
އެމްއާރުއައި އަށް ފަހު ޑޮކްޓަރުން އުޅުނު ގޮތުން ކަމެއް ގޯސްވެއްޖެކަން އޭނާ އަށް ރޭކާލި އެވެ. ބޮލުގައި "ބޮޑު" ޓިއުމަރެއް އިން ކަމަށާއި އަވަހަށް ފުރައިގެން މާލެދާން ބުނުމުން އޭނާ ހުރީ ހަދާނެ ގޮތެއް ނޭނގިފަ އެވެ. ކުއްލިއަކަށް މުޅި ދިރިއުޅުން އެފުށް މި ފުށަށް ޖެހީ މިކަހަލަ ބޮޑުކަމެއް ލައްވާލަފާނެ ކަމަށް ހިތަށް ވެސް ނާރާ ހުއްޓަ އެވެ.
"ދެކޮޅަށް ދެކޮޅަށް ދުވަން ފެށީ ޑޮކްޓަރުން. ކިހިނެއްވީއޭ އެހީމަ ބުނީ އަދި މަޑުކޮށްލާށޭ،" މަސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ އަލީ ބުންޏެވެ.
"އިމަޖަންސީގައި މާލެ ގެންދާށޭ ޖެހޭނީ ބުނީ. އެ މީހުން މާލެއިން ޑޮކްޓަރުންނާ ވާހަކަ ދެއްކީމަ ބުންޏޭ ވީއެންމެ އަވަހަކަށް މާލެއަށް ފޮނުވާށޭ. ވަރަށް ބޮޑު ޓިއުމަރެކޭ އިނީ. އެކޮޅުން [ހޮސްޕިޓަލުން] ވަރަށް އަވަހަށް އާސަންދަ ހަމަޖައްސައިފަ އެރޭ ފޮނުވީ މާލެއަށް."
އައިޖީއެމްއެޗަށް އެންމެ ފުރަތަމަ ފަޒީލާ ގެންދިޔަ ނަމަވެސް އެތަނުގައި ބޮލުގެ ސާޖަރީ ކުރެވެން ނެތުމުން ދެން ފޮނުވީ އޭޑީކޭ ހޮސްޕިޓަލަށެވެ. ކޮވިޑް ޖެހިފައި އޮތަސް މިހާރު ވެސް އޭނާ އަށް ފަރުވާދެމުން އަންނަނީ އެ ހޮސްޕިޓަލުގަ އެވެ.
ފަޒީލާ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯދަނީ-
އޭޑީކޭ އަށް ބަދަލުކުރި ގޮތަށް އޭނާގެ އޮޕަރޭޝަން ނުކުރީ ކޮވިޑް ޖެހިފައި އޮތުމުން ހަށިގަނޑު ބަލިކަށިވާނެތީ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޭނާ ބުންޏެވެ. އެހެންވެ، ދެ ދުވަހެއް ވަރު ހާލު ރަނގަޅުވޭތޯ ބަލަން ބޭއްވީ އެވެ. އެކަމަކު ކުއްލިއަކަށް އަނެއްކާ ވެސް ފަޒީލާގެ ހާލު ގޯސްވެ ޑޮކްޓަރުންނަށް މަޖުބޫރުވީ ވީއެންމެ އަވަހަކަށް އޮޕަރޭޝަން ކުރާށެވެ.
"މިތަނަށް [އޭޑީކޭ] އަށް ގެނައި ފަހުން ހާލު ވަރަށް ދަށްވި. ބޮލުގައި ރިއްސައިފައި ހަމަ ހޮޑުލަނީ. އިންޖެކްޝަން ޖަހައިގެން ވެސް ނުގުނޑި. ފެން ބޯލިޔަސް ހޮޑުލެވެނީ. އަނެއްކާ އެރޭ އާދަޔާ ހިލާފަށް ބާރަށް ގުގުރި ދަމަނީ. އެ ދުވަހު ގުގުރު ދެމިގޮތަށް ދުވަހަކު ވެސް އޭނާ ގުގުރިއެއް ނުދަމާ، އަޅުގަނޑު ނަރުހުން ގެނައިމަ އެ ކުދިން ޑޮކްޓަރުން ގެނެސް ބެލިއިރު އެ ދޭތެރެއިން ފިޓު ޖެހިއްޖެ. ކަޅި އިނީ ފާޑަކަށް ހުއްޓިފައި. ނޭވާ ނުލެވިގެން ވަގުތުން އޮކްސިޖަން ގުޅި،" އަލީ ބުންޏެވެ.
އޭނާ ބުނީ އަނެއް ދުވަހު ހެނދުނު އޭނާ އޮޕަރޭޝަނަށް ވެއްދީ އިތުރަށް މަޑުކުރެވެން ނެތް ކަމަށް ބުނެ އެވެ.
ޑޮކްޓަރުންނާ ހަވާލާދީ ފަޒީލާގެ ފިރިމީހާ ބުނީ ބޮލުގައި އިން ޓިއުމަރަކީ "ޓެނިސް ބޯޅައަކަށް ވުރެ ބޮޑު" ޓިއުމަރެއް ކަމަށެވެ. އޭނާގެ ބޮލުގައި މި ޓިއުމަރު އިންނަތާ މިހާރު 10 އަހަރަށް ވުރެ ގިނަ ދުވަސްވެދާނެ ކަމަށް ޑޮކްޓަރުން ލަފާކުރެ އެވެ.
އޭނާގެ ބޮލުގައި އޭރު އެ ރިއްސި ރިއްސުމަކީ ވެސް މި ޓިއުމަރު އަހަރެއް އަހަރަކަށް ބޮޑުވަމުން ގޮސް އެރި ވޭނެ އެވެ. އެކަމަކު ތަދުކަނޑުވަން ބޭސް ދިނުން ފިޔަވައި އިތުރު ޓެސްޓެއް ހަދާފައި ނުވާތީ މިހާ ދުވަސްވީއިރު ވެސް ނޭނގުނީ އެވެ.
"އެހާ ވަރަށް ޑޮކްޓަރަށް ދެއްކިއިރު ވެސް ސީޓީ ސްކޭނެއް ހަދާލަން ވެސް ޑޮކްޓަރުން ނުދޭ. އެ މީހުން ބުނީ ހަމަ މައިގްރޭނޭ. ބޭސް ދީގެން ތަދު ކެނޑުވީ. އެކަމަކު ފަހުން ބޭހަށް ވެސް ނުގުޑީ."
ހަނިމާދޫގައި ވަރަށް އެކަނިވެރި ދިރިއުޅުމެއް އުޅުމަށް ފަހު މި ކުޑަކުޑަ އާއިލާ ކުޅުދުފުއްޓަށް ބަދަލުވީ މީގެ ދެ މަހެއްހާ ކުރިންނެވެ. މަހު ކުއްޔަށް ކޮޓަރިއެއް ހިފައިގެން އެތަނުގައި އުޅެން ފެށީ، އެ މީހުންގެ ކައިވެންޏަށް ލިބުނު ދެ ކުދިންނަކީ ވެސް ލޭ އަޅާކުދިންނަށް ވެފައި ރަށުގައި އެ ކުދިންނަށް މާރަނގަޅު ގޮތެއް ނެތުމުންނެވެ.
"އަށް އަހަރުގެ ކުއްޖަކާއި 11 އަހަރުގެ ފިރިހެން ކުއްޖެއް ހުންނާނީ. މި ކުދިންނަށް ލޭ އަޅަން ދިއުމުން ސިއްހީ މަރުކަޒުން އެހާ ރަނގަޅަކަށް ނޫން ހިތަނީ. އެހެންވެ ބަދަލުވީ އެހެން ތަނަކަށް،" ރަށް ދޫކުރި ސަބަބު އޮޅުންފިލުވައިދީ އޭނާ ބުންޏެވެ.
ކުޅުދުއްފުށިން ސިއްހީ ރަނގަޅު ހިދުމަތްތަކެއް ލިބުމާއި ރަނގަޅު ތައުލީމެއް ލިބޭނެތީ އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށް ދެކިގެން ރަށަށް ބަދަލުވިޔަސް އެއީ ވަރަށް ހާލުގައި އުޅެމުން އަންނަ އާއިލާ އެކެވެ. އަލީ އަށް ލިބޭ މަދު މުސާރައިން އެ އާއިލާގެ ހަރަދުތައް ބެލެހެއްޓީ އިތުރު ބައެއްގެ އެހީއެއް ނެތި އެވެ.
ފަޒީލާ އަށް އަދިވެސް ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނައިރު އެތަނުން ދޫކޮށްލާއިރު ހަމައެކަނި ބެޑު ޗާޖަށް ވެސް 150،000ރ. އަރާނެ ކަމަށް ލަފާކުރެވެ އެވެ. ދެ ކުދިން ވެސް ގޮވައިގެން އެ މީހުން މާލެ އަށް އައިސް ތިބިއިރު ކުދިން ތިބީ އަންހެނުންގެ އާއިލާގެ ބައެއްގެ ގާތުގަ އެވެ. އަދި ވަންނާނެ ތަނެއް ނެތިގެން އަލީ އުޅެމުން އަންނަނީ ހޮސްޕިޓަލުގެ ތެރޭގަ އެވެ. ކާނެ ފައިސާއެއް ވެސް އަތުގައި ނެތެވެ.
އޭނާ ބުނި ގޮތުގައި، އެންސްޕާ އަށް ވެސް މިހާރު ވާނީ އެހީ އަށް އެދި ފޯމު ލައިފަ އެވެ.
"މިއީ އަދި ފުރަތަމަ ފަހަރު އަޅުގަނޑުމެން ހަތަރު މީހުން ވަކިން އުޅެން ޖެހުނު. އަބަދުވެސް އެކީގައި އުޅެމުން އައީ. ވަރަށް ދެރަވޭ،" އޭނާ ބުންޏެވެ.
ފަޒީލާ އަށް އެހީވުމަށް: 7765695
ދެ ހޮސްޕިޓަލަށް އެންސްޕާއިން މިދިޔަ މަހު 7 މިލިއަން
އޭޑީކޭގައި އިންޓާން ހަދަން 14،500ރ. ދައްކަންޖެހޭ
އޭޑީކޭގެ ކުލީގެ ދިފާއުގައި ނާޝިދު ވާހަކަ ދައްކަވައިފި
އޭޑީކޭ ހުއްޓުމަކަށް އައުމުގެ ބިރު އެބައޮތް: ނާޝިދު
ސިކުނޑި އާއި މައިބަދައިގެ އާ ދެ ސާޖަރީ ހަދައިފި
ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް ސެޕްޓެމްބަރުގައި ބާއްވަނީ
އޭޑީކޭއިން މުވައްޒަފުންގެ އަގުވަޒަންކޮށްފި
ސަލާމަތްވީ އޭޑީކޭގައި ފަރުވާ ލިބޭނެގޮތް ވުމުން: ނަޝީދު
"މިއީ ސިއްހީ ދާއިރާއަށް އިންވެސްޓްކުރަންވީ ވަގުތު"
ފަންކްޝަނަލް ނިއުރޯ ސާޖަރީ ތައާރަފްކުރަން ވޯކްޝޮޕެއް