15 ފެބުރުއަރީ 2022
އިންޑިއާގެ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ، ޗައިނާގެ 54 މޯބައިލް އެޕްލިކޭޝަނެއް އިންޑިއާގައި ބޭނުންކުރުން މަނާކޮށްފި އެވެ.
އިންޑިއާގެ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ، ޗައިނާގެ 54 މޯބައިލް އެޕްލިކޭޝަނެއް އިންޑިއާގައި ބޭނުންކުރުން މަނާކޮށްފި އެވެ.
ބިމުގެ މިލްކުވެރިކަމާ މެދު އަރާރުން އުފެދިފައިވާ އިންޑިއާ އާއި ޗައިނާއާ ދެމެދު މިހާރު ވެސް ބަހުގެ ހަމަލާތައް ބަދަލުކުރަމުންދާ ދަނޑިވަޅެއްގައި، ޗައިނާގެ މޯބައިލް އެޕްލިކޭޝަންތަކެއް އިންޑިއާ އިން މަނާކުރުމުން ދެ ގައުމުގެ ގުޅުން އިތުރަށް ގޯސްވެދާނެ ކަމަށް މީޑިއާތަކުން ލަފާކުރެ އެވެ.
އިންޑިއާގެ އިކޮނޮކިމް ޓައިމްސް ނޫހުން ބުނި ގޮތުގައި އެ ގައުމުގެ މިނިސްޓްރީ އޮފް އިލެކްޓްރޯނިކްސް އެންޑް އައިޓީގެ ފަރާތުން މަނާކުރި އެޕްލިކޭޝަންތަކުގެ ތެރޭގައި، ޗައިނާގައި މޯބައިލް އެޕްލިކޭޝަންތައް އުފައްދާ އެންމެ ބޮޑެތި ކުންފުނިތަކުގެ އެޕްލިކޭޝަންތައް ހިމެނެ އެވެ. އޭގެ ތެރޭގައި ޓެންސެންޓް، އަލީބާބާ އަދި ނެޓްއީޒްގެ އެޕްލިކޭޝަންތައް ހިމެނެ އވެ.
އިންޑިއާ އިން މިފަހަރު މަނާކުރި އެޕްލިކޭޝަންތަކަކީ، އެ ގައުމުން 2020 ވަނަ އަހަރު މަނާކުރި އެޕްލިކޭޝަންތައް ރީބްރޭންޑްކޮށް ނަން ބަދަލުކޮށްގެން ފަހުން އުފައްދައިގެން ބޭނުންކުރަމުން އަންނަ އެޕްލިކޭޝަންތަކެކެވެ.
ޗައިނާގެ މޯބައިލް އެޕްލިކޭޝަންތަކެއް އިންޑިއާގައި މަނާކުރި ވާހަކަ ނޫސްތަކުން ފަތުރަމުން ދިޔަ ނަމަވެސް، އިންޑިއާ ސަރުކާރުން އެކަމާ ގުޅޭ ގޮތުން ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ. އެކަމާ ގުޅޭ ގޮތުން ބައެއް ނޫސްތަކުން އިންޑިއާގެ ހޯމް އެފެއާޒް މިނިސްޓްރީއަށް ގުޅުމުން ވެސް ޖަވާބެއް ނުދޭ ކަމަށްވެ އެވެ.
ނިއުކްލިއާ ހަތިޔާރުގެ ގާބިލުކަން ލިބިފައިވާ އިންޑިއާ އާއި ޗައިނާއާ ދެމެދު ސަރަހައްދީ ރޮނގުގެ މައްސަލައިގައި އުފެދިފައިވާ އަރާރުން ހުއްޓުވުމަށް މިހާތަނަށް ކުރި މަސައްކަތުން އެއްވެސް ނަތީޖާއެއް ނުނެރެވެ އެވެ. އެންމެ ފަހުން 2020 ވަނަ އަހަރު ދެ ގައުމުގެ ސިފައިންގެ މެދުގައި ސަރަހައްދީ ރޮނގު ހުރަސްކޮށް ބަދަލުކުރި ހަމަލާތަކުގައި ދެ ގައުމުން ވެސް ސިފައިންތަކެއް މަރުވި އެވެ.
އޭގެ އިތުރުން ޗައިނާގެ ވިޔަފާރިވެރިން އިންޑިއާގައި އިންވެސްޓް ކުރުމުގައި ވެސް އިންޑިއާ އިން ވަނީ ވަރަށް ހަރުކަށި ގާނޫނީ ހުރަސްތަކެއް ކުރިމަތިކޮށްފަ އެވެ.
އިންޑިއާ އާއި ޗައިނާއާ ދެމެދު އަރާރުން އުފެދިފައިވާ ސަރަހައްދުގެ ދިގުމިން 3،488 ކިލޯމީޓަރަށް ވުރެ ބޮޑެވެ. ހިމާލިޔާ ސަރަހައްދުގައި އޮންނަ އެ ބިމުގެ މައްސަލައިގައި ދެ ފަރާތުގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލުކުރަމުންދާ އިރު، ދެ ގައުމުގެ ވެސް ގިނަ އަދަދެއްގެ ސިފައިންނާއި ބަރު ހަތިޔާރު ވަނީ އެ ސަރަހައްދަށް ޖަމާކޮށްފަ އެވެ.
އިންޑިއާގައި ޕަބްޖީ މަނާކޮށްފި
ޓިކްޓޮކް އިންޑިއާއާ އެކު މަޝްވަރާގައި
ޗައިނާއާ ދެކޮޅު އިންޑިއާގެ އެޕެއް ގޫގުލް އިން ބޭރުކޮށްލައިފި
ދަނޑުވެރިކަމުގެ މަޝްރޫއު ފުށިދިއްގަރުފަޅަށް ބަދަލުކޮށްފި
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި
"އިންޑިއާ-ޗައިނާ މަޝްވަރާކޮށް ގުޅުން ބަދަހިކުރަންޖެހޭ"
އިމުގެ މައްސަލާގައި އިންޑިއާ-ޗައިނާ އެއްބަސްވުމަކަށް
"ގައުމުތަކުން އެހީވަނީ ރިފޯމް އެޖެންޑާ ހަރުދަނާ ވީމާ"
އިންޑިއާ/ޗައިނާގެ މުދަލަށް ރުފިޔާ ދެއްކޭ ގޮތް ހަދަނީ
ލަންކާގައި ޗައިނާއަށް ދިން ޕްރޮޖެކްޓެއް އަތުލައިފި