05 ޖޫން 2020
ގޫގުލް ޕްލޭ ސްޓޯރުގައި ހުންނަ ޗައިނާގެ އެޕްތައް ބޭރުކުރަން އިންޑިއާ އިން އެ ޕްލެޓްފޯމަށް ލާފައިވާ އެޕެއް ގޫގުލް އިން ބޭރުކޮށްލައިފި އެވެ.
ގޫގުލް ޕްލޭ ސްޓޯރުގައި ހުންނަ ޗައިނާގެ އެޕްތައް ބޭރުކުރަން އިންޑިއާ އިން އެ ޕްލެޓްފޯމަށް ލާފައިވާ އެޕެއް ގޫގުލް އިން ބޭރުކޮށްލައިފި އެވެ.
"ރިމޫވް ޗައިނާ އެޕްސް" ގެ ނަން ދީފައިވާ މި އެޕް ގޫގުލް ސްޓޯރުން ބޭރުކޮށްލި އިރު، މެއި މަހާ ހަމައަށް އެ އެޕް ފަސް މިލިއަން މީހުން ޑައުންލޯޑްކޮށްފައިވެ އެވެ. ގޫގުލް އިން ބުނި ގޮތުގައި ޗައިނާއާ ދެކޮޅު އިންޑިއާގެ އެޕް ބޭރުކޮށްލަން ޖެހުނީ އެ ކުންފުނީގެ އުސޫލުތަކަށް އެޕް ނުފެތޭތީ އެވެ.
ޗައިނާގެ އުފެއްދުންތައް އިންޑިއާގައި ބޮއިކޮޓްކުރަން ގޮވާލައި ކެމްޕޭނެއް ވެސް ފަށާފައި ވަނިކޮށް ހިނގި މި ކަންތަކާ ބެހޭ ގޮތުން، އެ އެޕް ފަރުމާކުރި ކުންފުނި ވަން ޓަޗް އެޕް ލެބްސް އިން ބުނީ "ރިމޫވް ޗައިނާ އެޕްސް" އަކީ ޗައިނާއާ ދެކޮޅަށް ހެދި އެޕެއް ނޫން ކަމަށާއި ޗައިނާގެ އެޕްތައް އިންސްޓޯލްނުކުރަން އެ އެޕް ހިތްވަރު ވެސް ނުދޭ ކަމަށެވެ. އަދި އެއީ ތައުލީމީ ކަންކަމަށް ހާއްސަކޮށްގެން ނެރުނު އެއްޗެއް ކަމަށް ބުންޏެވެ.
#RemoveChinaApps popular in India due to concerns over censorship, data security and the potential for computational propaganda and dissemination of a pro-Beijing agenda, @Hannah_LSBailey tells @SVR13 @FT https://t.co/zQ0GyxvCan
— Oxford Internet Institute (@oiioxford) June 3, 2020
"ރިމޫވް ޗައިނާ އެޕްސް" އެޕް ގޫގުލް އިން މަނާކޮށްފައި މި ވަނީ ޗައިނާގެ ސޮފްޓްވެއާތަކާއި ފޯނާއި ކޮމްޕިއުޓަރާއި އަދި ނޫން ވެސް ހުރިހާ އުފެއްދުމަކާއި މުދަލެއް އިންޑިއާގެ ރައްޔިތުން ބޭނުންނުކޮށް ހުއްޓައިލަން ގޮވާލައި މި ހަފުތާގައި #ބޯއިކޮޓްޗައިނީޒްޕްރޮޑަކްޓްސްގެ ނަމުގައި ކެމްޕޭނެއް ފަށާފައި ވަނިކޮށެވެ.
މިކަމުގައި އިސްކޮށް އުޅޭ މީހުން ބުނާ ގޮތުގައި މި ފަހަރު އިންޑިއާ އިން ޗައިނާ އަށް ހަމަލާދޭނީ ވަޒަނުގެ ބަދަލުގައި ވޮލެޓުންނެވެ. މި ކެމްޕޭނެއްގެ އަޑު ގަދަވެފައި ވަނީ އިންޑިއާ ވެސް ބޯޑަރު ހިއްސާކުރާ ލަޑާކްގައި ޗައިނާގެ އަސްކަރީ މަރުކަޒެއް ބިނާކުރުމުގެ މަސައްކަތް ޗައިނާ އިން ފެށުމުންނެވެ.
ޗައިނާގެ އުފެއްދުންތައް ބޮއިކޮޓްކުރަން އިންޑިއާގައި ގޮވައިލަމުން އަންނަ އިރު، ޗައިނާގެ ޓިކްޓޮކަކީ އިންޑިއާގެ އެތައް ބަޔަކު މިހާރު އާމްދަނީ ހޯދާ ވަރަށް މުހިއްމު ވަސީލަތަކަށް ވެސް ވަނީ ވެފަ އެވެ. އެކަމަކު ކެމްޕޭނަށް ތާއީދުކުރުމުގެ ގޮތުން ބައެއް މީހުން މިހާރު ދަނީ ޓިކްޓޮކާ ދުރުވަމުންނެވެ.
އަދި ޓިކްޓޮކާ އިންޑިއާ މީހުން ދުރުކުރަން އެ ގައުމުން ދާދި ފަހުން ވަނީ "މިތުރޯން" ކިޔާ އެޕެއް ވެސް ނެރެފަ އެވެ. ނަމަވެސް އެ އެޕް މިދިޔަ ހަފުތާގައ ވަނީ ގުގޫލްގެ އުސޫލުތަކަށް ނުފެފޭތީ ޕްލޭ ސްޓޯރުން ނަގައިފަ އެވެ.
މި ހަފުތާގައި އިިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެއްވި ރޭޑިއޯ ހިތޯބު "މަން ކީ ބާތު" ގައި ވަނީ އިންޑިއާ އެހެން ގައުމުތަކަށް ބަރޯސާވުން ހުއްޓާލައި، އަމިއްލަ އުފެއްދުންތެރިކަން އިތުރުކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަމަށް ސަރުކާރުން މަގުފަހިކޮށްދީ، ފުރުސަތުތައް ހުޅުވައިދޭނެ ކަމަށާއި މިއީ އެކަމަށް އާ ހިތްވަރެއް ލާފައި މަސައްކަތް ފަށައިގަންނަންވީ ވަގުތު ކަމަށް ވެސް ވިދާޅުވި އެވެ.
ޗައިނާގެ 54 އެޕެއް އިންޑިއާގައި މަނާކޮށްފި
ޔޫޓިއުބް "ޝޯޓްސް" އެންމެ ފުރަަތަމަ އިންޑިއާގައި
އިންޑިއާގައި ޕަބްޖީ މަނާކޮށްފި
ޓިކްޓޮކް އިންޑިއާއާ އެކު މަޝްވަރާގައި
ޗައިނާގެ އުފެއްދުންތައް ޕްރޮމޯޓްނުކުރަން ގޮވާލައިފި
ހޮންކޮންގު މުޒާހަރާ އެޕް ގޫގުލް ސްޓޯރުން ނަގައިފި
ޓްރޫކޯލާ ފޮހެލަން އިންޑިއާ ސިފައިންނަށް އަންގައިފި
އިންޑިއާގައި އެޕަލް ގަދަކޮށްފި
ދަނޑުވެރިކަމުގެ މަޝްރޫއު ފުށިދިއްގަރުފަޅަށް ބަދަލުކޮށްފި
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި