Roadha Mihaaru
ހިޔާގެ ސެކިއުރިޓީ ބަލަހައްޓާ މީހަކަށް ވަޅިން ހަމަލާދީފި

ހިޔާ ފްލެޓްތަކުގެ ސެކިއުރިޓީ ބަލަހައްޓާ އަންހެނަކަށް ވަޅިން ހަމަލާ ދީފި

14 ފެބުރުއަރީ 2022

ހިޔާ ފްލެޓްތަކުގެ ސެކިއުރިޓީ ބަލަހައްޓަމުން ދިޔަ އަންހެނަކަށް ވަޅިން ހަމަލާދީ މިއަދު ޒަހަމް ކޮށްލައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ހިޔާ ފްލެޓްތަކުގެ ސެކިއުރިޓީ ބަލަހައްޓަމުން ދިޔަ އަންހެނަކަށް ވަޅިން ހަމަލާދީ މިއަދު ޒަހަމް ކޮށްލައިފި އެވެ.

ފުލުހުން މިއަދު ބުނީ، ދެވަނަ ފިޔަވަހީގައި މަސައްކަތްކުރާ ސެކިއުރިޓީ އޮފިސަރަކަށް ހަމަލާ ދިން މައްސަލަ ރިޕޯޓު ކޮށްފައި ވަނީ މިއަދު މެންދުރު 1:35 ގައި ކަމަށެވެ.

އެ ހާދިސާގައި އަނިޔާވި އެ ދިވެހި އަންހެންމީހާގެ އަތް ވަނީ ކަފާލައިފަ އެވެ.

ފުލުހުން ބުނީ އެ މައްސަލާގައި އަދި އެއްވެސް މީހެއް ހައްޔަރު ނުކުރާ ކަމަށެވެ. ނަމަވެސް އިތުރަށް ބަލައި ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ހުޅުމާލޭގެ ފޭސް ދޭއްގައި ކުށް ގިނަވާތީ އެޗްޑީސީން ވަނީ ހިޔާ ފްލެޓްތަކުގެ ސެކިއުރިޓީ ބެލެހެއްޓުމަށް އަމިއްލަ ކުންފުނިތަކާ ހަވާލު ކޮށްފަ އެވެ.

ސެކިއުރިޓީ ބަލަހައްޓަން ދިވެހި ފިރިހެނުންނާއި އަންހެނުން އަދި ބިދޭސީން ވެސް ހަރަކާތްތެރިވެ އެވެ.