Roadha Mihaaru
ރާއްޖޭގައި އޮސްޓްރޭލިއާގެ ހައި ކޮމިޝަނެއް ގާއިމުކުރަނީ

ރާއްޖޭގައި އޮސްޓްރޭލިއާގެ ހައި ކޮމިޝަނެއް ގާއިމުކުރަނީ

11 ފެބުރުއަރީ 2022

ރާއްޖޭގައި އޮސްޓްރޭލިއާގެ ހައި ކޮމިޝަނެއް ހަދަން ނިންމާފައިވާ ކަމަށް އެ ގައުމުން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރާއްޖޭގައި އޮސްޓްރޭލިއާގެ ހައި ކޮމިޝަނެއް ހަދަން ނިންމާފައިވާ ކަމަށް އެ ގައުމުން މިއަދު ބުނެފި އެވެ.

އޮސްޓްރޭލިއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މާލޭގައި އެ ގައުމުގެ ހައި ކޮމިޝަނެއް ގާއިމުކުރަން ނިންމި ނިންމުމަކީ ރާއްޖެ އާއި އެ ގައުމާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ނިންމި ނިންމުމެއް ކަމަށެވެ.

ރާއްޖޭގައި އަލަށް ގާއިމުކުރާ މި ހައިކޮމިޝަނާ އެކު ދެ ގައުމުގެ ޑިމޮކްރަޓިކް ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް ވެސް އެގައުމުން ބުންޏެވެ.

އޮސްޓްރޭލިއާ ހައި ކޮމިޝަން މެދުވެރިކޮށް، މެރިޓައިމް ސެކިއުރިޓީ ހަރުދަނާކުރުމާއި އެއްގައުމަށް ވުރެ ގިނަ ގައުމުތައް ހިމެނޭ ގޮތަށް ހިންގާ ކުށްތަކާ މެދު ފިޔަވަޅު އެޅުމާއި (ޓްރާންްސްނޭޝަނަލް ކްރައިމް) އަދި ތިމާވެއްޓަށް އަންނަ ބަދަލުތަކަށް، ގުޅިގެން މަސައްކަތްކުރުމާއި ނޫ އިގްތިސާދު ޕްރޮމޯޓްކުރުން ހިމެނެ އެވެ.

އޮސްޓްރޭލިއާ އިން ބުނީ ހައި ކޮމިޝަން މެދުވެރިކޮށް ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދީ އިންޑިއާ ކަނޑުގެ އިރު އުތުރުގައި އިންވެސްޓްތައް ކުރުމަށް މަގުފަހިކޮށްދޭނެ ކަމަށެވެ.

އޮސްޓްރޭލިއާގެ ނިންމުމަށް މަރުހަބާ ދަންނަވާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރާއްޖޭގައި އޮސްޓްރޭލިއާގެ ހައި ކޮމިޝަނެއް ގާއިމުކުރުމަކީ ދެގައުމުގެ މެދުގައި އޮންނަ ހާރިޖީ ގުޅުން ވަރުގަދަކުރުމަށް އެޅި މުހިއްމު ހަރުފަތެއް ކަމަށެވެ.