11 ފެބުރުއަރީ 2022
ކުރިއަށް އޮތް 10 އަހަރު ވެސް އެމްޑީޕީގެ ވެރިކަން އޮތުމަށް ރައްޔިތުން އެދޭ ކަމަށާއި ރިޔާސީ އިންތިހާބުގައި 30 ޕަސެންޓް ވޯޓަށް ވުރެ ދަށުން ކެންޑިޑޭޓަކަށް ވޯޓު ލިބިއްޖެ ނަަމަ، ދެވަނަ ބުރަކަށް ދެވޭ ގޮތަށް ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމަކީ ބޭނުންތެރިކަމެއް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް 10 އަހަރު ވެސް އެމްޑީޕީގެ ވެރިކަން އޮތުމަށް ރައްޔިތުން އެދޭ ކަމަށާއި ރިޔާސީ އިންތިހާބުގައި 30 ޕަސެންޓް ވޯޓަށް ވުރެ ދަށުން ކެންޑިޑޭޓަކަށް ވޯޓު ލިބިއްޖެ ނަަމަ، ދެވަނަ ބުރަކަށް ދެވޭ ގޮތަށް ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމަކީ ބޭނުންތެރިކަމެއް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވީ، އެމްޑީޕީގެ އެތެރޭގެ މުހިންމު އިންތިހާބުތަކާއި ކޮންގްރެސްގެ ތާރީހު ކަނޑައަޅަން ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި ފާސްކުރީ، އެ ޕާޓީގެ ޗެއާޕާސަންގެ މަގާމާއި އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރުގެ އިންތިހާބު އަންނަ އޭޕްރީލް 16 ގައި އަދި ޕާޓީގެ ކޮންގްރެސް އޮގަސްޓް 4 ބޭއްވުމަށެވެ. ޕާލަމެންޓްރީ ގުރޫޕްގެ އިންތިހާބު އޮންނާނީ މި މަހުގެ 18 ގަ އެވެ.
ނަޝީދު ރޭ ވިދާޅުވީ، ގާނޫނުއަސާސީ އަށް ގެންނަން އެމްޑީޕީން ބޭނުންވާ އެންމެ ބޭނުންތެރި އެއް އިސްލާހަކީ 30 ޕަސެންޓަށް ވުރެ ދަށުން ވޯޓު ލިބުމުން އިންތިހާބުގައި ވާދަކުރާ ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރެއް ބޭއްވޭނެ އުސޫލެއް އޮތުމެވެ.
ގާނޫނުއަސާސީގައި މިހާރު އޮންނަނީ 51 ޕަސެންޓް ވޯޓު ލިބިގެން ނޫނީ ރައީސްކަމަށް އިންތިހާބު ނުވެވޭނެ ކަމަށެވެ. އެކަމަކު، އެހެން އޮތުމުން ނަޝީދަށާއި އެމްޑީޕީ އަށް މިހާރު ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެ ޕާޓީގެ އަމިއްލަ ބާރުގައި ވެރިކަމަށް އާދެވޭނެ ގޮތެއް ނެތުމެވެ. ނަޝީދަކީ އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދައިގެން ވެރިކަން ހޯއްދެވުމުގެ ސިޔާސަތާ ދެކޮޅު ބޭފުޅެއް ކަމުން އެ މަނިކުފާނުގެ މިހާރުގެ މިސްރާބު ހުރީ ގާނޫނުއަަސާސީ އިސްލާހު ކޮށްގެން ނަމަވެސް ރައްޔިތުންގެ 30 ޕަސެންޓް ވޯޓާއެކު އެމްޑީޕީގެ ކެންޑިޑޭޓަކަށް ވެރިކަމަށް އާދެވޭނެ ގޮތަށް ކަންކަން ފަހިކުރުމެވެ.
"30 ޕަސެންޓަށް ވުރެ ދަށްވެއްޖެ ނަމަ، އަލުން އަނބުރާ އެންމެ ގިނައިން ވޯޓު ލިބޭ ދެ ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ދެވަނަ ބުރެއް ބޭއްވޭ އުސޫލެއް ގާނޫނުއަސާސީގައި ކަނޑައެޅުމަކީ ބޭނުންތެރިކަމެއްގެ ގޮތުގައި އަޅުގަނޑަށް ޔަގީން، ހުރިހާ ބޭފުޅުންނަށް ވެސް ފާހަގަވާނެ. އަދި ރާއްޖޭގެ ރައްޔިތުން ހަރު އަޑުން އެމްޑީޕީގެ ވެރިކަމެއް މި ރާއްޖޭގައި އަބަދަށްމެ، ކުރިއަށް އޮތް ފަސް އަހަރަށް އަދި އިތުރު ފަސް އަހަރަށް ވެސް އޮތުމަށް އެ ގޮވަމުންދާ ގޮވުން އަޅުގަނޑުމެން ކަނުލައި އަޑުއަހަން ޖެހޭނެ،" އިސްކަންދަރު ސްކޫލުގައި ބޭއްވި ބައްދަލުވުމުގައި ނަޝީދު ވިދާޅުވި އެވެ.
ގައުމީ މަޖިލީހުގެ ރޭގެ ބައްދަލުވުމަށް ނަޝީދު ހުށަހަޅުއްވަން ބޭނުންވި އެއް ހުށަހެޅުމަކީ ވެސް ޖުމްލަ ވޯޓުގެ 30 ޕަސެންޓަށް ވުރެ މަދު ނޫން އަދަދަކަށް ވޯޓު ހޯއްދެވި ކެންޑިޑޭޓަކީ މޮޅުވި ކެންޑިޑޭޓުގެ ގޮތުގައި ގާނޫނުއަސާސީގައި ކަނޑައެޅުމެވެ. އެކަމަކު، ބައްދަލުވުމުގެ ކުރިން އެ ހުށަހެޅުން އަނބުރާ ގެންދަވައި، ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި އެ ސުރުހީ އަޅުއްވައިލެއްވީ އެވެ. އެކަމަކު، އޮގަސްޓް 4 ގައި ބާއްވާ އެމްޑީޕީގެ ކޮންގްރެސްގައި އެ އިސްލާހާ މެދު ބަހުސްކޮށް، ގޮތެއް ނިންމާނެކަން ނަޝީދު ރޭ ދެއްކެވި ވާހަކަފުޅުން ސާފުވެ އެވެ.
ނަޝީދު ވިދާޅުވީ މިހާރު އޮތް ގާނޫނުއަސާސީގައި ލާމަރުކަޒީ ނިޒާމަކީ އެންމެ ކުޑަ ބާބު ނަމަވެސް އެ ބާބަށް އިތުރު ކަންކަން އިތުރު ކުރައްވަން ޖެހޭ ކަމަށެވެ. ވިދާޅުވީ އެ ބަދަލު، ގާނޫނުއަސާސީ އަށް ނުގެންނަ ނަމަ، އެމްޑީޕީ އަށް މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލޭ ދަނޑިވަޅެއްގައި އަނެއްކާ ވެސް ލާމަރުކަޒީ މުޅި ނިޒާމަށް [އެހެން ބަޔަކު] ބަދަލު ގެންނާނެ ކަމަށެވެ.
"އެ އިސްލާހަށް [ލާމަރުކަޒީ ގާނޫނު] ތަފްސީލު އެބަ ބޭނުންވޭ. ނޫނިއްޔާ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އެމްޑީޕީ އަށް ތުނިވާއިރެއްގައި ލާމަރުކަޒީ މުޅި ނިޒާމު އަނެއްކާ ވެސް ބަދަލުކުރުމަކީ އެކަށީގެންވާ ކަމެއް،" އެކަމަކު އެއީ ރައްޔިތުން އެދޭ ގޮތް ނޫންކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވި އެވެ.
މުހިންމު ނިންމުންތަކެއް ނިންމި އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާ https://t.co/H3P37F2UyY
— Mihaaru (@Mihaarunews) February 11, 2022
ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެނައުމަށް އަބަދުވެސް ތާއީދުކުރައްވާ ނަޝީދު ވިދާޅުވިގޮތުގައި، ރައްޔިތުންގެ މަޖިލިސް އެކުލެވޭ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ގޮތުން މިދިޔަ 12 ވަރަކަށް އަހަރު އެކި ވާހަކަތައް ދެއްކެވިފައިވާއިރު މަޖިލީހުގެ މެމްބަރުންގެ އަދަދަށް ވެސް ބަދަލުތަކެއް އަންނަމުންދާ ކަމަށެވެ. އެކަމަކު މެމްބަރުންގެ އަދަދު އިތުރުވަމަކީ އެ މަނިކުފާނު ދެކެވަޑައިގެންނަވާ ގޮތުގައި ވެސް އިތުރަށް ހަރަދު ހިނގާނެ ކަމެއް ކަމަށާއި މަޖިލިސް އެކުލެވިފައި ވަނީ ބަރުލަމާނީ ނިޒާމެއްގެ ސިފަތަކަށް ކަމަށް ވާ ނަމަ، ދެން މަޖިލީހަށް އަންނަ ބަދަލުތައް ވެސް އޭގެ ތެރޭގައި ހިމެނޭ އެ މަނިކުފާނު ވިދާޅުވި އެވެ.
"ގާނޫނުއަސާސީގައި ވެރިކަމުގެ ނިޒާމަށް ބަދަލެއް ގެންނައުމަށް 2018 ވަނަ އަހަރުގެ އުކުޅަސް ކޮންގްރެސްގައި މި ޕާޓީން ވާނީ ބަލައިގެންފައި. އަދި އޭގެ މާކުރިން ވެސް އަބަދަށް ވެސް މި ޕާޓީ ވަކާލަތުކުރަނީ ސީދާ ރައްޔިތުންގެ ކުރިމަތީގައި ދެފުށް ފެންނަ ގޮތަކަށް ހިންގުމަަކީ އެންމެ ރަނގަޅު ގޮތް ކަމަށް،" ނަޝީދު ވިދާޅުވި އެވެ.
"އެހެންވީމާ ކޮންގްރެސްއެއް ބާއްވައި ގާނޫނުއަސާސީ އަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ނިންމުމަކީ ބޭނުންތެރިކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެން."
ނަޝީދު ވިދާޅުވި އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް މިސްރާބު ހިފުމަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މިހާރުގެ އެންމެ ބޮޑު އެއް މަސައްކަތެވެ. އެއާއެކު ގާނޫނުއަސާސީ އަށް ބޮޑެތި ބަދަލުތަކެއް ގެންނަން ހުށަހެޅުމަށް ޕާޓީގެ ކޮންގްރެސް އެއް ބާއްވައި، އެ އިސްލާހުތައް ގެނައުމަށް ނިންމުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި އެހެނިހެން މިނިވަން މުއައްސަސާތައް އެކުލެވިގެންވާ ގޮތް އަދި އެ މުއައްސަސާތަކުގެ އަދަދަށް ބަދަލު ގެންނަންޖެހޭކަން ވެސް ވަނީ ފާހަަގަގަވެފަ އެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު ގާނޫނުއަސާސީގައި ކަނޑައެޅުން މުހިއްމުވާ ކަމަށާއި ކޮންމެ ފަހަރަކު ސަރުކާރު ބަދަލުވާއިރު، ސުޕްރީމް ކޯޓުގެ އަދަދު އާއްމު ގާނޫނަކުން ބަދަލުވެގެން ދިއުމަކީ ޝަރީއަތަށް އަދި އިންސާފަށް ކުރާ މަސައްކަތުގެ އޮތް ހުރަހެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
ވަކިކޮޅަކަށް ތާއީދު ނުކުރަން އެއްބަސްވުމެއް ނެތް
ރައީސްގެ ހިތްވަރަށް ނަޝީދުގެ ތައުރީފު
ނަޝީދާއި މައުމޫން އަދި ގާސިމަށް އިމްރާންގެ ނަސޭހަތެއް!
ޑިމޮކްރެޓުން ވެސް ނިންމީ ޕާޓީއަކަށް ތާއީދު ނުކުރަން
ފާސްކޮށްފިނަމަ އަންނަމަހު ނިޒާމީ ވޯޓަށް އެހޭނެ: ރައީސް
"ނޮވެމްބަރުގައި ނިޒާމީ ވޯޓު ނެގިދާނެކަމަށް ދެންނެވިން"
މަޖިލީހަށް ނައިސް ވޯޓު އިތުރެއް ނުވާނެ: ނަޝީދު
ބަރުލަމާނީ ގަރާރު އަވަސްކުރަން އެއްބަސްވެއްޖެ
ޑިމޮކްރެޓުން ނިޒާމު ބަދަލުކުރާ ވާހަކަ އާކޮށްފި
ސުވާލެއް ވެސް ނެތް، އެމްޑީޕީ ރޫޅާލެވިއްޖެ: އީވާ