Roadha Mihaaru
ކާންޔޭގެ އުނދަގޫތަކުން ކިމް އަށް ސަލާމަތެއް ނެތް

ކާންޔޭގެ އުނދަގޫތަކުން ކިމް އަށް ސަލާމަތެއް ނެތް

07 ފެބުރުއަރީ 2022

މަޝްހޫރު ސޯޝަލް މީޑިއާ ތަރި ކިމް ކާޑޭޝިއަން އަށް އޭނާގެ ކުރީގެ ފިރިމީހާ އަދި މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓް ސޯޝަލް މީޑިއާގައި ކުރަމުންދާ ބަހުގެ ހަމަލާތަކުގެ ސަބަބުން ކިމް ރުޅިގަދަވެއްޖެ އެވެ.

އަހްމަދު ޖައިޝަން އަހްމަދު ޖައިޝަން

މަޝްހޫރު ސޯޝަލް މީޑިއާ ތަރި ކިމް ކާޑޭޝިއަން އަށް އޭނާގެ ކުރީގެ ފިރިމީހާ އަދި މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓް ސޯޝަލް މީޑިއާގައި ކުރަމުންދާ ބަހުގެ ހަމަލާތަކުގެ ސަބަބުން ކިމް ރުޅިގަދަވެއްޖެ އެވެ.

ކާންޔޭ ގާތުން ވަރިވާން ކިމް ކޯޓަށް މައްސަލަ ހުށަހެޅީ މިދިޔަ އަހަރު އެވެ. ވަރިވާން ހުށަހެޅި ފަަހުން ވެސް ކާންޔޭ ދަނީ ކިމް އާއި އެމީހުންގެ ކައިވެންޏާ ގުޅޭ ގޮތުން ތަފާތު ވާހަކަ ދައްކަމުންނެވެ. އެންމެ ފަހުން ކިމްގެ ރުޅިގަނޑު ފަޅައިގެން ގޮސްފައި ވަނީ އޭނާގެ ޓިކްޓޮކް އެކައުންޓާ ގުޅިގެން ކާންޔޭ ދެއްކި ވާހަކައެއްގެ ސަބަބުންނެވެ.

ކިމް އޭނާގެ އެންމެ ދޮށީ ދަރި ނޯތުއާ އެކު ވަނީ ޖޮއިންޓް ޓިކްޓޮކް އެކައުންޓެއް ހަދައިފަ އެވެ. އެއާ އެކު ޓިކްޓޮކްތަކުން ވެސް ނޯތު ފެނެ އެވެ. އެކަމާ ގުޅިގެން ކާންޔޭ ރުޅި އައިސްފައި ވަނީ އޭނާ އަކީ ނޯތުގެ ބައްޕަ އަށް ވާތީ، އޭނާ ގާތުން ހުއްދަ ނުހޯދާ ނޯތު ލައްވާ ޓިކްޓޮކް ކުޅުވައިގެން ނުވާނެ ކަމަށެވެ.

އެކަމާ ގުޅިގެން ކާންޔޭ ދަނީ ކިމްއާ ދިމާލަށް ފާޑުފާޑުގެ ބަހުގެ ހަމަލާތައް ދެމުންނެވެ. އެ ހަމަލާތަކަށް ކެތް ނުވެގެން އެންމެ ފަހުން ކިމް ވަނީ ކާންޔޭ އަށް ރައްދު ދީފަ އެވެ.

ކިމް ދާދި ފަހުން ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއެއްގައި ބުނީ ކާންޔޭގެ ބަހުގެ ހަމަލާތަކަކީ ބޮޑު "އެޓޭކެއް" ކަމަށެވެ. އަދި މިއީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުންޏެވެ.

އެމީހުންގެ ދަރިފުޅު ނޯތުގެ ރައްކާތެރި ކަމަކީ މަންމަގެ ހައިސިއްޔަތުން އޭނާ ވެސް ވަރަށް އިސްކަމެއްދޭ ކަމެއް ކަމަކަށްވާއިރު، ނޯތު ސޯޝަލް މީޑިއާ ބޭނުންކުރަނީ އަބަދު ވެސް ބޮޑު މީހެއްގެ ބެލުމުގެ ދަށުން ކަމަށް ކިމް ބުންޏެވެ.