މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ކޮންސްޓްރަކްޝަން ދާއިރާ ފިޔަވައި އެހެން ހުރިހާ ދާއިރާއެއްގެ ވިޔަފާރި ކުރި ހޯދާފައިވާ ކަމަށް އެމްއެމްއޭން ބުނެފި އެވެ.
28 ޖެނުއަރީ 2022
މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ކޮންސްޓްރަކްޝަން ދާއިރާ ފިޔަވައި އެހެން ހުރިހާ ދާއިރާއެއްގެ ވިޔަފާރި ކުރި ހޯދާފައިވާ ކަމަށް އެމްއެމްއޭން ބުނެފި އެވެ.
އެމްއެމްއޭން އާންމުކުރާ ބިޒްނަސް ކުއާޓަލީ ރިޕޯޓުގައިވާ ގޮތުން ވިޔަފާރިތައް ޖުމްލަކޮށް ފުޅާވަމުން އަންނަ އިރު ޓޫރިޒަމާއި ދަތުރުފަތުރު ކުރުމުގެ ދާއިރާ އާއި ކޮމިއުނިކޭޝަން ދާއިރާގައި މަސައްކަތްކުރާ މީހުން އިތުރުވެފައިވާ ކަމަށެވެ. އެހެން ނަމަވެސް ރީޓެއިލް އަދި ކޮންސްޓްރަކްޝަން ދާއިރާއަށް މުވައްޒަފުން އިތުރު ކުރާވަރު މަދު ކަމަށް ސާވޭ އިން ދައްކާފައިވެ އެވެ.
އެމްއެމްއޭން ބުނީ ކުރިއަށް އޮތް ކުއާޓާގައި ވެސް ރާއްޖޭގެ އެކި ދާއިރާތަކުގެ ވިޔަފާރިތައް ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އޭގެ ތެރެއިން ވެސް އެންމެ ބޮޑު ކުރިއެރުމެއް އަންނާނީ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށެވެ. މި ސާވޭގައި ބައިވެރިވި ޓޫރިޒަމް ދާއިރާގެ 76 ޕަސެންޓް ވިޔަފާރިތަކުން ވަނީ އެމީހުންގެ އާމްދަނީ ވަރަށް ބޮޑަށް އިތުރުވަމުން އަންނަކަން ފާހަގަކޮށްފަ އެވެ.
ސާވޭގައި ބައިވެރިވި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތަކުގެ 50 ޕަސެންޓް ވިޔަފާރިތަކުން ވަނީ މިދިޔަ ކުއާޓާގައި އެމީހުންގެ ވިޔަފާރި ވަރަށް ބޮޑަށް ކުރިއަރަމުން އަންނަކަން ފާހަގަކޮށްފަ އެވެ.
އެމްއެމްއޭން ބުނީ ވިޔަފާރިތައް ރަނގަޅުވެ ލިބޭ އާމްދަނީ ވެސް ޖުމްލަކޮށް އިތުރުވަމުން އަންނަ ކަމަށެވެ.
އެމްއެމްއޭގެ ކުއާޓަލީ ބިޒްނަސް ސާވޭގެ ބޭނުމަކީ ރާއްޖޭގެ ވިޔަފާރި މާހައުލަށް އަންނަ ބަދަލުތަކާއި އިގްތިސާދަށް އަންނަ ބަދަލުތައް ދެނެގަތުމެވެ. މި ސާވޭއަށް މައުލޫމާތު ނަގަނީ ކުންފުނިތަކުގެ ވެރިންނާއި މެނޭޖްމެންޓުގެ އިސް މީހުންނާ ސުވާލުކޮށްގެންނެވެ. މި ސާވޭގައި ކޮންސްޓްރަކްޝަން ދާއިރާ އާއި ޓޫރިޒަމާއި ރީޓެއިލް ވިޔަފާރިތައް ހިންގާ 180 ފަރާތަކާ ސުވާލުކޮށްފައިވެ އެވެ.
ކޮންސްޓްރަކްޝަން ނޫން ހުރިހާ ދާއިރާއެއްދަނީ ކުރިއަރަމުން
ޑިމާންޑް ނެތުމުން ޓޫރިޒަމްގެ އަގުތައް ދަށަށް
އިގްތިސާދީ ހަރަކާތް އިތުރު ވިޔަސް ޑޮލަރު ތާށި: ސާވޭ
ބޭންކްތަކަށް 150 މިލިއަން ޑޮލަރު މާރުކޮށްފި: ރައީސް
ރިސޯޓުތަކުން ޑޮލަރު މާރުކުރުމުގެ ހެޔޮ އަސަރު ރިޒާވަށް
ރިސޯޓުތަކުން 40 މިލިއަން ޑޮލަރު މާރުކުރާނެ
ޓޫރިޒަމްވިޔަފާރިތައް އެމްއެމްއޭގައި ރަޖިސްޓަރީ ކުރަންޖެހޭ
ޑޮލަރު މާރުކުރުމާ ދެކޮޅަށް 70 ރިސޯޓުން ޝަކުވާ
ޑޮލަރު މާރުކުރުމުގެ ބަދަލުން އާންމުންނަށް ފައިދާކުރާނެ
ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ގާނޫނު ހެދުން މުހިންމު