28 ޖެނުއަރީ 2022
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަން ގާތްގަނޑަކަށް ދެ އަހަރު ވަންދެން ކުރި ޕިޓާ ސެގަޓް، ތަޖިކިސްތާންގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމަށް ހަމަޖައްސައިފި އެވެ.
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަން ގާތްގަނޑަކަށް ދެ އަހަރު ވަންދެން ކުރި ޕިޓާ ސެގަޓް، ތަޖިކިސްތާންގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމަށް ހަމަޖައްސައިފި އެވެ.
ކްރޮއޭޝިއާ އަށް އުފަން ކޯޗު ވަނީ މީގެ ކުރިން އަފްގާނިސްތާނުގެ ގައުމީ ޓިމަށް ވެސް ކޯޗުކޮށްދީފަ އެވެ. ދެކުނު އަދި އިރުމަތީ އޭޝިއާގެ ފުޓުބޯޅައާ ރައްޓެހި ޝެގަޓަކީ ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި ސަރަހައްދުގެ ދެ ގައުމެއް ގޮވައިގެން ފައިނަލްގައި ނުކުތް ހަމައެކަނި ކޯޗެވެ.
ބަންގްލަދޭޝްގައި 2018 ގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ބަލިކޮށް ރާއްޖެ އަށް މުބާރާތުގެ ތަށި ހޯދައިދިން ސެގަޓް ވަނީ އޭގެ ކުރިން ބޭއްވި މުބާރާތުގައި އަފްގާނިސްތާން ޓީމާ އެކު ފައިނަލް ކުޅެފަ އެވެ. އިންޑިއާގެ ޓްރިވަންޑްރަމްގައި ކުޅުނު މުބާރާތުން އަފްގާނިސްތާން ބަލިވީ އިންޑިއާ އަތުންނެވެ. ގުރޫޕް ސްޓޭޖްގައި އޭނާ ވަނީ އެ ފަހަރު ރާއްޖެ ވެސް ބަލިކޮށްފަ އެވެ.
ރާއްޖޭގެ ކޯޗުކަމާ މާޗް، 2018 ގައި ހަވާލުވެ އޭނާ ވަނީ ބޮޑެތި ނިންމުންތަކެއް ނިންމައިފަ އެވެ. އެ ނިންމުންތަކުގެ ސަބަބުން އޭނާ އަށް ވަރަށް ބޮޑަށް ފާޑު ކިޔުން ވެސް އަމާޒުވި އެވެ. އޭރުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ޕްރީ މެޗް ޕްރެސް ކޮންފަރެންސަށް ހާޒިރުނުވި ކަމަށް ބުނެ އޭނާ ޓީމުން ބާކީ ކުރި އެވެ. އަދި ދަގަނޑޭގެ ބަދަލުގައި ކެޕްޓަންކަން ކުރަން ހުރި، އަސްހަދު އަލީ (އަޑުބަރޭ) އަތުން ޖެހިގެން އައި ދުވަހު ކެޕްޓަން ބޭންޑް ނެގި އެވެ. އެކަމާ ގުޅިގެން ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އަސްހަދު އިއުލާން ކުރި އެވެ.
ބޫޓާނާ ދެކޮޅަށް މެޗު ކުޅެން އޮތް ދުވަހުގެ ކުރިން ކޯޗު އެގޮތަށް ކަންތައް ކުރުމުން އެ މެޗު ބަލަން ދަނޑަށް ވަނީ މަދު ބަޔެކެވެ. ނަމަވެސް 7-0 އިން ބޫޓާންގެ މައްޗަށް ކުރި ހޯދި އެވެ.
ބޫޓާން އަތުން ބޮޑު މޮޅެއް ހޯދައިގެން ސެގަޓުގެ ރަސްމީ ފުރަތަމަ މެޗު ފެށިއަސް، ރާއްޖޭގެ ކޯޗުކަމުން އޭނާ ވަކިކުރަން ނިންމި ނިންމުން ވެސް ގުޅިފައި އޮތީ ބޫޓާން އަތުން ބަލިވުމުގެ މައްޗަށެވެ. ނޭޕާލްގައި 2019 ގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު ބޫޓާން އަތުން ބަލިވެ އަމިއްލަ ބާރު ގެއްލުނެވެ. މުބާރާތް ހުސްއަތާ ނިންމާލުމުން އެފްއޭއެމުން ނިންމީ އޭނާ ކޯޗް ކަމުން ވަކިކުރުމަށެވެ.
ރާއްޖޭގެ ކޯޗު ކަމުގައި އޭނާ ގެނައި އެންމެ ބޮޑު ބަދަލަކީ ގިނަ އަދެއްގެ ޒުވާން ކުޅުންތެރިންނަށް ގައުމީ ޓީމުން ފުރުސަތު ދިނުމެވެ. އޭނާގެ ކޯޗުކަމުން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ދިވެހި ޓީމަކީ އެ ފަހަރުގެ މުބާރާތުގައި ބައިވެރިވި ދެވަނަ އަށް އެންމެ ޒުވާން ޓީމެވެ. އޭރުގެ ޓީމުގެ އެވްރެޖް އުމުރަކީ 23.5 އަހަރެވެ. އެކަމަކު ގުރޫޕް ސްޓޭޖްގައި ލަންކާއާ ހުރިހާ ގޮތަކުން ވެސް އެއްވަރުވުމުން ރާއްޖެ ސެމީ އަށް ދިޔައީ ގުރުލައިގެންނެވެ. އެކަމާ ގުޅިގެން ވެސް ސެގަޓަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ.
ތަޖިކިސްތާނުގައި ސެގަޓުގެ އެންމެ ބޮޑު މަސައްކަތަކަށް ވާނީ ޗައިނާގައި އަންނަ އަހަރު ބާއްވާ އޭޝިއަން ކަޕަށް އެ ގައުމު ކޮލިފައިކޮށްދިނުމެވެ.
ތަޖިކިސްތާނުގެ އެއްބަސްވުން އާ ނުކޮށް ސެގަޓް ވަކިވެއްޖެ
ސެގަޓްގެ ތަޖިކިސްތާނުން ޔޫއޭއީ ބަލިކޮށް ކުއާޓާ އަށް
ބަންގްލަދޭޝްއިން ފަހު ވަގުތު ރާއްޖެ ބަލިކޮށްފި
މިއީ ރާއްޖޭގެ ފުޓްބޯޅަ އަށް ތާރީހީ ވަގުތެއް: ސުޒޭން
ރާއްޖޭގެ ކާމިޔާބު ހާއްސަ ކުރީ ބަކާގެ ހަނދާނަށް
ބަންގްލަދޭޝް ބަލިކޮށް ފުޓްބޯޅައަށް އުއްމީދެއް
ހާލަތުގެގޮތުން ކުރީގެމެޗުން ބަލިވެގެން ދެރަނުވޭ: ސުޒޭން
މާލޭން ވަރުގަދަ ޓީމެއް ނެރެ، ޗެލެންޖް ދޭނެ
ދިވެހި ފުޓްބޯޅަ މިހިފަހައްޓަނީ އެކަޑަމީތަކުން: އަސްލަމް
ރާއްޖޭގެ ޒުވާން ޓީމަށް މުބާރާތް ނިމިއްޖެ