25 ޖެނުއަރީ 2022
ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ތ. ހިރިލަންދޫ ދޮން މޫސަ ރޭ ނިޔާވެއްޖެ އެވެ.
ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ތ. ހިރިލަންދޫ ދޮން މޫސަ ރޭ ނިޔާވެއްޖެ އެވެ.
އޭނާ ނިޔާވީ ރޭގެ ފަތިހުގެ ވަގުތެއްގައި ހިރިލަންދޫގަ އެވެ.
ހދ. ކުޅުދުއްފުއްޓަށް އުފަން އެކަމަކު ފަހުން ހިރިލަންދު އަށް ދިރިއުޅުން ބަދަލު ކުރެއްވި ދޮން މޫސަ ނިޔާވީ އުމުރުން 70 އަހަރަށް ވުރެ މައްޗަށް ގޮސްފައި ވަނިކޮށެވެ.
ތާރީޚު ދިރާސާ ކުރައްވާ މުހައްމަދު ޝާތިރު މިރޭ ވިދާޅުވީ، ދޮން މޫސައަކީ ހިންދީ މުޖުރާ ސްޓައިލްގެ ލަވަތައް ވިދާޅުވުމުގައި ރާއްޖޭގައި އެންމެ ކުޅަދާނަ ބޭފުޅާ ކަމަށެވެ.
މުޖުރާ ލަވަތަކަކީ މީގެ 1،000 އަހަރު ކުރިން ފެށިގެން ރާއްޖޭގައި ކިޔަމުން އައި ލަވަތަކެއް ކަމަށާއި ތާރީޚީ ލިޔުންތަކުން އެނގެން އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދޮން މޫސައަކީ އެގޮތަށް ލަވަ ވިދާޅުވާން މިހާރު ރާއްޖޭގައި ހުންނެވި ހަމައެކަނި ބޭފުޅާ ކަމަށް ވިދާޅުވި އެވެ.
"މާލެ އައިސް ނޫޅޭތީ ގިނަ މީހުންނަށް އަސްލު ނޭނގެނީ ދޮން މޫސަ. އެކަމަކު ލަވަ ކިޔާ މީހުންނަށް އެނގޭނެ އެއީ ކާކުކަން. ދޮހޮއްބެ ވެސް ހުންނާނެ ކިޔާފައި ދޮން މޫސަ ބައެއް ލަވަތައް. އެހާ މޮޅަށް މުޖުރާ ލަވަ ވިދާޅުވި ބޭފުޅަކު ނެތް މި ރާއްޖެއަކު. އަދި އަޑު ވެސް އެހާ ރީތި ވާނެ،" ޝާތިރު ވިދާޅުވި އެވެ.
"އެހެންވީމަ ރާއްޖެ އިސްލާމްވުމުގެ ވެސް މާ ކުރިން، މީގެ 1،000 އަހަރު ކުރިން އޮތް އެ ސަގާފަތުގެ އެންމެ ފަހު ބޭފުޅާ ދޮން މޫސައަކީ."
ދޮން މޫސައަށް އެވޯޑެއް ހަވާލުކުރަނީ --- ފޮޓޯ/މުހައްމަދު ޝާތިރު ފޭސްބުކް
ލަވަ ވިދާޅުވުމުގެ އިތުރުން ސަގާފީ ކުޅިވަރުތަކުގެ އިތުރުން މާލޫދު ކިޔުމުގައި ވެސް އޭނާއަކީ މޮޅު ބޭފުޅެެއް ކަމަށް ޝާތިރު ވިދާޅުވި އެވެ. އޭނާ އެ ދާއިރާގައި 50 އަހަރު ވަންދެން ޚިދުމަތް ކުރެއްވިއިރު، ކުރީގެ މަޝްހޫރު ބޭފުޅުން ކަމަށްވާ އިބްރާހިމް ޝިހާބް ވެސް ވަރަށް ގަޔާވެ ވަޑައިގެން އެކަމަށް އެދިވަޑައިގަތުމުން ދޮން މޫސަ ލަވަ ވިދާޅުވި ކަމަށް ޝާތިރު ވިދާޅުވި އެވެ.
ގިރާވަރު މީހުންގެ ރީތިކަން "ރޮދިން"
ދުނިޔޭގައި ވެސް ވިދާ، ދިވެހި އާޓިސްޓް ޝިމްހާގް
ހޮލީވުޑްގެ ފިލްމެއްގައި ދިވެހި އާޓިސްޓެއްގެ ޕޯސްޓަރެއް
މި އާޓިސްޓް ބޭނުންވަނީ އުދުހިލާނެ ފުރުސަތެއް
ހަބީބާ ހުސައިން ހަބީބު އަވަހާރަވެއްޖެ
ކުރެހުން ވަގަށްނެގި މައްސަލަ ޝިމްހާގު ކާމިޔާބުކޮށްފި!
ޕެސްޓް އަލުން ބަންދުކުރަން ހައި ކޯޓުން އަމުރުކޮށްފި
މަޝްހޫރު މިއުޒީޝަން ތަރަބޫޒު ރިޒާ ނިޔާވެއްޖެ
އެމްޓީސީސީގެ ކަލަންޑަރުގައި މިޝްކާގެ ނުފިލާނެ ހަނދާނެއް
ލަވައެއް ހިޓެއް: އީމާންގެ މޮހޮރު