16 މާޗް 2022
މަސްތުވާތަކެތީގެ މައްސަލައެއްގައި ބަންދުކުރި ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) ބަންދުން ދޫކޮށްލާފައި ވަނިކޮށް، އޭނާ އަލުން ބަންދުކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި ބަންދުކުރި ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) ބަންދުން ދޫކޮށްލާފައި ވަނިކޮށް، އޭނާ އަލުން ބަންދުކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ޕެސްޓް ބަންދުކޮށްފައި ވަނިކޮށް އޭނާ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން މިދިޔަ މަހު އަމުރުކުރީ ބޭސްފަރުވާއަށްޓަކައި ދެ މަސް ދުވަހަށެވެ. އޭނާއާއެކު، އެ މައްސަލައިގައި ދައުވާ ލިބޭ ލ. ގަން ތުނޑީ، އަބަދަށްއުފާ މުހައްމަދު ސުއައިދު ވެސް ދޫކޮށްލި އެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ވަނީ އެ ދެ މީހުން ދޫކޮށްލަން ކުރި އަމުރު ބާތިލްކޮށް އަދި އެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރި އަމުރު ދެމިއޮތް ކަމަށް ހުކުމްކޮށްފަ އެވެ.
ހައި ކޯޓުގެ ހުކުމުގައި ވަނީ ޕެެސްޓާއި ސުއައިދު ދޫކޮށްލަން ނިންމި ސަބަބެއް ދަށު ކޯޓުގެ އަމުރުން އެނގެން ނެތް ކަމަށެވެ. އަދި ބަލި ހާލަތާ ގުޅިގެން ހުރި ޝަކުވާތަކަށް ބަލާފައި ދޫކޮށްލީ ކަމަށް އަމުރުގައި އޮތަސް، ދަށު ކޯޓުން ބެލި ކަންކަމަކީ ކޮބައިކަން އެ އަމުރުން އެނގެން ނެތް ކަމަށް އެ ހުކުމުގައިވެ އެވެ.
ފަނޑިޔާރު އަލީ ސަމީރު ރިޔާސަތު ބެލެހެއްޓެވި ބެންޗުން އިއްވެވި ހުކުމުގައިވަނީ އެފަދަ ނިންމުންތަކުގައި ދަށު ކޯޓުން އެ ނިންމުމަށް ވާސިލްވި ސަބަބެއް ބަޔާން ކުރަން ޖެހޭނެ ކަމަށެވެ. އެހެންވެ، ޕެސްޓާއި ސުއައިދު ދޫކޮށްލަން ކުރި އަމުރަކީ ޝަކުލިއްޔަތު ފުރިހަމަނުވާ އަމުރުތަކަކަށް ވާތީ އެ އަމުރުތައް ބާތިލްކުރީ ކަމަށް ހައި ކޯޓުން އެ މައްސަލަ ބެއްލެވި ބެންޗުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.
ފަނޑިޔާރު ސަމީރުގެ އިތުރުން އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ އިސް ފަނޑިޔާރު ހާތިފް ހިލްމީ އަދި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ.
ހުނޫ ދެވަނަ ފަހަރަށް ދޫކޮށްލީ ރަނގަޅަށް: ހައިކޯޓް
ހައި ކޯޓުން ވެސް ޕެސްޓް ބަންދުން ދުލެއް ނުކުރި
ކުށް ސާބިތުނުވުމުން ވީޑިއޯ ރިޕޯޓް ހަދާތީ ފާޑުކިޔުން
ޑްރަގް މައްސަލައެއްގައި ހައްޔަރުކުރި އަޒޭ ދޫކޮށްލައިފި
އިރުފާން ދޫކޮށްލަން ހައި ކޯޓުން މިފަހަރު ތާއީދު!
ޕެސްޓްގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ ހައި ކޯޓަށް
އިހުމާލު ފޮރުވަން އުޅޭތީ ހައިކޯޓުގެ ފާޑުކިޔުން ޕީޖީއަށް
މަސްތުވާތަކެތީގެ ދައުވާތަކުން ޕެސްޓު ސަލާމަތްވެއްޖެ
ދެ ކިލޯ ޑްރަގް މައްސަލަ: ދެ މީހުން ދޫކޮށްލީ ގޯސްކޮށް
އުމުރު ދުވަހުގެ ހުކުމަކުން މީހަކު މިނިވަންވެެއްޖެ