Roadha Mihaaru
މާލޭ ދަތުރަށް ދެކޮޅުހަދާ ޓެކްސީތައް ރިޕޯޓްކުރަން އެދެފި

މާލެތެރޭގެ ދަތުރަށް ދެކޮޅު ހަދާ ޓެކްސީތަކުގެ މައުލޫމާތު އަންގަން އެދެފި

21 ޖެނުއަރީ 2022

މާލެތެރޭގެ ޓެކްސީ ދަތުރުތައް ނަގަން ދެކޮޅު ހަދާ ޓެކްސީތަކުގެ މައުލޫމާތު ހިއްސާކުރަން ޓްރާންސްޕޯޓް މިނިސްޓްރީން އެދެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލެތެރޭގެ ޓެކްސީ ދަތުރުތައް ނަގަން ދެކޮޅު ހަދާ ޓެކްސީތަކުގެ މައުލޫމާތު ހިއްސާކުރަން ޓްރާންސްޕޯޓް މިނިސްޓްރީން އެދެފި އެވެ.

މިނިސްޓްރީން މިހެން ބުނެފައި މި ވަނީ ހަމައެކަނި ހުޅުމާލެ/މާލެ އަދި އެއާޕޯޓަށް އެކަނި ޓެކްސީތަކުން ދަތުރުކުރާތީ އާންމު އެހެން ދަތުރުތަކަށް ޓެކްސީ ނުލިބޭ ކަމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ މާލެ ތެރޭގައި ދަތުރުކުރަން ދެކޮޅު ހެދުމުގެ އިތުރުން ބައެއް ސެންޓަރުގެ ޚިދުމަތްތައް ވެސް ނުލިބޭ ކަމުގެ ޝަކުވާ ލިބޭ ކަމަށެވެ. އެހެންވެ، ޓެކްސީ ޚިދުމަތް ދޭން ދެކޮޅު ހަދާ ޓެކްސީތަކާ ބެހޭ މައުލޫމާތު އެ މިނިސްޓްރީއާ ހިއްސާކުރަން އެދޭ ކަމަށް އެ އިއުލާނުގައިވެ އެވެ.

ޓްރާންސްޕޯޓުން ކުރި އިއުލާނުގައި އެދިފައި ވަނީ ވަކި ތަނަކަށް ނޫނީ ދަތުރުކުރަން ދެކޮޅުހަދާ ޓެކްސީތަކުގެ މައުލޫމާތު ފޯނު ނަންބަރު 7943434 މެދުވެރިކޮށް ވައިބަ މެސެޖަކުން މިނިސްޓްރީއަށް އަންގައިދިނުމަށެވެ.

ޚިދުމަތްދިނުމުގައި ޓެކްސީ ސެންޓަރުތަކުގެ މައްޗަށް ގާނޫނާއި ގަވައިދުން ލާޒިމުކުރާ ކަންކަން ފުރިހަމަ ނުކުރާ ފަރާތްތަކާ މެދު ކުރިއަށް އޮތްތަނުގައި ފިޔަވަޅު އަޅާނެ ކަމަށް އިއުލާނުގައިވެ އެވެ.

މާލެ ތެރޭގައި ދަތުރުކުރަން ދެކޮޅުހެދުމުގެ އިތުރުން ޓްރާންސްޕޯޓުން ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑުކޮށް އަގު ނެގުން އާންމުވެފައިވާ ކަމުގެ ޝަކުވާ ވެސް މިހާރު ވަނީ ބޮޑުވެފަ އެވެ.