20 ޖެނުއަރީ 2022
އިޔާދަކުރަނިވި ހަކަތަ އަށް ފެނަކަ ކޯޕަރޭޝަނުން ކުރިއަށް ގެންދާ ބޮޑު މަޝްރޫއެއްގެ ތެރެއިން ރާއްޖޭގައި މުޅިން ސޯލާ ހަކަތަ ބޭނުންކުރާ އެއާޕޯޓަކަށް ގަން އެއާޕޯޓްވެގެން ދާނެ މަޝްރޫއުގެ އެއްބަސްވުމުގައި އެ ކުންފުންޏާއި ފިއުޗަ ސިނަޖީޒް ލިމިޓެޑާ ދެމެދު މިއަދު ސޮއިކޮށްފި އެވެ.
އިޔާދަކުރަނިވި ހަކަތަ އަށް ފެނަކަ ކޯޕަރޭޝަނުން ކުރިއަށް ގެންދާ ބޮޑު މަޝްރޫއެއްގެ ތެރެއިން ރާއްޖޭގައި މުޅިން ސޯލާ ހަކަތަ ބޭނުންކުރާ އެއާޕޯޓަކަށް ގަން އެއާޕޯޓްވެގެން ދާނެ މަޝްރޫއުގެ އެއްބަސްވުމުގައި އެ ކުންފުންޏާއި ފިއުޗަ ސިނަޖީޒް ލިމިޓެޑާ ދެމެދު މިއަދު ސޮއިކޮށްފި އެވެ.
ވެރިރަށް މާލޭން ބޭރުން ރާއްޖޭގެ އެހެން ސަރަހައްދެއްގައި މިހާތަނަށް ހިންގާ އެންމެ ބޮޑު އިޔާދަކުރަނިވި މަޝްރޫއުގެ ތެރެއިން ސޮއިކުރި ޕަވަ ޕާޗޭސް އެގްރީމެންޓް (ޕީޕީއޭ) ގެ ދަށުން ގަން އެއާޕޯޓަށް ބޭނުންވާ ކަރަންޓްގެ 100 ޕަސެންޓް އެ ތަނުގައި ގާއިމްކުރެވޭ 2.5 މެގަވޮޓް ޕީކްގެ ސޯލާ ނިޒާމުން އުފައްދާނެ ކަމަށް ފެނަކައިން ބުންޏެވެ.
Virtual signing ceremony of Addu City solar PV power purchase agreement between Fenaka Corporation Limited and Clear Future Synergies Limited. 1/2 pic.twitter.com/nJ9zp0oX0P
— Fenaka Corporation Ltd (@TeamFenaka) January 20, 2022
މި ބަދަލާ އެކު ރާއްޖޭގެ އެންމެ ދެކުނުގައި އޮތް އިންޓަނޭޝަނަލް އެއާޕޯޓްވާނީ އިއާދަކުރަނިވި ހަކަތައިން ކަރަންޓް ދެވޭ ރާއްޖޭގެ ފުރަތަމަ ސޯލަ ޕަވަޑް އެއާޕޯޓަށެވެ.
With the successful completion of this project, Gan International Airport will become the Maldives' first fully solar-powered green airport. 2/2
— Fenaka Corporation Ltd (@TeamFenaka) January 20, 2022
އައްޑޫ ސޯލާ ޕަވާ މަޝްރޫއުގެ ތެރެއިން ހުޅުމީދޫގައި ދެ މެގަވޮޓް ޕީކްގެ ސޯލާ ޕީވީ ބެޓަރީ ސްޓޯރޭޖް ސިސްޓަމެއް ހަރުކުރާނެ އެއެވެ. ފެނަކައިން ބުނެފައި ވަނީ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ހުޅުމީދޫގައި ގާއިމުކުރެވޭ ނިޒާމުން އެ އަވަށާ ކައިރީގައި ހުރި ރިސޯޓްތަކަށް ވެސް އިއާދަކުރަނިވި ހަކަތަ ފޯރުކޮށް ދިނުން ކަމަށެވެ.
Congratulations @TeamFenaka. This is a great achievement towards our commitment to achieve “net-zero” emissions by 2030. https://t.co/EzAvaPvDDH
— Min. of Environment, Climate Change and Technology (@MoEnvmv) January 20, 2022
އައްޑޫގައި ފެނަކަ އިން ހިންގާ މި މަޝްރޫއުގެ ސަބަބުން ކަރަންޓު އުފެއްދުމަށް ކުރާ ހޭދައިގެ ތެރެއިން އަހަރަކު ގާތްގަނޑަކަށް 2.1 މިލިޔަން ލީޓަރުގެ ޑީސަލް އެންދުން މަދުކުރެވޭނެ އެވެ. އަދި ޖައްވަށް ބޭރުވާ ވިހަ ގޭހުގެ ތެރެއިން އަހަރަކު 5,500 ޓަނު ކާބަންޑަ އޮކްސައިޑް ވެސް މަދުކުރެވޭނެ އެވެ.
އެ ކުންފުނީގެ މަޝްރޫއުގައި ސޮއިކުރުމާ އެކު އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ މިއީ 2030 އާ ހަމައަށް އަންނަ އިރު "ނެޓް-ޒީރޯ" އެމިޝަނަށް ވާސިލުވާން ރާއްޖޭން ކުރާ މަސައްކަތްތަކަށް ވަރަށް ބޮޑު ބާރަކަށްވާނެކަން ފާހަގަކޮށް، ފެނަކަގެ ޓީމަށް މަރުހަބާ ކިޔައިފަ އެވެ.
އައްޑޫގައި ފްލޯޓިން ސޯލާޕެނަލް ހަރުކުރާނެ ބަޔަކު ހޯދަނީ
"އައްޑޫގެ ކަރަންޓު މައްސަލަ އަންނަ މަހު ހައްލުވާނެ"
އައްޑޫގެ ތިން އަވަށެއްގެ ނަރުދަމާގެ މަސައްކަތް ނިމެނީ
ހަކަތަ މަޝްރޫއުގެ ބީލަމުގެ މުއްދަތު އިތުރުކޮށްފި
ނުރައްކާތެރި ޓްރާންސްފޯމަރުތައް އެބަހުރި: އައްޑޫ ކައުންސިލް
ޗައިނާއިން ރާއްޖެ އަށް 262،500 ލެޑް ހަދިޔާކޮށްފި
އައްޑޫގެ ސޯލާ މަޝްރޫއު ފަށައިފި
އައްޑޫގައި ފަހުން ހެދި މަގުތައް އަލުން ކޮންނަނީ
އައްޑޫގެ އާ އިންޖީނުގެ އަޅަން ބިން ހަމަޖައްސަނީ
ފެނަކައިގެ އޮފީހަކުން ފައިސާތަކެއް ގެއްލުނު މައްސަލައެއް