Roadha Mihaaru
އެކައުންޓެންޓުން ޓްރޭންކުރުމުގެ ސްކޮލަޝިޕަށް 500 ފޯމް

ޗާޓަޑް އެކައުންޓެންޓުން ތަމްރީންކުރުމުގެ 150 ސްކޮލަޝިޕަށް 500 އެއްހާ ހުށަހެޅުން

20 ޖެނުއަރީ 2022

ޗާޓަޑް އެކައުންޓުން ތަމްރީންކުރަން ހުޅުވާލި 150 ފުރުސަތަށް 500 އެއްހާ މީހުން ކުރިމަތިލާފައިވާ ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޗާޓަޑް އެކައުންޓުން ތަމްރީންކުރަން ހުޅުވާލި 150 ފުރުސަތަށް 500 އެއްހާ މީހުން ކުރިމަތިލާފައިވާ ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ސަރުކާރުން ހުރިހާ ހަރަދެއް ހަމަޖައްސާފައިވާ ސްކޮލަޝިޕަށް ކުރިމަތިލާން ހުޅުވާލީ މިދިޔަ މަހުގެ 30 ގަ އެވެ. އެ މުއްދަތު މިއަދު ހަމަވިއިރު 493 ހުށަހެޅުމެއް ލިބިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގައި ތިބެގެން ކިޔަވަން ހުޅުވާލި ސްކޮލަޝިޕްތަކުގައި އޭސީސީއޭ ސްކިލްސް ލެވެލް، އޭސީސީއޭ ޕްރޮފެޝަނަލް ލެވެލް، ސީމާ މެނޭޖްމަންޓް ލެވެލް އަދި ސީމާ ސްޓްރެޓީޖިކް ލެވެލްއަށް ކިޔެވޭނެ އެވެ.

މިނިސްޓްރީން ބުނީ ސްކޮލަޝިޕަށް ކެންޑިޑޭޓުން ހޮވުމުގައި ގިނަ މޮޑިއުލްތައް ނިންމާފައިވާ ދަރިވަރުން ނުވަތަ ކުރިން ފުރިހަމަކޮށްފައިވާ ކޯހެއްގެ ސަބަބުން ގިނަ މޮޑިއުލްތަކަކަށް އެގްޒެމްޝަން ލިބޭ މީހުންނަށް އިސްކަންދޭނެ ކަމަށެވެ. އަދި އެކަޑެމިކް މެރިޓަށް ޕޮއިންޓް ދީގެން އެންމެ މަތިން ޕޮއިންޓް ލިބޭ ތަރުތީބުން ކެނޑިޑޭޓުން ހޮވަން އިސްކަންދޭނެ ކަމަށް ބުންޏެވެ.

ސްކޮލަޝިޕް ލިބޭ މީހުން ތިން މަސް ދުވަހުގެ ތެރޭގައި ކިޔަވަން ފަށަން ޖެހެ އެވެ. އެ މުއްދަތުގެ ތެރޭގައި ކިޔަވަން ނުފަށައިފި ނަމަ ސްކޮލަޝިޕް ކެންސަލްކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެ އެވެ.

އެ ސްކޮލަޝިޕްތަކަށް ހޮވޭ ދަރިވަރުންގެ ރަޖިސްޓްރީ ފީ އާއި އަހަރީ ސަބްސްކްރިޕްޝަން ފީ އާއި އެގްޒެމްޕްޝަން ލިބޭ މީހުންނަށް އެގްޒަމްޕްޝަން ފީ އާއި އިމްތިހާނު ފީގެ އިތުރުން ފޮތް އެލަވަންސް، ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކޮލެޖް ނުވަތަ ޔުނިވާސިޓީތަކުން ކިޔަވާ ނަމަ ޓިއުޝަން ފީ އަދި މަރުކަޒަކަށް ހާޒިރުނުވެ އަމިއްލައަށް ކިޔަވާ ދަރިވަރުންނަށް ޓިއުޝަން ފީ ނުހިމަނައި ބާކީ ހުރި ހަރަދުތައް ދޭނެ އެވެ.