Roadha Mihaaru
އިންޑިއާ: 3 ވަނަ ކޮވިޑް ރާޅުގެ ކުންނު ޖެނުއަރީގައި

އިންޑިއާ: 3 ވަނަ ކޮވިޑް ރާޅުގެ ކުންނު މި މަހު 23 ގައި

19 ޖެނުއަރީ 2022

ސައްވީސް ގަޑިއިރުގެ ތެރޭގައި އިންޑިއާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު ހުރި ނިސްބަތަށް ބަލާއިރު، މިހާރު ފެތުރެމުންދާ ކޮވިޑްގެ ތިން ވަނަ ރާޅުގެ އެންމެ އުސް ހިސާބަށް ލައްވާލާނީ މި މަހުގެ 23 ގައި ކަމަށް، އެ ގައުމުގެ ސިއްހީ ދާއިރާގެ ސައެންސްވެރިން ބުނެފި އެވެ.

ސައްވީސް ގަޑިއިރުގެ ތެރޭގައި އިންޑިއާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު ހުރި ނިސްބަތަށް ބަލާއިރު، މިހާރު ފެތުރެމުންދާ ކޮވިޑްގެ ތިން ވަނަ ރާޅުގެ އެންމެ އުސް ހިސާބަށް ލައްވާލާނީ މި މަހުގެ 23 ގައި ކަމަށް، އެ ގައުމުގެ ސިއްހީ ދާއިރާގެ ސައެންސްވެރިން ބުނެފި އެވެ.

ސައެންސްވެރިން ބުނާ ގޮތުގައި ތިން ވަނަ ރާޅު އޭގެ ކުންނަށް ފޯރާ އިރު ވެސް، ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ހަތަރު ލައްކައަކަށް ނާރާނެ އެވެ. ވިޔަފާރީގެ މައި މަރުކަޒުގެ ގޮތުގައި ބަލާ މުމްބާއީގައި ފެތުރެމުން ދިޔަ ކޮވިޑުގެ ތިން ވަނަ ރާޅު އޭގެ ކުންނަށް ފޯރީ މި ޖެނުއަރީ މަހުގެ 2 ވަނަ ހަފުތާގައި ކަމަށް ވެސް ސައެންސްވެރިން ބުނެ އެވެ.

ވެރިރަށް ނިއު ދިއްލީ އާއި މުމްބާއީގައި ވަރަށް ހަލުވިކޮށް ކޮވިޑް ފެތުރެމުން އައިސް، މިދިޔަ ހަފުތާގެ ފަހުކޮޅުން ފެށިގެން، ކޮވިޑް ޖެހޭ މީހުންގެ އަދަދު އަންނަނީ ދަށް ވަމުންނެވެ. ސަބަބެއް ކަމަށް ސައެންސްވެރިން ލަފާކުރަނީ، ދިފާއީ ނިޒާމު ބަލިކަށި މީހުންގެ ތެރެއިން ވެސް ގިނަ ބަޔަކަށް ކޮވިޑް ޖެހި ބަލިން ފަސޭހަވެ ހަށިގަނޑުގައި ކޮވިޑްގެ ދިފާއު އުފެދިފައިވާތީ، އޮމިކްރޯން ބާވަތުގެ ވައިރަހުން ކޮވިޑް ޖެހޭ މީހުންގެ އަދަދު ދަށްވަނީ ކަމަށެވެ.

ސައެންސްވެރިންގެ ލަފާކުރުންތަކަށް ބަލާއިރު، މުމްބާއީގައި ކޮވިޑްގެ ތިން ވަނަ ރާޅު އެންމެ އުހަށް އެރީ މި މަހުގެ 12 ވަނަ ދުވަހު އެވެ. އަދި ވެރިރަށް ދިއްލީގައި ކޮވިޑްގެ ތިން ވަނަ ރާޅު އެންމެ އުހަށް ފޯރީ ޖެނުއަރީ 16ގަ އެވެ. އަދި ކަލްކަތާގައި ޖެނުއަރީ 13 ގައެވެ.

އޭގެ އިތުރުން މަހާރާޝްތުރާ އާއި ގުޖުރާތާއި އުއްތަރަ ޕްރަދޭޝްގައި ޖެނުއަރީ 19 ގައި އަދި ބެންގަލޫރުގައި ޖެނުއަރީ 22 ގައި ކޮވިޑްގެ ތިން ވަނަ ރާޅު އޭގެ ކުންނަށް ފޯރާނެ ކަމަށް ސައެންސްވެރިން ލަފާކުރެ އެވެ. ކޮވިޑް ޖެހޭ މީހުންގެ އަދަދުތައް މައްޗަށް ދިޔަސް، ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި އެނދުމަތިކޮށް ފަރުވާ ދޭންޖެހޭ މީހުންގެ އަދަދު ވަރަށް ދަށެވެ. ބައެއް ސަރަހައްދުތަކުގައި ހޮސްޕިޓަލުގައި ފަރުވާ ދޭންޖެހެނީ، ޕޮޒިޓިވްވާ މީހުންގެ އެއް ޕަސެންޓަށް ވުރެ މަދު ނިސްބަތެއްގެ މީހުންނެވެ.