އެކްޓިންއާ ދުރުގައި ހުންނަތާ 10 ވަރަކަށް އަހަރު ފަހުން ބަތަލާ ސުޝްމިތާ ސެން 2020 ގައި ފެނިގެން ދިޔަ ސީރީޒް "އާރިއާ" އެންމެ ފުރަތަމަ ހަދަން އުޅުނީ، ފީޗާ ފިލްމެއްގެ ގޮތުގައި ކަމަށާއި އޭރު އެ ހުށަހެޅީ ކާޖޮލް އަށް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
18 ޖެނުއަރީ 2022
އެކްޓިންއާ ދުރުގައި ހުންނަތާ 10 ވަރަކަށް އަހަރު ފަހުން ބަތަލާ ސުޝްމިތާ ސެން 2020 ގައި ފެނިގެން ދިޔަ ސީރީޒް "އާރިއާ" އެންމެ ފުރަތަމަ ހަދަން އުޅުނީ، ފީޗާ ފިލްމެއްގެ ގޮތުގައި ކަމަށާއި އޭރު އެ ހުށަހެޅީ ކާޖޮލް އަށް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ރާމް މަދުވާނީ ޑައިރެކްޓްކުރި ސީރީޒް ފީޗާ ފިލްމެއްގެ ގޮތުގައި ހަދަން އުޅުނީ ކާޖޮލްގެ ފިރިމީހާ މަޝްހޫރު އެކްޓަރު އަޖޭ ދޭވްގަން ވެސް ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވެ، ނެޓްފްލިކްސްއާ ގުޅިގެންނެވެ. އެކަމަކު އަމިއްލަ ބައެއް ސަބަބުތަކަކާ ހެދި އަޖޭ އާއި ކާޖޮލް "އާރިއާ" ގައި ބައިވެރި ނުވާން ނިންމުމުން، އެ ވެބް ސީރީޒަކަށް ހަދަން ނިންމައި، ބަތަލާގެ ރޯލު ރަވީނާ ޓަންޑަނަށް ހުށަހެޅި އެވެ. އެކަމަކު އޭނާ ވެސް އެ ގަބޫލުނުކޮށް ދޫކޮށްލީ އެވެ. އެކަމަކު އޭގެ ސީދާ ސަބަބެއް ސާފެއް ނުވެ އެވެ.
ސުޝްމިތާ ދާދި ފަހުން ބުނި ގޮތުގައި ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު "އާރިއާ" އަކީ އޭނާގެ ކެރިއަރަށް ގެނެސްދިން އިތުރު ކުރިއެރުމެކެވެ. މީގެ ފުރަތަމަ ސީޒަން ނުވަ އެޕިސޯޑާ އެކު ގެނެސްދިނުމުން އެއަށް ލިބުނު ތަރުހީބު ރަނގަޅުކަމުން ދެވަނަ ސީޒަނެއް ހަދަން ނިންމީ އެވެ. އަދި އެ ސީޒަން އަށް އެޕިސޯޑާ އެކު ސްޓްރީމްކުރީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ.
އާއިލާއަށްޓަކައި ގުރުބާންވާ ޖެހިލުން ކުޑަ އަންބެއް/މައެއްގެ ރޯލު ސުޝްމިތާ ކުޅުނު "އާރިއާ" އަކީ ނެދަލޭންޑްސްގެ ސިލްސިލާ "ޕެނޯޒާ" އަށް ބިނާކޮށް ހެދި އެއްޗެކެވެ.
މި ސީރީޒާ އެކުއެކީހެން މަދުވާނީ ފީޗާ ފިލްމެއް ވެސް ގެނެސްދިނެވެ. އެއީ ނެޓްފްލިކްސް އިން ނޮވެމްބަރުގައި ޕްރީމިއާކުރި ކާތިކް އާރިޔަންގެ "ދަމާކާ" އެވެ.
"އާރިއާ" އިން ސުޝްމިތާ އަލުން އެކްޓިން އަށް ނުކުތަސް އިތުރު އެއްވެސް ޕްރޮޖެކްޓަކަށް އޭނާ އަދި ސޮއިކޮށްފައެއް ނުވެ އެވެ.
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ކާޖޮލްގެ "ތުރިބާންގާ" މި މަހުގެ 15 ގައި
ކާޖޮލްގެ "ތުރިބާންގާ" އަންނަ މަހު
މި އަހަރު ވެބް ސީރީޒްތަކުން ފެންނާނެ ތަރިން
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ސުޝްމިތާގެ "އާރިއާ 2" ޑިސެމްބަރު 10 ގައި
ސުޝްމިތާގެ "އާރިއާ 2" ގެ ދައްކާލުމެއް
ކާޖޮލްގެ އާ ފިލްމަކީ "ދަ ލާސްޓް ހުރާ"
ކާޖޮލް ފެނުނީ ފޫހި، ބޮޑާ މީހެއްގެ ގޮތުގައި: އަޖޭ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް