ބޮލީވުޑްގެ ބަތަލާ ސުޝްމިތާ ސެންގެ މިދިޔަ އަހަރުގެ ކާމިޔާބު ވެބް ސީރީޒް "އާރިއާ" ގެ ދެވަނަ ސީޒަން އަންނަ މަހުގެ 10 ގައި ގެނެސްދޭން ނިންމައި، އޭގެ ޓްރެއިލާ ވެސް ދައްކާލައިފި އެވެ.
27 ނޮވެމްބަރ 2021
ބޮލީވުޑްގެ ބަތަލާ ސުޝްމިތާ ސެންގެ މިދިޔަ އަހަރުގެ ކާމިޔާބު ވެބް ސީރީޒް "އާރިއާ" ގެ ދެވަނަ ސީޒަން އަންނަ މަހުގެ 10 ގައި ގެނެސްދޭން ނިންމައި، އޭގެ ޓްރެއިލާ ވެސް ދައްކާލައިފި އެވެ.
"އާރިއާ 2" ވެސް ސްޓްރީމް ކުރާނީ ފުރަތަމަ ސީޒަން ވެސް ސްޓްރީމްކުރި ޑިޒްނީ ޕްލަސް ހޮޓްސްޓާއިންނެވެ. ރާމް މަދުވާނީ ޑައިރެކްޓް ކޮށްފައިވާ މި ސީރީޒަކީ އަންހެނަކު އާއިލާގެ ރައްކާތެރިކަމާއި ސަލާމަތަށްވާ ގުރުބާނީ ފެނިގެންދާ އެއްޗެކެވެ.
ސުޝްމިތާ ބުނި ގޮތުގައި އެކްޓިންއާ ދުރުގައި ހުންނަތާ އަހަރުތަކެއް ފަހުން ކުޅުނު "އާރިއާ" އަކީ އޭނާގެ ހަޔާތަށް ވެސް ހެޔޮ ބަދަލުތަކެއް ގެނުވައިދިން އެއްޗެކެވެ. ސާޖަރީއެއް ހެދިކަން ވެސް މިދިޔަ ހަފުތާގައި އިއުލާންކުރި ކުރީގެ މިސް ޔުނިވާސް ބުނި ގޮތުގައި "އާރިއާ 2" ވާނީ ހުރިހާ ގޮތަކުން ވެސް ފުރަތަމަ ސީޒަނަށް ވުރެ ފުރިހަމަ އަދި ޝައުގުވެރި އެެއްޗަކަށެވެ.
މި ސީރީޒްގެ މަސައްކަތް ފެށި އިރު، ކުރިން ދެވަނަ ސީޒަނެއް ހަދާ ގޮތަކަށް ހަމަޖެހިފައެއް ނެތެވެ. އެކަމަކު ވާހަކަ އިތުރަށް ދިގުދަންމަން ނިންމީ ބެލުންތެރިންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބާ ގުޅިގެންނެވެ.
މިދިޔަ އަހަރުގެ ޖޫން 19 ގައި ގެނެސްދިން "އާރިއާ" އަކީ ނުވަ އެޕިސޯޑްގެ އެއްޗެކެވެ. އެ ސީރީޒަކީ މި އަހަރުގެ އިންޓަނޭޝަނަލް އެމީ އެވޯޑްސްގައި އެންމެ މޮޅު ޑްރާމާ ސީރީޒަށް ނޮމިނޭޓް ވި އެއްޗެކެވެ. އަދި މިދިޔަ އަހަރުގެ އޯޓީޓީ އެވޯޑްސްގައި ސުޝްމިތާ އަށް މޮޅު ބަތަލާގެ އެވޯޑް "އާރިއާ" އިން ލިބުނެވެ.
"އާރިއާ 2" ބެލުންތެރިންނަށް އަންނަ މަހު ދޫކޮށްލާ އިރު، މީގެ ޑައިރެކްޓަރު މަދުވާނީގެ އެންމެ ފަހުގެ ފީޗާ ފިލްމަކީ ކާތިކް އާރިޔަނާ އެކު މި މަހުގެ 19 ގައި ނެޓްފްލިކްސް އިން ގެނެސްދިން "ދަމާކާ" އެވެ.
ސުޝްމިތާގެ ކުރިން "އާރިއާ" ކާޖޮލް އާއި ރަވީނާ އަށް
ސުޝްމިތާގެ "އާރިއާ 2" ގެ ދައްކާލުމެއް
ސުޝްމިތާގެ "އާރިއާ 2" ގެ މަސައްކަތް ފަށައިފި
"އާރިއާ" އަށް ފަހު ސުޝްމިތާގެ އަގު މައްޗަށް
ސުޝްމިތާގެ "އާރިއާ" މި މަހު 19 ގައި
އަކްޝޭގެ "ދި އެންޑް" ފަށަނީ
"މޮޑަން ލަވް" ގެ އިންޑިއާ ވާޝަނެއް ގެނެސްދެނީ
މި އަހަރު ވެބް ސީރީޒްތަކުން ފެންނާނެ ތަރިން
ސުނިލް ޝެޓީ މާފިއާ ލީޑަރެއްގެ ރޯލަށް
މަނީޝާ 26 އަހަރު ފަހުން ބަންސާލީއާ އެކު