ބަތަލާ ސުޝްމިތާ ސެން 10 ވަރަކަށް އަހަރުގެ މެދުކެނޑުމަކަށް ފަހު މިދިޔަ އަހަރު އަލުން އެނބުރި އެކްޓިން އަށް ނުކުތް ވެބް ސީރީޒް "އާރިއާ" ގެ ދެވަނަ ސީޒަންގެ މަސައްކަތް ފަށައިފި އެވެ.
01 މާޗް 2021
ބަތަލާ ސުޝްމިތާ ސެން 10 ވަރަކަށް އަހަރުގެ މެދުކެނޑުމަކަށް ފަހު މިދިޔަ އަހަރު އަލުން އެނބުރި އެކްޓިން އަށް ނުކުތް ވެބް ސީރީޒް "އާރިއާ" ގެ ދެވަނަ ސީޒަންގެ މަސައްކަތް ފަށައިފި އެވެ.
މިސް ޔުނިވާސްގެ ތާޖު1994 ގައި ހޯދި ސުޝްމީތާ ވަނީ "އާރިއާ 2" ފެށިކަން އިންސްޓަގްރާމްގައި ކަށަވަރުކޮށް ދީފަ އެވެ. އަމިއްލަ ފޮޓޯއަކާ އެކު ސުޝްމިތާ ބުނީ "އާރިއާގެ ކުރިމަތީގައި އޮތީ ބޮޑު ތޫފާނެއް" ކަމަށެވެ.
އޭނާ ޓައިޓްލް ރޯލް ކުޅުނު "އާރިއާ" އަކީ 2016 ގެ "ނީރްޖާ" ޑައިރެކްޓްކުރި ރާމް މަދުވާނީ ގެނެސްދިން ސީރީޒެކެވެ. ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ކްރައިމް ޑްރާމާ ސީރީޒް އަކީ ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ސްޓްރީމްކުރި ނުވަ އެޕިސޯޑްގެ އެއްޗެކެވެ.
ދިމާވާ ނުރައްކާތަކުން އާއިލާ ސަލާމަތްކުރަން މަސައްކަތްކުރާ ހިތްވަރުދަ އަންބެއް/މައެއްގެ ރޯލު ސުޝްމިތާ ކުޅުނު "އާރިއާ" ގެ ކާސްޓްގައި ޗަންދުރަޗޫރް ސިންގް އާއި ނަމިތު ދާސް އާއި ސިކަންދަރް ކޭރް އަދި ވިކާސް ކުމާރު ފަދަ ތަރިން ހިމެނެ އެވެ.
މި ސީރީޒަކީ 2010-2017 އަށް ގެނެސްދިން ނެދަލެންޑްސްގެ ސިލްސިލާ "ޕެޒޯނާ" އަށް ބިނާކޮށް ގެނެސްދިން އެއްޗެކެވެ. "އާރިއާ" ގެ ދެ ވަނަ ސީޒަންގެ މަސައްކަތް ފެށި ނަމަވެސް މިއާ ބެހޭ ތަފުސީލުތަކެއް އަދި ހާމައެއްނުކުރެ އެވެ.
އޭގެ މަސައްކަތް މަދުވާނީ ފަށާފައި މި ވަނީ ކާތިކް އާރިޔަނާ އެކު ގެނެސްދޭން އުޅޭ ފިލްމު "ދަމާކާ" ގެ ޝޫޓިން ޑިސެމްބަރު މަހު ނިންމާލާފައި ވަނިކޮށެވެ.
ސުޝްމިތާގެ ކުރިން "އާރިއާ" ކާޖޮލް އާއި ރަވީނާ އަށް
ސުޝްމިތާގެ "އާރިއާ 2" ޑިސެމްބަރު 10 ގައި
ސުޝްމިތާގެ "އާރިއާ 2" ގެ ދައްކާލުމެއް
"އާރިއާ" އަށް ފަހު ސުޝްމިތާގެ އަގު މައްޗަށް
ސުޝްމިތާގެ "އާރިއާ" މި މަހު 19 ގައި
އަކްޝޭގެ "ދި އެންޑް" ފަށަނީ
"މޮޑަން ލަވް" ގެ އިންޑިއާ ވާޝަނެއް ގެނެސްދެނީ
މި އަހަރު ވެބް ސީރީޒްތަކުން ފެންނާނެ ތަރިން
ސުނިލް ޝެޓީ މާފިއާ ލީޑަރެއްގެ ރޯލަށް
މަނީޝާ 26 އަހަރު ފަހުން ބަންސާލީއާ އެކު