11 ޖެނުއަރީ 2022
ފަތްޖެހޭ ފޯނަކީ މިހާރު ސްމާޓް ފޯނު ގެންގުޅޭ މީހުންނަށް އާ އެއްޗެއް ނޫނެވެ. އެކަމަކު ސްމާޓްފޯނުގެ އެންމެ މަޝްހޫރު އެއް ބްރޭންޑް ކަމަށްވާ އައިފޯންގެ މި ޒާތުގެ ފޯނެއް އަދި އެޕަލް ކުންފުންޏަކަށް ނުނެރެ އެވެ. ނަމަވެސް އެ ކުންފުނިން ފަތްޖެހޭ ފޯނަށް މަސައްކަތްކުރަމުން އަންނަ ކަމަށް ވާހަކަ ދެވެކޭތާ ވެސް މިހާރު ދެ އަހަރެއްހާ ދުވަސް ވެއްޖެ އެވެ.

މިކަމާ ބެހޭ އެންމެ ފަހުގެ ޚަބަރުތައް ބުނާ ގޮތުން ފަތްޖެހޭ ފޯނުގެ އެތައް ޕްރޮޓޯޓައިޕެއް މިހާރު އަންނަނީ ޓެސްޓްކުރަމުންނެވެ. މި ވާހަކަ ހާމަކޮށްފައި މި ވަނީ ޓެކް ކުންފުނީގެ އެތެރޭގެ ޚަބަރުތައް ކޮނެގެން ޓުވިޓާ އަށް ތިލަކޮށްދޭ ޑައިލަން ޑީކޭޓީ އެވެ. އޭނާ އާންމުކޮށް ތިލަކޮށްދޭ މިފަދަ ވާހަކަތައް ވަރަށް ގިނަ ފަހަރަށް ދިމާވެ އެވެ.
ޑައިލަން ބުނި ގޮތުގައި އެޕަލް ފަތްޖެހޭ ފޯނުތަކެއްގެ ޕްރޮޓޯޓައިޕް ޓެސްޓްކުރަމުން ދިޔަސް މިކަން އެޕަލް އިން ކުރަނީ ވަރަށް ސިއްރުންނެވެ. އެހެންވެ ފޯނާ ބެހޭ އެއްވެސް ވާހަކައެއް، ރަސްމީކޮށް ތިލަވުމަކީ ވަރަށް ނާދިރުކަމެނެވެ. އެއް ސަބަބަކީ ފަތްޖެހޭ ފޯނުގެ މާކެޓަށް މިހާރު ވާ ގޮތެއް ވެސް އެޕަލް އިން ވަރަށް ގާތުން ބަލަމުން އައުމެވެ. އެހެންވެ އެޕަލްގެ ތައްގަނޑުގައި ފަތްޖެހޭ ފޯނެއް ނެރޭ ނަމަ ނެރޭނީ ވަރަށް ގިނަ ކަންކަމަަށް ބެލުމަށް ފަހު އެވެ.
ވަކިން ހާއްސަކޮށް މާކެޓްގައި މިހާރު ހުރި މި ޒާތުގެ އުފެއްދުންތަކާއި އަދި ނެރެން ތައްޔާރުވާ ފަތްޖެހޭ ފޯނުތަކަށް ޔަގީނުން ވެސް އެޕަލް އިން ފާރަލާނެ އެވެ. މި ހުރިހާ ކަމަކަށް ބަލައިފައި އެޕަލް އިން ފަތްޖެހޭ ފޯނެއް ނެރޭ ނަމަ، ހަމަ ޔަގީނުން ވެސް ކަސްޓަމަރުން "އަންތަރީސްކުރުވާ" ވަރުގެ އުފެއްދުމެއް ނޫނީ އެޕަލް އިން ނުގެނެސްދޭނެ އެވެ.
ފޯން ވިޔަފާރީގެ ރަސްކަން އަލުން އެޕަލް އަށް
ފުރަތަމަ އައިފޯނު ހަނދާން އެބަހުރިތަ؟
މުޅިން ބިއްލޫރިން ހުންނަ އައިފޯން އެޕަލްއިން ނެރެފާނެ
އެޕަލް އިން "ސެލްފް-ސާވިސް ރިޕެއާ" ޕްރޮގްރާމެއް
އައިޕެޑް މަދުކޮށް، އައިފޯން އުފެއްދުން އިތުރުކޮށްފި
އެޕަލް އިން 19 ޑޮލަރުގެ ފޮތިކޮޅެއް
އައިފޯން 13 ލިބުން ދަތިވެދާނެ
އާ އައިފޯނުގެ ސްޓޮރޭޖްގައި 1 ޓެރަބައިޓް؟
އައިފޯން 13 ކުރީގެ ފޯނުތަކަށް ވުރެ މާ އަގު ބޮޑުވެދާނެ
ޝޯމީގެ އަމާޒަކީ ފޯނު ވިޔަފާރީގެ ކުރި އަތުލުން