ލަންކާގެ ހަރަދުތައް ހަމަޖައްސަން އެ ގައުމުގެ ރަނުގެ ރިޒާވުގެ ބޮޑު ބައެއް ވިއްކާލައިފި އެވެ.
09 ޖެނުއަރީ 2022
ލަންކާގެ ހަރަދުތައް ހަމަޖައްސަން އެ ގައުމުގެ ރަނުގެ ރިޒާވުގެ ބޮޑު ބައެއް ވިއްކާލައިފި އެވެ.
ލަންކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ގައުމުގެ ރަނުގެ ރިޒާވް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހުރީ 380 މިލިއަން ޑޮލަރުގަ އެވެ. ނަމަވެސް ޑިސެމްބަރު މަހު ވަނީ އެ އަދަދު 175 މިލިއަން ޑޮލަރަށް ތިރިވެފަ އެވެ.
ލަންކާގެ އިގްތިސާދީ ހާލަތު އިންތިހާއަށް ގޯސްވެފައިވާ މި ދަނޑިވަޅުގައި ލަންކާގެ ރައީސް ގޮތަބަޔާ ރާޖަބަކްސަގެ ސަރުކާރުން ވަނީ މުހިއްމު ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް ހޯދުމަށް އެއް ބިލިއަން ޑޮލަރުގެ ރިލީފް ޕެކޭޖެއް ތައާރަފްކޮށްފަ އެވެ. އެ ގައުމުން ޑޮލަރަށް ޖެހިފައިވާ އިރު އަސާސީ ކާބޯތަކެތިން ނަގާ ޓެކްސް ކުޑަކުރުމަށް ވަނީ ނިންމައިފަ އެވެ.
ގިނަ އަދަދެއްގެ ދިވެހިން ވެސް ދިރިއުޅޭ ސްރީ ލަންކާ ރުޕީސްގެ އަގު ވެސް ވަނީ ވަރަށް ބޮޑަށް ވެއްޓިފަ އެވެ. ލަންކާގައި މި ވަގުތު ޑޮލަރެއްގެ އަގު އުޅެނީ 202-203 ރުޕީސްއާ ދެމެދުގަ އެވެ.
ލަންކާގައި ކާބޯތަކެތީގެ އަގުތައް ވެސް ހުރީ ވަރަށް މަތީގަ އެވެ. ކަނޑުމަސް ކިލޯއެއްގެ އަގު ވަނީ 800 ރުޕީސް އިން 1،200 ރުޕީސް އަށް ބޮޑުވެފަ އެވެ. އަދި ކުކުޅުގެ އަގު ވަނީ 400 ރުޕީސް އިން 800 ރުޕީސް އަށް އުފުލިފަ އެވެ. މީގެ އިތުރުން ކިރާއި ހަކުރާއި ކައްކާ ގޭހުގެ އަގު ވެސް ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.
ލަންކާ އިން އިތުރު ރަން ވިއްކުމުން ރިޒާވް ދަށަށް
ލަންކާގައި ކަރަންޓުގެ އަގު 15 ޕަސެންޓް ބޮޑުކޮށްފި
ލަންކާ ސަރުކާރުގެ ކުންފުނިތައް ޕްރައިވެޓައިޒްކުރަނީ
ލަންކާއަށް ވޯލްޑް ބޭންކުން 1 ބިލިއަން ޑޮލަރުގެ ލޯނެއް
ލަންކާގައި ފަގީރުކަން އާދަޔާ ހިލާފަށް ބޮޑު
"ވަގު މުދާ" ދައުލަތަށް ނަގަން ލަންކާގައި ގާނޫނެއް
ލަންކާގެ އިގްތިސާދު ހަމަޔަކަށް އެޅިއްޖެ: އައިއެމްއެފް
ލަންކާގެ އާ ރައީސް ވެސް އައިއެމްއެފްގެ ޕްރޮގްރާމާ އެކު
ލަންކާގެ އިގްތިސާދަށް 4.4 ޕަސެންޓުގެ ކުރިއެރުމެއް
ޖަޕާނުން އަލުން ލަންކާއަށް އެހީދޭން ފަށައިފި