08 ޖެނުއަރީ 2022
ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ޗައިނާއަށް ދެވޭ ގޮތަށް ދެ ގައުމުން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ޗައިނާއަށް ދެވޭ ގޮތަށް ދެ ގައުމުން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ޗައިނާއަށް ދާ ދިވެހިންނަށް އޮން އެރައިވަލް ވިސާ ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރީ ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގަ އެވެ.
ފޮރިން މިނިސްޓްރީން ބުނީ ވިސާއަށް ލުއި ދިނުމުގެ އެއްބަސްވުމުގެ ދަށުން ޗައިނާއަށް ދަތުރުކުރާ ދިވެހިންނަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ ކަމަށެވެ. އެކަމަކު އެ ލުއިތައް ލިބޭނީ ކޮވިޑް-19 އާ ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅުތައް ނިމުމަކަށް އައުމުން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން ރާއްޖެއަށް އަންނަ ޗައިނާ ރައްޔިތުންނަށް ވެސް އެ އެއްބަސްވުމުގެ ދަށުން އޮންއެރައިވަލް ވިސާ ލިބޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މީގެކުރިން ދިވެހިންނަށް ޗައިނާއަށް ދަތުރު ކުރެވެނީ ދުރާލާ ވިސާ ހޯދައިގެންނެވެ.
• ސިއްހީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން އާކުރުން
ލޮލުގެ ބަލިތަކަށް ފަރުވާދޭ ޚާއްސަ ކްލިނިކެއް/ކޭމްޕެއް މި އެއްބަސްވުމުގެ ދަށުން ޗައިނާއިން ހިންގަން ވަނީ ނިންމައިފަ އެވެ. މި އެއްބަސްވުމުގައި ދެ އަހަރުގެ މުއްދަތަކަށް އެންމެ ފުރަތަމަ ސޮއިކުރީ 2019 ވަނަ އަހަރު އެވެ. މި އެއްބަސްވުމުގެ ދަށުން ވަނީ ލޮލުގެ ފަރުވާދޭ ޚާއްސަ ކޭމްޕެއް ހިންގައިފަ އެވެ.
• އިގްތިސާދީ އަދި ފަންނީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ހިލޭ އެހީ ދިނުން
މި އެއްބަސްވުމުގެ ދަށުން ޗައިނާ ސަރުކާރުން 62.8 މިލިއަން އެމެރިކާ ޑޮލަރު (968 މިލިއަން ރުފިޔާ) ދޭނެ އެވެ. މިއީ އިޖްތިމާއީ އަދި އުމްރާނީ ތަރައްގީއަށް ހޭދަކުރުމަށް ދޭ އެހީއެކެވެ.
• ސިނަމާލެ ބްރިޖްގެ މެއިންޓަނަންސް މަސައްކަތުގެ މުއްދަތު އިތުރުކުރުން
ޗައިނާ އިން ހެދި ސިނަމާލެ ބްރިޖް ދިވެހި ސަރުކާރާ ހަވާލުކުރުމަށްފަހު ދެ އަހަރުގެ މުއްދަތަކަށް ބްރިޖްގެ މަރާމާތުގެ މަސައްކަތް ބެލެހެއްޓުމަށް ޗައިނާއާ އެކު ކުރިން ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާތީ މި މަސައްކަތް އަދިވެސް ޗައިނާ އިން ކުރިއަށް ގެންދަން ވަނީ އެއްބަސްވެފަ އެވެ.
• ފަސް ރަށެއްގައި މައިކްރޯގްރިޑް ސީވޯޓާ ޑީސެލިނޭޝަން ޕްލާންޓް ބެހެއްޓުން
މި އެއްބަސްވުމުގެ ދަށުން ހއ. ކެލާ، ރ. އަލިފުށި ކ. ކާށިދޫ، ޅ. އޮޅުވެލިފުށި އަދި ގއ. ދާންދޫގައި މައިކްރޯ-ގްރިޑް ސީވޯޓާ ޑީސެލިނޭޝަން ޕްލާންޓް ބަހައްޓަން ވަނީ ނިންމައިފަ އެވެ. މިއީ 199 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.
ޗައިނާގެ ޓޫރިސްޓުންގެ އަދަދު 2023ގައި 1 މިލިއަނަށް
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި
"ރާއްޖެއަށް ޗައިނާއިން އަބަދުވެސް އެއްބާރުލުން ދޭނެ"
ޗައިނާއާއެކު އޮތް ގުޅުން ވާނީ ވަރުގަދަ: ރައީސް
ޒަމީރުގެ ޗައިނާ ދަތުރުގައި ދެ ގައުމުގެ ރަސްމީ ވާހަކަތައް ބާއްވައިފި
ރާއްޖެއަށް އެންމެ ބޭނުންވާ ކަންކަމަށް އެހީވާނަން:ޗައިނާ
ރައީސްގެ އުފަންދުވަހަށް ޗައިނާގެ ރައީސްގެ ސިޓީފުޅެއް
ޗައިނާއިން އިސްކަން ދެނީ ހިލޭ އެހީ ދިނުމަށް: ސަފީރު
ޗައިނާ-އިންޑިއާ ގަދަހިފުމުގައި ފިތޭކަށް ބޭނުމެއް ނޫން
"ޗައިނާ-ރާއްޖޭގެ ގުޅުމަށް އޮތީ އުޖާލާ އަހަރުތަކެއް"