05 ޖެނުއަރީ 2022
ވޯލްޑް ކަޕް ކޮލިފައިންގައި ގުއާމްއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެ އިން ލަންކާގައި ކޭމްޕްކުރި އެވެ. ރާއްޖޭގެ ގައުމީ ޓީމުގެ އެންމެ މުހިންމު މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ) އޭރު ހުރީ ޓީމާ އެކު ތަމްރީނު ހަދަން ކޮލަމްބޯގަ އެވެ. ނަމަވެސް ޓީމު ދޫކޮށް ކުއްލިއަކަށް އިއްބެ ރާއްޖެ އަންނަން ޖެހުނީ ލޯންޗު ފެތުމުގެ ހާދިސާއެއްގައި އޭނާއާ ގާތްތިމާގެ ފަސް މެންބަރު އެއްދުވަހެއްގެ އެއްވަގުތެއްގައި މަރުވުމުންނެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ގުއާމްއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެ އިން ލަންކާގައި ކޭމްޕްކުރި އެވެ. ރާއްޖޭގެ ގައުމީ ޓީމުގެ އެންމެ މުހިންމު މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ) އޭރު ހުރީ ޓީމާ އެކު ތަމްރީނު ހަދަން ކޮލަމްބޯގަ އެވެ. ނަމަވެސް ޓީމު ދޫކޮށް ކުއްލިއަކަށް އިއްބެ ރާއްޖެ އަންނަން ޖެހުނީ ލޯންޗު ފެތުމުގެ ހާދިސާއެއްގައި އޭނާއާ ގާތްތިމާގެ ފަސް މެންބަރު އެއްދުވަހެއްގެ އެއްވަގުތެއްގައި މަރުވުމުންނެވެ.
އިިއްބެގެ އުފަން ރަށް، ހދ. ނޮޅިވަރަންފަރުން ފުރައިގެން އެ އަތޮޅު ހަނިމާދު އަށް އޮގަސްޓް 2019 ގައި ދަތުރުުކުރި ލޯންޗެއް ބަންޑުން ޖަހާލައި ފަސް މީހުން މަރުވެ ދިޔަ ހާދިސާގެ އަސަރު އިއްބެގެ މުޅި ކެރިއާ އަށް ކުރި އެވެ. ގައުމީ ޓީމަށް 2018 ގައި ފުލްކޮށް ކުޅެން ފެށި އިއްބެއަކީ އެ ހާދިސާއާ ހަމައަށް ކޯޗުގެ އެންމެ ފުރަތަމަ ޗޮއިސް އެވެ. ހާއްސަކޮށް ބަންގްލަދޭޝްގައި 2018 ގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް ރާއްޖެ އަށް ކާމިޔާބުކޮށްދިނުމުގައި އިއްބެ ދެއްކި މޮޅުކުޅުމާ އެކު އޭނާގެ މުހިންމުންކަން ޓީމަށް ބޮޑުވި އެވެ.
އާއިލާ އަށް ކުރިމަތިވި ހިތްދަތިކަމުގައި އިއްބެ ޓީމާ ވަކިވެގެން ދިޔަ ގޮތަށް އޭނާގެ ކުޅުން ފަނޑުވި އެވެ. އެއްވަރެއްގައި ޕާފޯމް ނުކުރެވުނެވެ. ފުލުފުލުގައި އަނިޔާވެ ދެމެހެއްޓެނިވި ގޮތެއްގައި ކުޅެވޭ ގޮތެއް ނުވި އެވެ. މިދިޔަ ދެސީޒަންގައި ވެސް އޭނާ އަށް ރަނގަޅު ކުޅުމެއް ނުދެއްކުނެވެ.
މި ސީޒަންގައި ފެންނަ އިއްބެ ތަފާތެވެ. ކުރީގެ ކުޅުން އޭނާގެ ކިބައިން ފެންނަން ފަށައިފި އެވެ. ޕްރެޒިޑެންޓްސް ކަޕްގައި އެންމެ ފަހުން މާޒިޔާ ކުޅުނު މެޗުގައި، ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުމެ ދެ ލަނޑު ޖެހި އެވެ. އެކަމަކު އިއްބެ ބުނީ އަދި ވެސް ކުރީގެ ކުޅުން ނުދެއްކޭ ކަމަށެވެ.
އިއްބެ (ކ) މާޒިޔާގެ ކުޅުންތެރިންނާއެކު އުފާފާޅު ކުރަނީ. --ފޮޓޯ: މިހާރު
"ކުރީގެ ލެވަލް އަށް ދާން އަދި ވަރަށް ބައިވަރު މަސައްކަތްކުރަން އެބަހުރި،" އިއްބެ ބުންޏެވެ.
"އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ކޮންސިސްޓެންސީ ހިފެހެއްޓުން. އެއްވަރެއްގައި ކުޅުން ހިފެއްހެއްޓުން. އެގޮތުގައި ހިފެހެއްޓޭ ވަރަކަށް އެ ލެވަލް އަށް އަލުން ދެވޭނެ."
އިއްބެގެ ހާއްސަ މަގާމަކީ މިޑްފީލްޑެވެ. އެކަމަކު މާޒިޔާގައި ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ދަނީ ދެ މަގާމަށް އޭނާ ލައްވައި ކުޅުވަމުންނެވެ. އެންމެފަހުން ގްރާންޑޭއާ ދެކޮޅަށް ކުޅުނު މެޗުގައި އިއްބެ އަށް، މޯހަން ދިނީ ފޯވާޑެއްގެ ރޯލެވެ.
"ދެ މަގާމަކަށް ކުޅޭކަށް އުނދަގުލެއް ނޫން," އިއްބެ ބުންޏެވެ "އެޓޭކިން ވެއްޖެއްޔާ ކޮންމެ މަގާމަކަށް ވެސް ކުޅެވޭނެ."
މީގެ ކުރިން، އިއްބެގެ ކުޅުމާ ބެހޭގޮތުން މޯހަން ބުނީ އޭނާ ތަފާތު ކުޅުންތެރިއަކަށް ވުމުގެ އެއް ސިއްރަކީ ރަނގަޅު ޕްރީ ސީޒަނެއް، ޓީމު އެކުގައި ހެދުން ކަމަށެވެ. ސީޒަން ފެށުމުގެ ކުރިން މާޒިޔާއިން ވަނީ ނ، އަތޮޅަށް ދަތުރުކޮށް ޕްރީ ސީޒަން ޓުއާއެއް ކުރިއަށް ގެންގޮސްފަ އެވެ.
މާޒިޔާ އަށް އިއްބެ (ކ) 2019 ގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: މާޒިޔާ
"ޕްރީ ސީޒަންގައި ވަރަށް ރަނގަޅަށް ތައްޔާރުވެވި ޕްރެކްޓިސް ކުރެވުނު. އިއްބެ ވަހީދު ވެސް ދެ މަގާމަކަށް ބޭނުން ކުރަމުން އަޅުގަނޑުމެން އައީ. އެހެންވީމާ ގަބޫލުކުރަނީ އެއިން ކޮންމެ މަގާމަކަށް ލިޔަސް ކުޅެވޭނެކަމަށް،" އިއްބެގެ ކުޅުމާ ބެހޭގޮތުން މޯހަން ބުނެފައިވެ އެވެ.
މޯހަން ބުނީ، އޭނާ މަސައްކަތް ކުރަމުން ދަނީ ވަކިވަކި ކުޅުންތެރިންނާ ވަކިވަކިން ވާހަކަ ދައްކައިގެން އެ ކުޅުންތެރިޔަކަށް ކުޅެވޭނެ އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ދެނެގަތުމަށް ކަމަށެވެ. އެގޮތުން އިއްބެ އަށް އެންމެ ރަނގަޅަށް ކުޅެވޭނެ ގޮތާ ބެހޭގޮތުން އޭނާއާ ވެސް ވާހަކަ ދެއްކި ކަމަށް މޯހަން ބުނެފައި ވެއެވެ.
"އެ ކުޅުންތެރިޔަކަށް އެންމެ ރަނގަޅު މަގާމަކީ ކޮބައިތޯ. ޓީމަށް ވެސް އެންމެ ފައިދާވާ މަގާމުތަކަށް ބަލަން،" އިއްބެގެ ކުޅުން އިތުރަށް ރަނގަޅު ކުރުމަށް ކޯޗެއްގެ ގޮތުން މަސައްކަތް ކުރީ ކޮންގޮތަކަށްތޯ މިހާރު" ން ސުވާލު ކުރުމުން މޯހަން ބުންޏެވެ.
ލީގު ނުކުޅެތީ މާޒިޔާ އަށް އަސަރު ކުރޭ: މިލޯ
ފައިސަލް އޮޕަރޭޝަން ކޮށްފި، ކުޅެވޭނީ ނުވަމަހަށްފަހު
މާޒިޔާއިން ކޯޗުގެ ކޮންޓްރެކްޓް އުވާލައިފި
މެޗެއް ނުކުޅުނަސް އިއްބެ ގައުމީ ސްކޮޑަށް ނަގައިފި
އަލްވެސް އާއި މެސީގެ ފަހަތުގައި އިމްރާން!
ކްލަބްތަކުން ކުރި މަސައްކަތް އަގުވަޒަނެއް ނުކުރެވޭ
އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ އެވޯޑް ހަމްޕް އަށް
ގައުމީ ޓީމުގެ ޒުވާން ޑިފެންޑަރު ހައިޝަމް މާޒިޔާ އަށް
ދިވެހި ފުޓްބޯޅައިގެ ގޭމް ބަދަލުކުރަންޖެހޭ؛ ވާނެތަ؟
ގައުމީ ސްކޮޑުގައި ދާދު އާއި އިއްބެ އަދި ސައްޓު ނެތް