22 ނޮވެމްބަރ 2021
ގައުމީ ޓީމުގެ ޒުވާން ޑިފެންޑަރު ހައިޝަމް ހަސަން (ބިޑި) މާޒިޔާ އަށް ސޮއިކޮށްފި އެވެ.
ގައުމީ ޓީމުގެ ޒުވާން ޑިފެންޑަރު ހައިޝަމް ހަސަން (ބިޑި) މާޒިޔާ އަށް ސޮއިކޮށްފި އެވެ.
ރާއްޖޭގެ ޓީމުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކި ހައިޝަމް މާޒިޔާ އަށް ސޮއިކުރީ ތިން އަހަރުގެ މުއްދަތަށެވެ. މާޒިޔާއިން އިއްޔެ ވަނީ ގައުމީ ކެޕްޓަން އަކްރަމް އަބްދުލް ގަނީ ވެސް ސޮއި ކުރުވައިފަ އެވެ. ހައިޝަމް އަކީ އަންނަ ސީޒަނަށް މާޒިޔާ އަށް ސޮއިކުރުވި ތިންވަނަ ކުޅުންތެރިޔާ އެވެ. އޭނާ އާއި އަކްރަމްގެ ކުރިން މާޒިޔާއިން ވަނީ ނޭޕާލްގެ ގައުމީ ޓީމުގެ ކީޕަރު ކިރަން ޝެމޮޝޮން ސޮއިކުރުވައިފަ އެވެ.
އުފަން ރަށް. ބ. އޭދަފުށީ ޓީމުން މިނިވަން ޗެމްޕިއަންޝިޕް 2017 ގައި ވިދާލި ހައިޝަމް މިދިޔަ ތިން ސީޒަންގައި ކުޅުނީ ކްލަބު އީގަލްސް އަށެވެ. ގައުމީ ޓީމަށް އޭނާ ކުޅެން ފެށީ 2019 ގައި ކުރީގެ ކޯޗޫ ޕީޓާ ޝެގަޓްގެ ކޯޗުކަމުގެ ދަށުންނެވެ.
ސާފް ޗެމްޕިއަންޝިޕްގައި ހައިޝަމް އަށް އޮތް ސަޕޯޓް މީހަކު ދައްކާލަނީ --- ފޮޓޯ: ފަޔާޒު މޫސާ \ މިހާރު
ހައިޝަމް މާޒިޔާ އަށް ސޮއި ކުރީ ތިން އަހަރަށް
މިދިޔަ މަހު ބޭއްވި އޭޝިއަން ކަޕް 23 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖޭގެ ޒުވާން ޓީމުގެ ކެޕްޓަންކަން ވެސް ކުރީ ހައިޝަމް އެވެ. ސާފް ޗެމްޕިއަންޝިޕްގައި އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުން ބޮޑު މަގުބޫލުކަމެއް އޭނާ އަށް ލިބުނެވެ.
ޒުވާން ގައުމީ ޓީމުން ހައިޝަމަށް ޖާގަ ލިބުނީ އޭދަފުށީ ޓީމުގެ ކުޅުންތެރިޔާ މުހައްމަދު ފާސިރު (ފާއްޓޭ) ގެ އެހީތެރިކަމާއެކުގަ އެވެ. ފާއްޓެގެ ސިލެކްޝަން އޭރު 19 އަހަރުން ދަށުގެ ގައުމީ ޓީމާ ހަވާލުވެ ހުރި ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތި) އަށް ކަމުދިޔައީ އެވެ. ހައިޝަމްގެ އެންމެ ފުރަތަމަ ކޯޗަކީ، ފުރަތަމަ ޑިވިޝަންގައި އޭދަފުށީ ޒުވާނުންގެ ޖަމިއްޔާ އަށް ކުޅުނު މުހައްމަދު ޒާހިދު (ބައްޓޭ) އެވެ. އޭނާ 2017 ގައި ބުނެފައި ވަނީ ރާއްޖޭގެ ފުޓްބޯޅައިގެ އުންމީދަކަަށް ހައިޝަމް ވާނެ ކަމަށެވެ.
ލީގު ނުކުޅެތީ މާޒިޔާ އަށް އަސަރު ކުރޭ: މިލޯ
މާޒިޔާއިން ކޯޗުގެ ކޮންޓްރެކްޓް އުވާލައިފި
އަލްވެސް އާއި މެސީގެ ފަހަތުގައި އިމްރާން!
ކްލަބްތަކުން ކުރި މަސައްކަތް އަގުވަޒަނެއް ނުކުރެވޭ
ދަގަނޑޭ ކެރިއަރުގައި 400 ލަނޑު ހަމަކޮށްފި!
އަޑޭ އަށް އަނެއްކާ ވެސް މުހިއްމު މެޗުތަކެއް ގެއްލެނީ
ޓްރާންސްފާއެއްގައި ލިވަޕޫލަށް ރިވަޕްލޭޓް ޗެލެންޖަކަށް
އޮލްމޯ ޓީމުގައި މަޑުކުރުވަން ބާސާއިން މަރަށް ތެޅެނީ!
ސީޒަން ފަށާއިރެއް ނޭގޭތީ މާޒިޔާ ޕްރެކްޓިސް ހުއްޓާލައިފި
ބަންގްލަދޭޝްއިން ފަހު ވަގުތު ރާއްޖެ ބަލިކޮށްފި