02 ޖެނުއަރީ 2022
ސިވިލް ކޯޓުގެ ޑިސްޕިއުޓް މަރުހަލާ އަށް މިދިޔަ އަހަރު ހުށަހެޅި މައްސަލަތަކުގެ 67 ޕަސެންޓް ހައްލު ކޮށްފައިވާ ކަމަށް އެ ކޯޓުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ސިވިލް ކޯޓުގެ ޑިސްޕިއުޓް މަރުހަލާ އަށް މިދިޔަ އަހަރު ހުށަހެޅި މައްސަލަތަކުގެ 67 ޕަސެންޓް ހައްލު ކޮށްފައިވާ ކަމަށް އެ ކޯޓުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެ ކޯޓުން އާންމުކުރި މިދިޔަ އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު 4،616 މައްސަލައެއް ހުށަހެޅިއިރު، ޝަރީއަތް ފެށުމުގެ ކުރިން އޮންނަ ޑިސްޕިއުޓް މަރުހަލާ އަށް ދިޔަ 3،299 އަށް ވުރެ ގިނަ މައްސަލައިގެ ތެރެއިން 2،365 އަށް ވުރެ ގިނަ މައްސަލަ ހައްލު ކުރި އެވެ.
އެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ހުށަހެޅި މައްސަލަތަކަށް ވުރެ ގިނަ މައްސަލަ މިދިޔަ އަހަރު ނިންމާފައިވެ އެވެ. އެއީ 2020 ނިމުނުއިރު ބާކީ ހުރި މައްސަލަތަކާ އެކު 4،643 އަށް ވުރެ ގިނަ މައްސަލަ އެވެ.
އަހަރު ނިމުނުއިރު ބާކީ 2،729 އަށް ވުރެ ގިނަ މައްސަލަ ސިވިލް ކޯޓުގައި އެބަ އޮތެވެ.
މިދިޔަ އަހަރު އެކި މައްސަލަތަކުގައި 252 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދަރަނީގެ ގޮތުގައި ސާބިތުވި އެވެ. އަދި 75 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދަރަނީގެ ގޮތުގައި އެ ކޯޓުން ބަލައިގެންފައިވެ އެވެ.
އެ ހިސާބުތައް ދައްކާ ގޮތުން ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަނަށް މިދިޔަ އަހަރު 265 މައްސަލައެއް ހުށަހެޅުނުއިރު 2020 ގައި ނުނިމި އޮތް 84 މައްސަލައާ އެކު 274 މައްސަލައެއް މިދިޔަ އަހަރު ނިންމި އެވެ. އަދި މިދިޔަ އަހަރު އެ ޑިވިޝަންގައި ނިމުނުއިރު ބާކީ 75 މައްސަލައެއް އޮތެވެ.
މިދިޔަ އަހަރު 935 މައްސަލައިގައި ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ނިންމި އެވެ. އަދި 1،000 އަށް ވުރެ ގިނަ އެގްރިމެންޓާއި ލިޔުންތައް ވެސް މިދިޔަ އަހަރު ރަޖިސްޓްރީކޮށް ދީފައިވާ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.
ސިވިލް ކޯޓުން ބުނިގޮތުގައި މި އަހަރު ނިމޭއިރު އެއް އަހަރު ވީ އެއްވެސް މައްސަލައެއް ނުބޭއްވުމަށާއި ހުށަހަޅާ އަދަދާ އެއްވަރަށް މި އަހަރު ވެސް މައްސަލަ ނިންމުމަކީ އަމާޒެކެވެ.
އަހަރު ނިމުނުއިރު 4،700 މައްސަލަ ކޯޓުގައި ނުނިމި
ޑިސްޕިއުޓް އުވާލުމުން ނިންމި މައްސަލަތައް މަދުވެއްޖެ
286މިލިއަންގެ ޖޫރިމަނާ :ސުޕްރީމް ކޯޓުން ނާކާމިޔާބު
ކުރީގެ އަނބިމީހާއަށް ކުރި ހަރަދު އަނބުރާ ނުލިބުނު
ދެން ވަކީލު ފީ ދައްކަންޖެހޭނީ ނާކާމިޔާބުވާ މީހާ
ސިވިލް ކޯޓުން މައްސަލަ ބަލާ އުސޫލު ބަދަލުކޮށްފި
ހުކުމް ތަންފީޒު ފަސްކުރުމަށް އާ ބާވަތުގެ އަމުރެއް
ހުކުމް ފަސްކުރިޔަސް، ކޯޓަށް ފައިސާ ދައްކަން އެންގިދާނެ
"ޝަރީއަތް ފަށާފައި ދައުވާ އިސްލާހުކުރަން ނުގެންދެވޭނެ"
ސިވިލް ކޯޓުގެ ޝަރީއަތްތައް ވެސް އޮންލައިންކޮށް