Roadha Mihaaru
މޯލްޑިވިއަންގެ އޭވިއޭޝަން އެކަޑަމީ މާދަމާ ހުޅުވަނީ

މޯލްޑިވިއަންގެ އޭވިއޭޝަން އެކަޑަމީ މާދަމާ ހުޅުވަނީ

27 ޑިސެމްބަރ 2021

ޕައިލެޓުން ތަމްރީނުކުރުމަށް އަލަށް ހަދާފައިވާ މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީ މާދަމާ ރަސްމީކޮށް ހުޅުވާ ގޮތަށް ހަމަޖެހިއްޖެ އެވެ. ރާއްޖޭގެ ގައުމީ އެއާލައިން، "މޯލްޑިވިއަން" ހިންގާ ކުންފުނި، އައިލެންޑް އޭވިއޭޝަނުން ބުނީ އޭވިއޭޝަން އެކަޑެމީ ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ހެނދުނު 9:30 ގައި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައި ކަމަށެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ޕައިލެޓުން ތަމްރީނުކުރުމަށް އަލަށް ހަދާފައިވާ މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީ މާދަމާ ރަސްމީކޮށް ހުޅުވާ ގޮތަށް ހަމަޖެހިއްޖެ އެވެ. ރާއްޖޭގެ ގައުމީ އެއާލައިން، "މޯލްޑިވިއަން" ހިންގާ ކުންފުނި، އައިލެންޑް އޭވިއޭޝަނުން ބުނީ އޭވިއޭޝަން އެކަޑެމީ ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ހެނދުނު 9:30 ގައި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައި ކަމަށެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ސަރުކާރުގެ އޭވިއޭޝަން އެކަޑަމީ ހިންގާނީ އެމްއެންޔޫ އާއި އައިލެންޑް އޭވިއޭޝަނުން ހަދާފައިވާ ޖޮއިންޓް ވެންޗާ ކުންފުނިންނެވެ. އެކަމަކު ތަން މެނޭޖުކުރަން ނިންމާފައި ވަނީ ޗެކް ރިޕަބްލިކްގެ ފްލައިން އެކަޑަމީންނެވެ.

އައިލެންޑް އޭވިއަޝަނުން ކުރިން ބުނި ގޮތުގައި ފުރަތަމަ ބެޗުން 30 ދަރިވަރުންނަށް ޖާގަ ދޭނެ އެވެ. އެންމެ ބޮޑު އިސްކަމެއް ދޭނީ އައްޑޫގައި ހިންގި އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) ގެ ދަރިވަރުންނަށް ކަމަށާއި އެއަށް ފަހު، ކިޔެވުން ނިމޭ ވަރަކުން އެހެން ދަރިވަރުންނަށް ޖާގަ ދޭނެ އެވެ. ފުރަތަމަ އަހަރު މަދުވެގެން 80 ދަރިވަރުންނަށް އެ ސްކޫލުގައި ކިޔެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

އައިލެންޑް އޭވިއޭޝަނާއި އެމްއެންޔޫ ގުޅިގެން އޭވިއޭޝަން އެކަޑަމީއެއް ހިންގަން ޖެހުނީ އައްޑޫގައި ހިންގި ފްލައިން ސްކޫލުް އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) ގެ މައްސަލަ ބޮއްސުންލައިގެން ދިއުމުންނެވެ. އެތަނުގެ މައްސަލަތަކާ ހުރެ ދަރިވަރުންނަށް މުއްދަތަށް ކޯސް ފުރިހަމަ ނުކުރެވުމާ އެކު ކިޔެވުމަށް ނެގި ލޯނު ހުސްވެ އިތުރަށް ވެސް ބައެއް ދަރިވަރުންނަށް ލޯނު ނަގަން ޖެހި އެ ދަރިވަރުން މާޔޫސްކަމެއްގައި ތިބެން ޖެހުނެވެ.

އެހެންވެ، މިހާރުގެ ސަރުކާރުން ނިންމާފައި ވަނީ އެ ދަރިވަރުންނަށް ލޯނު ހަމަޖައްސައިދޭށެވެ. އޭއޭއޭގައި ކިޔެވުން ފުރިހަމަ ނުކުރެވި ތިބި 85 ދަރިވަރަކު ސިވިލް އޭވިއޭޝަން އޮތޯރިޓީގައި ރަޖިސްޓްރީވެފައިވާ އިރު އެކި ދަރިވަރުން ތިބީ ކޯހުގެ އެކި ލެވެލްގަ އެވެ.