11 އޮކްޓޯބަރ 2021
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއެކު ހަދާ ޖޮއިންޓު ވެންޗާގެ ދަށުން ގާއިމުކުރާ ފްލައިން ސްކޫލުގައި ކިޔެވުމަށް އަންނަ ޑިސެމްބަރު މަހު އާއްމުކޮށް ހުޅުވައިލާނެ ކަމަށް މޯލްޑިވިއަން އެއާލާއިނުން މިއަދު ބުނެފި އެވެ.
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއެކު ހަދާ ޖޮއިންޓު ވެންޗާގެ ދަށުން ގާއިމުކުރާ ފްލައިން ސްކޫލުގައި ކިޔެވުމަށް އަންނަ ޑިސެމްބަރު މަހު އާއްމުކޮށް ހުޅުވައިލާނެ ކަމަށް މޯލްޑިވިއަން އެއާލާއިނުން މިއަދު ބުނެފި އެވެ.
އައްޑޫގައި ހިންގާ އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) ގެ މައްސަލަ ބޮއްސުންލައިގެން ގޮސް، އެ ދަރިވަރުންގެ ކިޔެވުން ފުރިހަމަ ނުވުމުން އެ ކަން ހައްލުކުރަން އިސްނެގީ ވެސް ގައުމީ އެއާލައިނެވެ.
އެ ކުންފުނިން ނިންމާފައިވަނީ، އެމްއެންޔޫ އާ ގުޅިގެން ޕައިލެޓުން ތަމްރީނު ކުރާށެވެ. އެކަމަކު އައްޑޫގައި ހިންގަން ނިންމާފައިވާ އާ ފްލައިން ސްކޫލު މެނޭޖު ކުރާނީ ޗެކް ރިޕަބްލިކް ފްލައިން އެކަޑެމީންނެވެ. އެއީ އަޔާޓާގެ އެޕްރޫވްޑް ތަނެކެވެ.
މޯލްޑިވިއަންގެ ޕީއާރު އެންޑް ކޮމިއުނިކޭޝަން މެނޭޖަރު މޫސާ ވަސީމް "މިހާރު" އަށް ވިދާޅުވީ ހުރިހާ ކަމެއް ތައްޔާރުވުމުން ފްލައިން ސްކޫލުން ކިޔެވުމަށް ހުޅުވާލާނެ ކަމަށެވެ. އެކަމަކު، އިސްކަންދޭނީ އެކި ސަބަބުތަކާ ހެދި ކިޔެވުން މެދުކެނޑިފައިވާ ދަރިވަރުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ސްކޫލު ހިންގުމަށް ކުރަންޖެހޭ ފަންނީ މަސައްކަތްތައް ވަނީ ފަށައިފަ އެވެ. އިންޖީނިއަރިން ސާވިސް ދިނުމަށް ވާންޖެހޭ ތައްޔާރީތައް ވެސް އަންނަނީ ވަމުންނެވެ.
"ދަރިވަރުންގެ ތިއަރީ ބައި ގެންދަން ހަމަޖައްސާފައި ވަނީ ހިތަދޫގައި ހުންނަ އެމްއެންޔޫގެ ކެމްޕަސްގައި. ފްލައިންގެ ބައި ގެންދާނީ ގަން އެއާޕޯޓުގައި،" މޫސަ ވިދާޅުވި އެވެ.
"ކުރިއަށް އޮތް ދެ މަހުގެ ތެރޭގައި ޕައިލެޓުން ތަމްރީނު ކުރަން ފެށޭނެ."
ކިޔެވުމަށް ވާ ގޮތެއް ނޭނގި، އެކަމާ ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިއްޔެ އެ ދަރިވަރުންނާ ބައްދަލުކުރައްވައިފަ އެވެ.
ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި އެ މަނިކުފާނު ވިދާޅުވީ ދަރިވަރުންނަށް ދިމާވެފައިވާ މާލީ ދަތިތައް ހައްލުކޮށްދިނުމަށް ޓޮޕްއަޕް ލޯނުތަކެއް ދިނުމާއި އެ ކަމުގައި އިތުރަށް ކުރެވެން ހުރި ކަންތައްތަކަކީ ކޮބައިތޯ ބަލައި ހައްލުކޮށްދޭނެ ކަމަށެވެ.
މީގެ ކުރިން ވެސް ސަރުކާރުން ވަނީ އޭއޭއޭގެ ދަރިވަރުންގެ ލޯނު ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ. އަދި ލޯނު އަނބުރާ ދައްކަންޖެހޭނީ ކޯސް ނިމޭ ތާރީހުން ފެށިގެން ހަ މަސް ދުވަސް ފަހުންކަމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.
މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީން ކިޔަވައިދޭން ފަށައިފި
ފްލައިން ސްކޫލު ހިންގަން ގަން އެއާޕޯޓާއެކު ސޮއިކޮށްފި
ފްލައިން ސްކޫލު ހިންގާނެ ކުންފުނި އުފައްދަން ސޮއިކޮށްފި
މޯލްޑިވިއަންގެ އޭވިއޭޝަން އެކަޑެމީ ހުޅުވައިފި
އޭއޭއޭގެ ދަރިވަރުންގެ ކިޔެވުން ނިންމަން ސަރުކާރު ލޯނެއް
ފްލައިން ސްކޫލުގެ ކިޔެވުން މި މަހުގެ ފަހުކޮޅު ފެށޭނެ
ފްލައިން ސްކޫލަށް ޔުނިވާސިޓީން ދެ މިލިއަން ޑޮލަރު
ފްލައިން ސްކޫލެއް ހިންގާނެ ބަޔަކު މޯލްޑިވިއަނުން ހޯދަނީ
އައިލެންޑް އޭވިއޭޝަންގެ ލޯނުތަކާ ގުޅޭ ކޮމެޓީ ސިއްރު
ޑީއެމްޑީގެ މަގާމު ޖެނިފާއަށް އަލުން ދޭން އަމުރުކޮށްފި