25 ޑިސެމްބަރ 2021
ކާއިނާތުގައި އެންމެ ފުރަތަމަ ފިޔަޖަހަން ފަށައި އަލިކަން ފޯރުކޮށްދޭން ފެށި ކަމަށް ބެލެވޭ ތަރިތައް ހޯދައި އޭގެ މައުލޫމާތު އެއްކުރުމުގެ ބޮޑު މިޝަނަށް ތައްޔާރުކުރި 10 ބިލިއަން ޑޮލަރުގެ ޓެލެސްކޯޕް ޖައްވުގެ އޯބިޓަށް ކާމިޔާބުކަމާ އެކު ފޮނުވާލައި އޭގެ މަންޒިލަށް ދިއުމުގެ ދަތުރު ފަށައިފި އެވެ.
ކާއިނާތުގައި އެންމެ ފުރަތަމަ ފިޔަޖަހަން ފަށައި އަލިކަން ފޯރުކޮށްދޭން ފެށި ކަމަށް ބެލެވޭ ތަރިތައް ހޯދައި އޭގެ މައުލޫމާތު އެއްކުރުމުގެ ބޮޑު މިޝަނަށް ތައްޔާރުކުރި 10 ބިލިއަން ޑޮލަރުގެ ޓެލެސްކޯޕް ޖައްވުގެ އޯބިޓަށް ކާމިޔާބުކަމާ އެކު ފޮނުވާލައި އޭގެ މަންޒިލަށް ދިއުމުގެ ދަތުރު ފަށައިފި އެވެ.
ފްރެންޗް ގިނީގެ ކޫރޫ ސްޕޭސްޕޯޓުން، އަރިއާން ރޮކެޓެއްގައި ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕާ އެކު އުދުއްސައިލީ ރާއްޖޭ ގަޑިން މިއަދު ހަވީރު 5:20 ގަ އެވެ. ލަފާކުރި ގޮތަށް، ރޮކެޓުގެ ބައިތައް އެކި މަރުލަހާތަކުގައި ވަކިކުރަމުން ގެންގޮސް ބަރާބަރު 27 މިނެޓްގެ ތެރޭގައި އޯބިޓަށް ގޮސް ރޮކެޓުން ޓެލެސްކޯޕް ވަކިކޮށްލައި ދަތުރު ފެށި އެވެ.
އޭގެ ފަހުން އަރިއާން ރޮކެޓްގެ ކެމެރާ އިން ޓެލެސްކޯޕްގެ ފޮޓޯއެއް ފޮނުވި އެވެ.
މިހާރު ޖައްވީ ފޮޓޯތައް ނަގަން ބޭނުންކުރާ ހަބްލް ޓެލެސްކޯޕަށް ވުރެ 100 ގުނަ ބާރުގަދަ ޖޭމްސް ވެބް ޓެލެސްކޯޕް ކުރިއަށް އޮތް މަހެއްހާ ދުވަހު ދަތުރުކުރުމަށް ފަހު ގޮސް ހަމަޖެހިލާނީ ދުނިޔެއާ 1.5 މިލިއަން ކިލޯމީޓަރު ދުރުގަ އެވެ.
ޖޭމްސް ވެބް ޓެލެސްކޯޕް ޖައްވުގައި އޮންނާނެ ގޮތުގެ ކުރެހުމެއް
އެޕޯލޯ މޫން މިޝަންގެ އެއް މޭސްތިރިޔާ ޖޭމްސް ވެބްގެ ނަން ދީފައިވާ ޓެލެސްކޯޕަކީ އެމެރިކާ އާއި ޔޫރަޕާއި ކެނެޑާގެ ސައިންސްވެރިންގެ 30 އަހަރުގެ މަސައްކަތެވެ.
"ޖޭމްސް ވެބް، ރެއިންފޮރެސްޓަކުން ދަތުރު މި ފަށަނީ މި ކައުނުގެ ފެށުން އޮތް ހިސާބަށް،" ރޮކެޓް އުދުއްސާލުމާ އެކު، ނާސާގެ ތަރުޖަމާނު ރޮބް ނަވިއަސް ވިދާޅުވި އެވެ.
We have LIFTOFF of the @NASAWebb Space Telescope!
— NASA (@NASA) December 25, 2021
At 7:20am ET (12:20 UTC), the beginning of a new, exciting decade of science climbed to the sky. Webb’s mission to #UnfoldTheUniverse will change our understanding of space as we know it. pic.twitter.com/Al8Wi5c0K6
ޖޭމްސް ވެބް ޓެލެސްކޯޕާ އެކު ރޮކެޓް އުދުއްސާލަނީ
ނާސާގެ އެޑްމިނިސްޓްރޭޓަ ބިލް ނެލްސަން ވިދާޅުވީ ވެބް މިއީ އާދަޔާ ހިލާފް މިޝަނެއް ކަމަށެވެ.
"މިއީ ބޮޑެތި ހުވަފެންތަކުން ހާސިލްކުރޭވޭނެ ކަންކަމުގެ ވިދުން ހުރި މިސާލެއް. އަހަރެމެންނަށް އަބަދުވެސް އެނގޭ މިއީ ވަރަށް ރިސްކް ބޮޑު މަސައްކަތެއްކަން. އެއީ އެކަން އޮންނާނެ ގޮތް. ބޮޑު ކާމިޔާބީއެއް ބޭނުން ނަމަ ނަގަންޖެހޭ ރިސްކް ވެސް ބޮޑުވާނެ،" އޭނާ ވިދާޅުވި އެވެ.
ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި މި ކާއިނާތުގެ އެންމެ ފުރަތަމަ ތަރިތައް އުފެދުނީ މީގެ 13.7 ބިލިއަން އަހަރު ކުރިންނެވެ. އެއީ 13.5 ބިލިއަން އަހަރު ކުރިން އައި ބިގް ބޭންގަށް ފަހުގަ އެވެ. އެއީ ބިގް ބޭންގްގެ ފަހުން އެއްވެސް އަލިކަމެއް ނެތި އޮތް "ޑާކް އޭޖް" އަށް ފަހުގަ އެވެ.
ގެލެކްސީތައް އުފެދެން ފެށުނު ކަމަށް ބެލެވެނީ 13 ބިލިއަން އަހަރު ކުރިންނެވެ.
✅ Milestone achieved. @NASAWebb is safely in space, powered on, and communicating with ground controllers.
— NASA (@NASA) December 25, 2021
The space telescope is now on its way to #UnfoldTheUniverse at its final destination one million miles (1.5 million km) away from Earth. pic.twitter.com/gqICd0Xojz
ޖޭމްސް ވެބް އޯބިޓްގައި
ޖޭމްސް ވެބް ބޭނުންކޮށްގެން ހޯދަން ބޭނުންވާ އެންމެ މުހިންމު ކަމަކީ ޑާކް އޭޖަށް ފަހު އުފެދުނު، އެންމެ ފުރަތަމަ ތަރިތަކެވެ.
ދުނިޔެއާ 150 މިލިއަން ކިލޯމީޓަރު ދުރުގައިވާ އިރުން ދުނިޔެއަށް އަލިކަން އަންނަން އަށް މިނެޓް ހޭދަވެ އެވެ. މާނަ އަކީ އިރުގެ އަލިކަން ގެއްލިއްޖެ ނަމަ އެކަން އަހަރެމެންނަށް އެނގެން ވެސް އަށް މިނެޓް ހޭދަވުމެވެ.
ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕް އުފެއްދުމުގެ މަސައްކަތުގައި
އަހަރެމެންގެ ސޯލާ ސިސްޓަމުން ބޭރުގައިވާ އަހަރެމެންނާ އެންމެ ކައިރި ތަރިން ދުނިޔެއާ ހަމައަށް އަލިކަން އަންނަން ގާތްގަނޑަކަށް ހަތަރު އަހަރު ހޭދަވެ އެވެ.
އެންމެ ފުރަތަމަ އުފެދުނު ތަރިތަކުން ދުނިޔެއަށް އަލިކަން ފޯރަން އެތައް ބިލިއަން އަހަރެއް ހޭދަވާނެ އެވެ. ޖޭމްސް ވެބް ޓެލެސްކޯޕުން މި ތަރިތައް ހޯދަން މަސައްކަތްކުރާނެ އެވެ. އެކަމަކު މި ޓެލެސްކޯޕަށް ވެސް އެ ތަރިތައް ފެންނާނީ ރަތްކުލައިގެ ތިކިތަކެއް ގޮތަށެވެ.
މި ޓެލެސްކޯޕްގެ އެންމެ މުހިންމު ބައި ކަމަށްވާ 6.5 މީޓަރުގެ "ރަނުގެ ލޯގަނޑު" ނުވަތަ ގޯލްޑަން މިރާ އަށް، އެންމެ ފުރަތަމަ އުފެދުނު ތަރިތަކުގެ އަލި ނަގައިގަނެ މި ލޯގަނޑާއި އެއާ ގުޅިފައިވާ އާދަޔާ "ސުޕަ ސެންސިޓިވް" ހަތަރު އިންސްޓްރުމަންޓަކުން ދެނެގަންނާނެ އެވެ. ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި އެ ތަރިތަކަކީ މީގެ 13.5 ބިލިއަން އަހަރު ކުރިން ފިޔަޖަހަން ފެށި ތަރިތަކެވެ.
"އެ ފެންނާނީ ރަތް ކުލައިގެ ކުޑަ ތިއްކެއް ގޮތަށް،" ނާސާގެ ޕްރޮޖެކްޓް ސައިންޓިސްޓް އަދި ނޯބެލް އިނާމު ހާސިލްކުރައްވާފައިވާ ޖޯން މެތާ ވިދާޅުވި އެވެ.
"އަހަރެމެންނަށް ބެލެވެނީ ތަރިތަކާއި ގެލެކްސީތައް އަދި ބްލެކް ހޯލްތައް، ބިގް ބޭންގްގެ 100 މިލިއަން އަހަރުގެ ފަހުން އުފެދެން ފެށި ކަމަށް. އޭގެ މާ ގިނަ އެއްޗިއްސެއް މީގެ ކުރިން ހޯދޭކަށް ނެތް. އެކަމަކު ވެބް ޓެލެސްކޯޕަށް އެ އެއްޗެހި ފެންނާނެ. އަހަރެމެންގެ ނަސީބު ވަރަށް ރަނގަޅު،" އޭނާ ބީބީސީ އަށް ވިދާޅުވެފައިވެ އެވެ.
ވެބް ޓެލެސްކޯޕް ކާމިޔާބުކަމާ އެކު އަދި ރައްކާތެރިކަމާ އެކު ޖައްވަށް ދޫކޮށްލެވިއްޖެ ކަމުގެ ސިގްނަލް ކެންޔާގެ މަލިންޑީގައި ހުންނަ އެންޓަނާއަކަށް ލިބުމާ އެކު މިހާރު އެ ވަނީ އޭގެ މަސައްކަތަށް ބޭނުންވާ މަންޒިލް ކަމަށްވާ ދުނިޔެއާ 1.5 މިލިއަން ކިލޯމީޓަރު ދުރަށް ދިއުމުގެ މަސްދުވަހުގެ ދަތުރު ފަށައިފަ އެވެ.
ވެބް ދުރުމީގައި ޖައްވީ އެތިކޮޅުތަކެއް ޖެހިއްޖެ
ވެބް ދުރުމީގެ އެންމެ މުހިންމު ބައި ފުރިހަމަކޮށްފި
ބާރުގަދަ ޖައްވީ ދުރުމި މަސައްކަތަށް ތައްޔާރުވަނީ
ޖައްވީ ކުނިގަނޑެއްގެ މައްސަލައިގައި ދައުވާކުރަނީ
އަރަބި އަންހެނަކު އަލަށް ޖައްވަށް
ހަނދު ވަށައި ބުރެއް ޖަހަން ފޮނުވާ ޓީމް ހާމަކޮށްފި
ހަނދުގެ ވަށައިގެން ބުރުޖެހުމަށް ފަހު އޮރިއަން ބިމަށް
10 އަހަރު ތެރޭ ހަނދުގައި ދިރިއުޅެން ފެށިދާނެ
ނާސާ ހަނދަށް ދިއުމުގެ ދަތުރު ފަށައިފި
ޖައްވީ ހިލަގަނޑުގެ މިސްރާބު ބަދަލުކޮށްލެވިއްޖެ: ނާސާ