Roadha Mihaaru
ޕީކް ސީޒަނާ އެކު ޗާޓަރު އެއާލައިންތައް އިތުރުވެއްޖެ

ޕީކް ސީޒަނާ އެކު ޗާޓާ އެއާލައިންތައް އިތުރުވެއްޖެ

22 ޑިސެމްބަރ 2021

ޓޫރިޒަމްގެ މި އަހަރުގެ ޕީކް ސީޒަން އައިއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރާ އަށް ޗާޓާ އެއާލައިން އެބައޮތް ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޓޫރިޒަމްގެ މި އަހަރުގެ ޕީކް ސީޒަން އައިއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރާ އަށް ޗާޓާ އެއާލައިން އެބައޮތް ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.

އެމްއޭސީއެލް އިން ބުނީ މިއީ ވޭތުވެދިޔަ ދެ އަހަރާ އަޅާ ބަލާއިރު ވަރަށް ބޮޑު އިތުރުވުމެއް ކަމަށެވެ. މިދިޔަ އަހަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އައީ ޗާޓާ ހަތަރު އެއާލައިނެއްގެ ފްލައިޓްތަކެވެ. އަދި 2019 ވަނަ އަހަރު ޗާޓާކޮށްގެން ދަތުރު ކުރަނީ ތިން އެއާލައިނެއްގެ ފްލައިޓްތަކެވެ.

މިވަގުތު ޗާޓާކޮށް ދަތުރު ކުރަނީ ގަލިވްއެއާ އާއި ޔޫކްރެއިން އިންޓަނޭޝަނަލް އެއާލައިން އާއި އުސްބަކިސްތާން އެއާލައިން އާއި އަޒުރް އެއާ ރަޝިއާ އާއި ލޮޓް ޕޮލިޝް އެއާލައިންގެ އިތުރުން މެއިޓް މޮންގޯލިއަން އެވެ. އަދި އަންނަ މަހު ނޯޑްވިންޑާއި ކްލާސްޖެޓްގެ ދަތުރުތައް ވެސް ފަށާނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

އެމްއޭސީއެލް އިން ބުނީ އާ ޗާޓާ ދަތުރުތަކާ އެކު ރާއްޖެ އަށް އަންނަ ޓޫރިސްޓުން ވަރަށް ބޮޑަށް އިތުރުވާނެ ކަމަށެވެ.

ކޮންމެ އަހަރެއްގައި ވެސް ޓޫރިޒަމްގެ ޕީކް ސީޒަނާއި އާ އަހަރާ ދިމާކޮށް ވެލާނާ އެއާޕޯޓްގައި ތޮއްޖެހުން އަންނަނީ ބޮޑުވަމުންނެވެ. ބައެއް ފަރާތްތަކުން މިހާރު ވެސް އަންނަނީ އެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި އަހަރު ވެސް ޕީކް ސީޒަން އައިއިރު އެ މައްސަލަ އޮތީ ކުރިމަތިވެފަ އެވެ.

އެމްއޭސީއެލް އިން ބުނީ މައްސަލަ އަށް ދާއިމީ ހައްލެއް އަންނާނީ އެއާޕޯޓްގެ އާ ޓާމިނަލް ބޭނުންކުރަން ފެށުމުން ކަމަށެވެ.